Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ މުސްލިމުން

ޗައިނާގައި މުސްލިމުންނަށް އަނިޔާ ކުރާތީ އދ. އިން ކަންބޮޑުވެއްޖެ

ހައްޔަރުކޮށްފައިވާ މުސްލިމުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް އދ. އިން ވަނީ ގޮވާލައިފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 31 އޯގަސްޓު 2018 | ހުކުރު 14:12
އުއިގާސްގެ މުސްލިމުންގައިގައި ސިފައިން ތަޅަނީ

އުއިގާސްގެ މުސްލިމުންގައިގައި ސިފައިން ތަޅަނީ

ޗައިނާގެ އުއިގާސް ދަރިކޮޅުގެ މުސްލިމް ދަރިކޮޅުންނަކީ ޓެރަރިސްޓުންކަމަށް ނިންމާ، ހައްދުފަހަނަ އަޅާފައިވާ އަނިޔާ އެ މީހުންނަށް ދޭތީވެ އދ. އިން ކަންބޮޑުވެއްޖެއެވެ.

އދ. އިން ވަނީ ޓެރަރިސްޓުންގެ ނަމުގައި ހައްޔަރުކޮށްފައިވާ މުސްލިމުން ވަގުތުން ވަގުތަށް ދޫކޮށްލުމަށް ގޮވާލާފައެވެ.

ޗައިނާގެ ހުޅަނގުގެ ޒިންޖިއާންގައި މިލިއަނަކަށް ވުރެ ގިނަ އުއިގާސް ދަރިކޮޅުގެ މުސްލިމުން ހައްޔަރުކޮށްފައިވާ ކަމަށްވެސް އދ. ގެ ރިޕޯޓުގައި ބުނެފައިވެއެވެ. ޗައިނާ އިން ވަނީ އެކަން ދޮގުކޮށްފައެވެ. ނަމަވެސް ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ ބައެއް ފަރާތްތައް ހައްޔަރު ކުރާ ކަމަށް ވަނީ އެއްބަސްވެފައެވެ.

ޓެރަރިސްޓުންނަކީ ކޮބައިކަން ޗައިނާގެ ގާނޫނުގައި ސާފުކޮށް މާނަ ކޮށްފައި ނެތުމުގެ ސަބަބުން، އިސްލާމް ދީނަށް އުޅޭ އާދައިގެ މީހުންވެސް ޓެރަރިޒަމްގެ ގާނޫނު ދަށުން ހައްޔަރު ކުރާކަމަށް އދ. އިން ވަނީ ތުހުމަތު ކޮށްފައެވެ.

އދ.ގެ އެލިމިނޭޝަން އޮފް ރޭޝަލް ޑިސްކްރިމިނޭޝަން ކޮމިޓީން ބުނެފައި ވަނީ ޗައިނާގައި އުއިގާރު މުސްލިމުން ދިރިއުޅޭ ސަރަހައްދު "ޖަލަކަށް" ހަދާފައިވާ ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އދ. އިން ވަނީ ޗައިނާއަށް ޖަވާބު ދާރީ ވުމަށް އެއް އަހަރުގެ ފުރުސަތެއް ދީފައެވެ.

މުސްލިމުން ހައްޔަރު ކޮށްގެން އެމީހުންގެ އަގީދާ ފުހެލުމަށް ޗައިނާ ސަރުކާރުން ހިންގާ މާ ސިންގާ ކޭމްޕްގެ ބޮޑު މިން އިންޑިއާގެ ދެބައިކުޅަ އެއްބައި ވަރު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މީޑީއާ ރިޕޯޓުތައް ބުނެއެވެ. އެ ކޭމްޕްތަކުން ސަލާމަތްވި މީހަކު ބުނީ ޗައިނާގެ ސަރުކާރުން އެ މީހުންގެ އަގީދާ ފުހެލުމަށް ގަދަކަމުން ކަރުބުޑަށް ރާ ވެސް އަޅާކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ވޮޗުންވެސް ވަނީ ޗައިނާގައި މުސްލިމުންނާ މެދު ތަފާތު ކުރާ ކަމަށް ބުނެފައެވެ. ޒިންޖިއާންގެ އާބާދީގެ 45 ޕަސެންޓަކީ އުއިގާރު މުސްލިމުންނެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
25 ޖޫން 2017

ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި

25 ޖޫން 2017
ހުރިހާ މުސްލިމުންނަށް ޓްރަމްޕް އީދު ތަހުނިޔާ ފޮނުއްވައިފި
24 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

24 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
26 މެއި 2017

ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި

26 މެއި 2017
ރަމަޟާން މަހުގު ތަހުނިޔާ ރައީސް ޓްރަމްޕް މުސްލިމުންނަށް ފޮނުއްވައިފި
13 މެއި 2017

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
26 އެޕްރީލު 2017

ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ

26 އެޕްރީލު 2017
ތުރުކީއިން ކުރުދީންނަށް ހަމަލާ ދިނުމުން އެމެރިކާއިން ކަންބޮޑުވެއްޖެ
05 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި

05 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއަށް ވަދެވޭގޮތް ހަދައިފި
04 ފެބުރުއަރީ 2017

މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި

04 ފެބުރުއަރީ 2017
މުސްލިމުންނަށް އެމެރިކާއިން ދޫކުރި 60،000 ވިސާ ކެންސަލްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު