Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖެކްސަންވިލްގެ ހަމަލާ

ޖެކްސަންވިލްގެ ބަޑީގެ ހަމަލާ: ވީޑިއޯ ގޭމް މުބާރާތެއްގެ ތެރެއަށް ދިން ހަމަލާގައި ދެ މީހުން މަރާލައިފި

ހަމަލާދީފައިވަނީ އުމުރުން 24 އަހަރުގެ ޒުވާނެއް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 27 އޯގަސްޓު 2018 | ހޯމަ 02:29
ފްލޮރިޑާގެ ޖެކްސަންވިލް ލޭންޑިންގ ކޮމްޕްލެކްސްގެ ބޭރުގައި ފުލުހުން

ފްލޮރިޑާގެ ޖެކްސަންވިލް ލޭންޑިންގ ކޮމްޕްލެކްސްގެ ބޭރުގައި ފުލުހުން

ފްލޮރިޑާގެ ޖެކްސަންވިލްގެ އެންޓަރޓެއިންމެންޓް ކޮމްޕްލެކްސްއަކަށް އާދީއްތަ ދުވަހު ހަވީރު މީހަކު ބަޑިން ހަމަލާ ދީ ދެ މީހުން މަރާލައިފިކަމަށް ފުލުހުން ބުނެފިއެވެ.

ހަމަލާދިން މީހާގެ ނަމަކީ ޑޭވިޑް ކޭޒް ކަމަށް ފުލުހުން ބުނެފައިވާއިރު އޭނާއަކީ ބަލްޓިމޯރގެ ޒުވާނެއްކަމަށް ފުލުހުންވަނީ ބުނެފައެވެ. އުމުރުން 24 އަހަރުގެ އެ ޒުވާނާވަނީ ބަޑިޖެހުމަށްފަހު އެ ތަނުގައި ހުރެ އަމިއްލަގަޔަށް ބަޑިޖަހައި މަރުވެފައެވެ.

ހާދިސާގައި ތުހުމަތުކުރެވޭ އިތުރު މީހެއް ފެނިފައެއް ނުވެއެވެ. މިހާދިސާގައި 11 މީހަކުވަނީ ޒަޚަމްވެފައެވެ.

މި ހަމަލާ ދީފައިވަނީ، ފިހާރަތަކާއި،ފުޑް ކޯނަރ ތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިޔަށްގެންދާ ޖެކްސަންވިލީ ލޭންޑިންގައި ވީޑިއޯ ގޭމް މުބާރާތެއް ކުރިޔަށް ގެންދަނިކޮށެވެ.

ކޭޒް ބޭނުންކޮށްފައިވަނީ ވަން ހޭންޑް ގަން އެއްކަަމަށަށް މިހާތަނަށްކުރި ތަހުގީގުން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާ ބަޑިން ހަމަލާދިނީ މުބާރާތުގައި އޭނާ ބަލިވުމުން ނުކުމެ ކަމަށް މީޑިއާ ރިޕޯޓްތަކުގައި ބުނާ ބުނުން ފުލުހުން ކަށަވަރެއް ނުކޮށްދެއެވެ.

މި ފަހުގެ އަހަރުތަކުގައި ފްލޮރިޑާގައި ބަޑީގެ ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ. އޭގެތެރޭގައި އޮލާންޑޯގެ ނައިޓް ކްލަބެއްގައި ހަމަލާދީ 49 މީހުން މަރާލި ހާދިސާއާއި، ޕާކްލޭންޑްގައި ހުންނަ މާޖޮރީ ސްޓޯންމަން ޑަގްލަސް ސްކޫލްގައި މިި އަހަރުގެ ފެބްރުއަރީގައި ހިނގި 17 މީހުން މަރާލި ހާދިސާހިމެނެއެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
08 ފެބުރުއަރީ 2017

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

08 ފެބުރުއަރީ 2017
އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު