Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

ބާރަތް ގައި ސަލްމާން އާއި ކެޓްރީނާގެ ފުރަތަމަ ފެނިލުން ދައްކާލައިފި

އިންސްޓަގްރާމްގައި ޝެއަރ ކުރުމުން 12 ގަޑިއރު ތެރޭގައި 10 މިލިއަނަށް ވުރެ ލައިކްސް ލިބިފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 28 އޯގަސްޓު 2018 | އަންގާރަ 15:45
ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް

ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް

ބޮލީވުޑްގެ އެންމެ ގުޅޭ އެއް ޖޯޑު ކަމަށްވާ ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް މިހާރު ޝޫޓް ކުރަމުންދާ ފިލްމް "ބާރަތް" ގެ ފުރަތަމަ ފެނިލުން ދައްކާލައިފިއެވެ.

މޯލްޓާގައި ޝޫޓް ކުރުމަށް ޝެޑިއުލް ކޮށްފައިވާ މި ފިލްމްގެ ޝޫޓިންތައް ނިންމާލިކަން ހާމަކޮށް ބާރަތްގެ ޕްރޮޑިއުސަރ އަލީ އައްބާސް ޒަފަރު ވަނީ މިދިޔަ ހޮނިހިރު ދުވަހު ސަލްމާން އައި ކެޓްރީނާ އެކުގައި ނަގާފައިވާ ރޮމޭންޓިކް ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައެވެ.

ސަލްމާން އާއި ކެޓްރީނާ ވެސް ވަނީ މި ފޮޓޯ އެދެމީހުންގެ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ. އެ ފޮޓޯ ސަލްމާން އޭނާގެ އިންސްޓަގްރާމްގައި ޝެއަރ ކުރުމުން 12 ގަޑިއރު ތެރޭގައި ވަނީ 10 މިލިއަނަށް ވުރެ ލައިކްސް ލިބިގެން ގޮސްފައެވެ. ކެޓްރީނާ އޭނާގެ އިސްޓަގްރާމްގައި ޝެއަރކޮށްފައިވާ ފޮޓޯއަށް ނުވަ ގަޑިއިރު ތެރޭގައި 5 ލައްކައަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

މި ދެތަރިން އެކުގައި ލޯބިން އެކަކު އަނެކަކުގެ މޫނަށް ބަލަހައްޓައިގެން ތިއްބާ ފެނިގެންދާ މި ފޮޓޯގައި ސަލްމާން ކަޅު ކުލައިގެ ޝެރްވާނީ އެއްގައި ހުރިއިރު އޭނާގެ މަތިމަސް ވަނީ "ދަބަންގް" ގައި ހުންނަ ގޮތަށް ހަދާފައެވެ. މި ފޮޓޯގައި ކެޓްރީނާ ފެނިގެންދަނީ ފެހި ކުލައިގެ ދިގު ސްކާޓަކާއި ޓޮޕެއްގައެވެ. އަތުގައި ދޯޕައްޓާ އަޅުވާލާފައި އޮތް އިރު އިސްތަށިގަނޑު ފެނިގެންދަނީ ބުޅިކޮށެވެ.

"ބާރަތް"ގެ ޝޫޓިން ތެރެއިން ނަގާފައިވާ މި ފޮޓޯ ޝެއަރ ކުރިނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފިލްމްގެ ޝޫޓިންއަށް އަލީ އައްބާސް ޒަފަރާއި އެކު ސަލްމާން ދެހަފްތާ އެއްހާ ދުވަސް ކުރިން މޯލްޓާ އަށް ދިޔަ ނަމަވެސް މި ޓީމާއި ކެޓްރީނާ ގުޅިފައިވަނީ ފާއިތުވި ހަފްތާގައެވެ.

މި ފިލްމްގައި ތަފާތު ފަސް ލުކް އެއްގައި ސަލްމާން ފެނިގެން ދާއިރު އޭގެ ތެރޭގައި ސަލްމާގެ ޒުވާން ދުވަސްވަރާއި، 60 މަތީގެ އަހަރު ތަކުގައި ހުންނަގޮތް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

އަންނަ އަހަރުގެ ޖޫން މަހުގެ 5 ގައި ރިލީޒް ކުރާ މި ފިލްމް "ބާރަތް" ގައި ސަލްމާން އާއި ކެޓްރީނާގެ އިތުރުން މުހިއްމު ރޯލް ތަކުގެ ފެނިގެންދާ ތަރިންގެ ތެރޭގައި ތައްބޫ އާއި ދިޝާ ޕަޓާނީ ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

އިންޑިޔާގައި އަލަށް ސެނިޓަރީ ނެޕްކިން އުފެއްދި މީހާގެ މައްޗަށް ބަޔޮޕިކެއް ނެރެނީ

12 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

ޖެމީ ފޮކްސްއަށް ހޮލީވުޑް ރެސްޓޯރަންޓެއްގައި ބަޔަކު ޙަމަލާ ދީފި

10 ޖެނުއަރީ 2017
އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

އިންޑިޔާގައި ޔޫލިއާ ވަންތޫރުގެ ފުރަތަމަ އޮންސްޓޭޖް ޑެބިއުޓްގައި ނަށާފައިވަނީ ސަލްމާންގެ ލަވަތަކަށް!

09 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު