Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ރެލީ

ޕީޕީއެމް ރެލީއެއްގައި ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެކަމަށް ބުނެ އިންޒާރު ދީފި!

25 އޯގަސްޓު 2018 | ހޮނިހިރު 15:29

ރާއްޖެ އައިސްފިނަމަ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނިކަމަށް ތަކުރާރުކޮށް އޭނާ ބުނޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 25 އޯގަސްޓު 2018 | ހޮނިހިރު 15:29
ހުޅުމާލޭގައި މިއަދު ކުރިއަށްދިޔަ ޕީޕީއެމްގެ ރެލީ

ހުޅުމާލޭގައި މިއަދު ކުރިއަށްދިޔަ ޕީޕީއެމްގެ ރެލީ

ރައީސް އަބުދުﷲ ޔާމީނަށް ތާއީދު ހޯދުމަށް ހުޅުމާލޭގައި ހޮނިހިރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ ރެލީއެއްގައި ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެކަމަށް ބުނެ އިންޒާރު ދީފިއެވެ.

ޕީޕީއެމްގެ އަންހެނުންތަކެއް އިސްވެތިބެ ކުރިއަށް ގެެންދިޔަ މި ރެލީގައި އަންހެނަކު ވާހަކަ ދައްކަމުން ބުނެފައިވަނީ، އަންނި ދިވެހިރާއްޖެއަށް ދެން އައިސްފިނަމަ ކަރު ބުރިކޮށްލާނެކަމަށެވެ.

Advertisement - newsAdvertisement
"މިތިބަ ޒުވާނުންނައި މިތިބަ އަންހެން އަދި ފިރިހެން ކަލުން އެ ބުނަނީ، ނިކަން ދިވެހިރާއްޖެއަށް އަރައިބަލާށޭ.މި ދިވެހި ފަސްގަނޑުގެ ލޭ ދައްކާލާނަމޭ ކުޅި. ނިކަން އާދެބަލަ. ދިވެހިރާއްޖެެއަށް އަރާ ތި އިދިކޮޅު ފާރާތްތައް އިންޑިއާ ކީއްކުރަން. ކޮންމެ ތާކުން އަޔަސް އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ" އެ އަންހެން މީހާ މި ރެލީގައި ވާހަކަ ދައްކަމުން ބުނެއެވެ.

ދެވަނަ ފަހަރުވެސް ތަކުރާރުކޮށް އޭނާ ބުނެފައިވަނީ، ރާއްޖެ އައިސްފިނަމަ "ހަމަ ކަރުބުރިއަރުވާލާނި" އެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ގޮވާލެއްވި ގޮވާލެއްވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސަރުކާރުންނާއި އަދި އިދިކޮޅު ފަރާތްތަކުންވެސް ވަނީ އެކަމުގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ކުށްވެރިކުރައްވާ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރާއްޖެ ހިފުމަށް ސުބްރަމާނިއަން ގޮވާލެއްވި ގޮވާލެއްވުމަށް އެންމެ ހަރުކަށި އިބާރާތުން ދެކޮޅު ހައްދަވާ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނާއި ރައީސް ޔާމީންއަކީ މިހާރުވެސް އިންތިހާބު އޮޅުވާލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. އެފަދަ ކަންތައްތަކަށް ބަސް ބުނަން ޖެހޭނީ ބައިނަލްއަގްވާމީ މިންގަނޑުން ކަނޑައެޅިފައިވާ ފްރޭމްވަރކެއްގެ ދަށުން ކަމަށާއި ޖަޒުބާތުގައި ޖެހިގެން ބުނާ ބަސްތަކަކުން ނޫން ކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ރާއްޖޭގެ މިނިވަންކަމަކީ އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދޭންޖެހޭ ކަންތައްކަމަށް އިބޫ ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދީފައިވާއިރު، އެމަނިކުފާނު އަވަހާރަކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް މީގެކުރިން ވެސް ބައެއް ފަރާތްތަކުން ވާހަކަ ދައްކަވާފައިވެ އެވެ. އެގޮތުން ދިރާގުގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އަޝްމަލީ ވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ޓްވީޓު ކުރައްވާފައެވެ. އަދި ރައީސް ނަޝީދު މަރާލުމަށް މުސްލިމް އުއްމަތަށާއި މުއައްސަސާތަކަށް ގޮވާލައްވައި ފެނަކަ ކޯޕަރޭޝަނުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން ވެސް ވަނީ ޓްވީޓު ކުރައްވާފައެވެ. ނަމަވެސް ފަހުން އޭނާ ވިދާޅުވެފައި ވަނީ އެ ޓްވީޓުކޮށްފައި ވަނީ އެކައުންޓް ހެކްކޮށްގެން ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް