Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ އިންތިޚާބަށް ނުފޫޒު

އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިކަމަށް ޓްރަމްޕްގެ ވަކީލު އެއްބަސްވެއްޖެ!

22 އޯގަސްޓު 2018 | ބުދަ 01:18

ކޯހެން ބުނީ އޭނާ އެކަން ކުރީ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުން ކަމަށް

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 22 އޯގަސްޓު 2018 | ބުދަ 01:18
ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯހެން

ޓްރަމްޕްގެ ކުރީގެ ވަކީލު މައިކަލް ކޯހެން

2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ފައިސާގެ މުއާމަލާތްތަކެއް ހިންގިކަމަށް އެއިންތިޚާބު ކާމިޔާބުކުރެއްވި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ޤާނޫނީ ވަކީލު މައިކަލް ކޯހެން ބުނެފިއެވެ.

އިންތިޚާބަށް ނުފޫޒު ފޯރުވުމާއި، ޓެކްސްއާއި ގުޅޭ ޤާނޫނުތަކާއި ޚިލާފުވި މައްސަލައިގައި މެންހެޓަންގެ ފެޑެރަލް ކޯޓެއްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ކުށަށް އިއުތިރާފްވަމުން ކޯހެން ބުނީ އޭނާ އެކަން ކުރީ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުން ކަމަށެވެ.

އަންގާރަ ދުވަހު އޮތް ޝަރީޢަތުގެ މަޖިލީހުގައި ކޯހެން، 51، ވަނީ ކެމްޕެއިނަށް ޤާނޫނާއި ޚިލާފަށް ފައިސާ ޚަރަދުކުރިކަމަށާއި، ޤާނޫނު ހުއްދަކުރާ މިންވަރަށްވުރެ އިތުރަށް ކެމްޕެއިނަށް ފައިސާ ޚަރަދުކުރިކަމަށް އިއުތިރާފްވެފައެވެ. އޭނާ ބުނީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ފައިސާގެ މުއާމަލާތްތަކެއް ހިންގައި، ފައިސާ ޚަރަދުކޮށްފައިވާކަމަށެވެ. އަދި އެކަން ކުރީ ފެޑެރަލް އޮފީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓްގެ އިރުޝާދުގެ ދަށުންކަމަށް، ކެންޑިޑޭޓެއްގެ ސީދާ ނަން ނުބުނެ ކޯހެން ކޯޓުގައި ބުންޏެވެ.

ކޯހެން ވަނީ އޭނާގެ އަދަބު ލުއިކޮށްދޭ މަތިން ޕްރޮސިކިއުޓަރުންނާއި އެއްބާރުލުން ދޭން ޕްރޮސިކިއުޓަރުންނާއިއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެމެރިކާގެ ނިއުޔޯކްގެ ޕްރޮސިކިއުޓަރުން ކޯހެންގެ މައްޗަށް ދައުވާކުރީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓްގެ ސްޕެޝަލް ކައުންސެލަރ ރޮބަރޓް މުލަރގެ ލަފާގެ މަތިންނެވެ. މުލަރއަކީ 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރެވޭ މައްސަލަ ބަލައި، އެމައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް އައްޔަންކުރެވިފައިވާ ޚާއްސަ ޕްރޮސިކިއުޓަރއެވެ.

ކޯހެންގެ މައްޗަށް ދައުވާކުރުމުގެ ކުރިން އެމެރިކާގެ ތަހުޤީޤުތަކާއި ބެހޭ މައި އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންސް (އެފް.ބީ.އައި)ގެ އެޖެންޓުން ވަނީ މިދިޔަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ކޯހެންގެ އޮފީހާއި ގެއަށް ރެއިޑްކޮށް، މަައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ހޯދާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކޯހެން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ގުޅުމެއް އޮތް ބަރަހަނާ ފިލްމް ކުޅޭ އަންހެނަކަށާއި، ބަރަހަނާކޮށް މޮޑެލް ކުރާ އަންހެނަކަށް އެތައް ލައްކަ ޑޮލަރެއް ޚަރަދުކޮށް، އިންތިޚާބުގެ ދުވަސްވަރު ޓްރަމްޕްގެ ވާހަކަ ނުދެއްކުމަށް އަންގާފައެވެ. ކޯހެންއާއި ދެކޮޅަށް އެފް.ބީ.އައި އިން ތަހުޤީޤު ފެށުމުން އެއީ ސިޔާސީ ކުލަ ޖެހިފައިވާ ތަހުޤީޤެއްކަމަށް ވިދާޅުވެ، ޓްރަމްޕް ވަނީ ކޯހެންގެ ދިފާޢުގައި ވާހަކަ ދައްކަވާފައެވެ.

ޓްރަމްޕްގެ ކުރީގެ ކެމްޕެއިން މެނޭޖަރ ޕޯލް މެނަފޯރޓް

އަނެއްކޮޅުން ޓްރަމްޕްގެ ކެމްޕެއިން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރި ޕޯލް މެނަފޯރޓްގެ މައްޗަށްވެސް މާލީ ޤާނޫނުތަކާއި ޚިލާފުވެގެން ކުށް ސާބިތުވާކަމަށް އެމެރިކާގެ ވަރޖީނިއާގެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ކަމުން އޭނާގެ މައްޗަށްވެސް އެތައް އަހަރެއްގެ ޖަލު ހުކުމް އަންނާނެއެވެ. މެނަފޯރޓްގެ މައްޗަށްވެސް ދައުވާކުރެވެނީ 2016 ވަނަ އަހަރުގެ އިންތިޚާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލައިގެ ތަހުޤީޤުގެ ތެރެއިންނެވެ.

މި ދެ މައްސަލައާއިއެކު ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ވަނީ ވަަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް

04 އެޕްރީލު 2017
ރައީސް ޓްރަމްޕްގެ މުސާރަ ޕާކްތައް މަރާމާތު ކުރުމަށް
30 މާރިޗު 2017

ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!

30 މާރިޗު 2017
ޓްރަމްޕްގެ އެސިސްޓެންޓްގެ މަގާމަށް ދޮށީ ދަރިކަނބަލުން!
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
18 މާރިޗު 2017

އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި

18 މާރިޗު 2017
އިނގިރޭސި ވިލާތުގެ ކޮމިއުނިކޭޝަންސް އިންޓެލިޖެންސް އޭޖެންސީން ޓްރަމްޕްގެ ތުހުމަތު ދޮގުކޮށްފި
05 މާރިޗު 2017

ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު

05 މާރިޗު 2017
ޓްރަމްޕްގެ ފޯން ކޯލް އޮބާމާ އަޑެއް ނާއްސަވާ:ތަރުޖަމާނު
21 ފެބުރުއަރީ 2017

ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ

21 ފެބުރުއަރީ 2017
   ޓްރަމްޕްގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް މެކްމާސްޓަރ
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
31 ޖެނުއަރީ 2017

ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

31 ޖެނުއަރީ 2017
ޓްރަމްޕްގެ އިމިގްރޭޝަން ގަރާރަށް ދުނިޔޭގެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް