Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުދިދަ ބޭލުން

ދިދަ އަށް ފުލުހުން މޮޔަ ވަނީތަ؟

21 އޯގަސްޓު 2018 | އަންގާރަ 14:44

މަގުތަކުގައި ދަމާފައިވާ ޕީޕީއެމްގެ ދިދަފަތިތައް އަދިވެސް ނުނަގައި

| 21 އޯގަސްޓު 2018 | އަންގާރަ 14:44
އަސްދޫ ގޭގައި ނަގާފައި ހުރި ދިދަ ފުލުހުން ބާލަނީ

އަސްދޫ ގޭގައި ނަގާފައި ހުރި ދިދަ ފުލުހުން ބާލަނީ

މީގެ ދުވަސްކޮޅެއް ކުރިން މާލެ އާއި އެކި ރަށްރަށުގައި އެމްޑީޕީގެ ދިދަ އުސްކޮށް ނަގަން ފެށުމުން ސަރުކާރުން ކަންބޮޑުވުމާ އެކު، ފުލުހުން ހަރަކާތްތެރިވާން ފެށިއެވެ. އެންމެ ފަހުން އެ ރަށެއްގައި ހުންނަ ގައުމީ ދިދައަކަށް ވުރެ އުސްކޮށް އެހެން ދިދައެއް ނުނެގޭނެ ގޮތަށް ގަވާއިދު ހެދިއެވެ. އެއާ އެކު ފުލުހުން ރަށްރަށުގައި ހުރި ދިދަތައް ބޭލުމުގައި އަވަދި ނެތި އުޅެން ފެށިއެވެ. މީހުންގެ ގޯތިތަކުގައި ހުރި ދިދަތައް ބޭލުމަށް ކޯޓު އަމުރު ހޯދިއެވެ. ރުއްގަހަށް ނަގާފައި ހުރި ދިދަތައް ބޭލިއެވެ.

މިކަމުގައި ހެއްވާ މަޖާ ކަންކަން ވެސް ހިނގާފައި އެބަ ހުއްޓެވެ. ރަށެއްގައި އެމްޑީޕީގެ ދިދަ ނެގުމަށް ފަހު އެ ރުކުގައި ހުރީ ގިރިސް ހާކައިފައެވެ. އެހެންވެ، އެއްވެސް މީހަކަށް ރުކަށް އެރޭނެ ގޮތެއް ނުވިއެވެ. އެންމެ ފަހުން، ޖެހުނީ އެ ރުއް ކަނޑައިލާށެވެ. ދިދަ ބިމާ ހަމަކޮށްލެވުމުން، ރުއް ކަނޑައި ބިމާ ހަމަކޮށްލީ ކޮން ބައެއްކަން ވެސް ހޯދަން ބޭނުން ނުވިއެވެ. އެހެން ރަށެއްގައި އެމްޑީޕީގެ ދިދަ ނަގައިފައި ހުރި ނިކަ ގަހަށް ފުލުހުންނަށް ނޭރިގެން އަރުވަން ޖެހުނީ ބިދޭސީއެކެވެ.

ގާނޫނާއި ގަވާއިދު ތަންފީޒުކުރުމުގައި، ދިދަ ބޭލުމުގެ ސަކަރާތް މިއީ ފާހަގަކޮށްލަންޖެހޭ ވަރުގެ ކަމެކެވެ.

މިއަދު ވެސް މިވަނީ އެފަދަ ކަމެއް ދިމާވެފައެވެ. މާލޭގައި އެންމެ އުސްކޮށް ނަގާފައި ހުރީ ޖުމްހޫރީ މައިދާނުގައި ހުރި ބޮޑު ދިދައެވެ. ހޯމް މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން، އެ ދިދައަށް ވުރެ އުސްކޮށް މާލޭގައި ދިދައެއް ވިހުރަވައެއް ނުލެވޭނެއެވެ. ދިދަ ނެގުމުގެ އުސޫލު މިގޮތަށް އޮތްއިރު، މާލޭގެ މެދުތެރޭގައި ހުންނަ ގ. އަސްދޫގެއަށް ވަނަ ފަންގިފިލާގައި ޖުމްހޫރީ ޕާޓީގެ ބިޔަ ދިދައެއް ނަގައި ވައިގެ ތެރެއަށް ވިހުރަވާލިތާ މާގިނައިރުތަކެއް ނުވެ ފުލުހުންގެ ލޮލުގައި އަޅައިގެންފިއެވެ.

އެ ގޭގެ ވެރި މީހާ ބުނި އެ ގެއަށް ދިދަ ނެގީ، ޖުމްހޫރީ މައިދާނުގައި ހުރި ދިދައިގެ އުސްމިންް ބެލުމަށް ފަހުއެވެ. ބޮޑު ދިދައިގެ އުސްމިނަކީ 120 ފޫޓް ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އަސްދޫގައި ދިދަ ނަގައިފައި ހުރީ 75 ފޫޓަށް ކަމަށެވެ. އެހެންވެ، ފުލުހުން އެދުނު ނަމަވެސް ދިދަ ތިރިއެއް ނުކުރިއެވެ. ނަމަވެސް ފުލުހުން އެ އިމާރާތަށް އަރައި ދިދަ ތިރި ބޭލިއެވެ.

ގާނޫނު ތަންފީޒުކުރުމުގައި މިއީ ހަމަ ނަމޫނާ އެކެވެ. ލާމަސީލު މިސާލެކެވެ. މާލޭގެ މަގުތަކުގައި މަގު ހުރަހަށް ދިދަ ދެމުން ސަރުކާރުން ކުރިން ވަނީ މަނާކޮށްފައެވެ. އެކަން ބަދަލެއް ނުކުރެއެވެ. ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ގޮތަށް ބައެއް މަގުތަކުގައި ދަމާފައިވާ "ރައީސް ޔާމީން 2018" ޖަހާފައިވާ ދިދަފަތިތަކާއި، ޕީޕީއެމްގެ ލޯގޯ ޖަހާފައިވާ ދިދަފަތިތައް އަދިވެސް އެބަ ހުއްޓެވެ. ސީސީޓީވީތައް ފަރުދާވާ ގޮތަށް އެ ދިދަތައް ދަމާފައި ހުރުމުން ފުލުހުން ކަންބޮޑުވުން ވެސް ފާޅުކުރިއެވެ. ނަމަވެސް ނަގަން ނުކެރުނެވެ. ނުވަތަ ނަގަން ބޭނުން ނުވީއެވެ. ފުލުހުން ބަޔާން ނެރުމަށް ފަހު ވެސް، އެކަން ހުއްޓުވަން ނޫޅުމުން، އެމްޑީޕީގެ ދިދަ ފަތިތައް ވެސް ބައެއް މަގުތަކުގައި ދަމާފައިވެއެވެ.

މިއަދު އަސްދޫ ގޭގައި ނަގާފައި ހުރީ ޕީޕީއެމްގެ ބިޔަ ދިދައެއް ނަމަ ފުލުހުން އަމަލުކުރާނެ ގޮތް ވިސްނާށެވެ. ޕީޕީއެމްގެ އިސްވެރިން ނުވަތަ މި ސަރުކާރުގެ އިސް ވެރިންގެ އެއްވެސް ބަހެއް ނެތި، ގާނޫނު ތަންފީޒުކުރުމުގައި ހަމަހަމަކަން ދެއްކުމުގެ ގޮތުން އެ ދިދަ ބާލަން ފުލުހުންނަށް ކެރޭނެތޯ މިއަދު ގަބޫލުކުރާނީ ކިތައް މީހުން ހެއްޔެވެ؟ މި ސުވާލު ފުލުހުންގެ އިސްވެރިން ވެސް އަމިއްލަ ނުފްސާ ކުރާށެވެ.

އިތުރަށް ކިޔާލަން

13 އޯގަސްޓު 2017

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!
10 އޯގަސްޓު 2017

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒްކުރުމަށް ފުލުހުންނާއި ޕީޖީ އަދި ކޯޓް ތައްޔާރަށް!
08 ޖޫން 2017

އީރާނަށް އައިއެސް ވަނީތަ؟

08 ޖޫން 2017
އީރާނަށް އައިއެސް ވަނީތަ؟
21 މެއި 2017

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
23 އެޕްރީލު 2017

ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"

23 އެޕްރީލު 2017
ސަރުކާރު އުޅެނީ "މޮޔަ ހަސަނަށް އަމާ ފެނިގެން އުޅުނު ހެން"
11 އެޕްރީލު 2017

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

11 އެޕްރީލު 2017
ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟
03 އެޕްރީލު 2017

ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން

03 އެޕްރީލު 2017
ފުލުހުން ލައްވާ ރައްޔިތުންގެ ލޮލަށް ގޮވުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް