Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުބީއެމްއެލް

ބީއެމްއެލްގެ ބްރާންޗްތަކުން ބުދަ ދުވަހު ހިދުމަތް ލިބޭނެ

19 އޯގަސްޓު 2018 | އާދީއްތަ 14:14

ބޮޑުއީދު ބަންދުގެ ތެރެއިން 22 ވާ ބުދަ ދުވަހު ގައުމީ ބޭންކް ބްރާންޗްތަކުން ޚިދުމަތް ލިބޭނެ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 އޯގަސްޓު 2018 | އާދީއްތަ 14:14
އައްޑޫގައި ގާއިމްކޮށްފައި އޭޓީއެމްއެއް

އައްޑޫގައި ގާއިމްކޮށްފައި އޭޓީއެމްއެއް

ބޮޑުއީދު ބަންދުގެ ތެރެއިން 22 ވާ ބުދަ ދުވަހު ގައުމީ ބޭންކް ބީއެމްއެލްގެ ބްރާންޗްތައް ހުޅުވައި ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ގައުމީ ބޭންކުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ބުދަ ދުވަހު ބޭންކް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

އެމްއެމްއޭ އިން ވެސް ބުނެފައިވަނީ ބޮޑު އީދުގެ މުނާސަބަތުގައި މިމަހުގެ 19 ވާ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާއިރު، އެ އޮތޯރިޓީ އާއި ބޭންކްތަކާއި އެ އޮތޯރިޓީން ރެގިއުލޭޓް ކުރާ އެހެން މާލީ އިދާރާތައް އާންމުންނަށް ހިދުމަތް ދިނުމަށްޓަކައި މިމަހުގެ 22 ވާ ބުދަ ދުވަހު ހުޅުވާފައި ހުންނާނެ ކަމަށެވެ.

ބޭންކުން ބުނީ، އީދުގެ ތެރޭގައި 22 ވަނަ ދުވަހު އެކަނި ބޭންކްގެ ބްރާންޗްތަކުން ހިދުމަތް ދިން ނަމަވެސް، މާލެ އާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފްސާވިސް ބޭންކިން ސެންޓަރުތަކުން އަދި އޮންލައިންކޮށް ބީއެމްއެލްގެ ހިދުމަތްތައް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި މި ހިދުމަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދަތިނުވެ ހިދުމަތް ލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބޭންކްގެ ހިދުމަތުގެ ތެރެއިން ފައިސާ ބަލައިގަތުމާއި ދޫކުރުމުގެ ހިދުމަތަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު ފަހު 2:00 އަށް ހުޅުވާފައި ހުންނާނެ އެވެ. ވަކި ލާރި ބަލައިގަތުމާއި ދޫކުރުމަށް އެދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 11:00 އަށް ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ސިޓީއާ ތަކެތި ބަލައިގަތުމަށް އެދުވަހުގެ ހެނދުނު 8:30 އިން މެންދުރު ފަހު 3:00 އާ ހަމައަށް ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ ބޭންކުން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
09 މެއި 2017

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ
05 މެއި 2017

ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި

05 މެއި 2017
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ޚިދުމަތް އިތުރަށް ފުޅާކޮށްފި
06 އެޕްރީލު 2017

އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި

06 އެޕްރީލު 2017
އެލައިޑް އިންޝުއަރަންސްގެ މޮޓޯ އިންޝުއަރަންސް ހިދުމަތް އިލެކްޓްރޯނިކް ކޮށްފި
30 މާރިޗު 2017

ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި

30 މާރިޗު 2017
ލ. ގަމުގައި ބީއެމްއެލްގެ ބްރާންޗެއް ހުޅުވައިފި
23 ފެބުރުއަރީ 2017

ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި

23 ފެބުރުއަރީ 2017
ހޯރަފުށްޓާއި އިހަވަންދޫގައި ބީއެމްއެލްގެ ބްރާންޗް ހުޅުވައިފި
19 ފެބުރުއަރީ 2017

އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި

19 ފެބުރުއަރީ 2017
އައްޑޫގައި ބީއެމްއެލްގެ ކޮންޓެކްޓް ސެންޓަރެއް ހުޅުވައިފި
14 ފެބުރުއަރީ 2017

މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ

14 ފެބުރުއަރީ 2017
މޯލްޑިވްސް ލިވިން އެކްސްޕޯ 2017 އަންނަ ބުރާސްފަތި ދުވަހު ފަށަނީ
13 ފެބުރުއަރީ 2017

ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި

13 ފެބުރުއަރީ 2017
ބީއެމްއެލްގެ މުވައްޒަފުން ލޭ ހަދިޔާކޮށްފި
29 ޖެނުއަރީ 2017

ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ހޮންޑާ މޯލްޑިވްސް ވެބްސައިޓް ލޯންޗްކޮށް އޮންލައިން ހިދުމަތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް