Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ދޮޅި ދަށަށް އަތްލައި ޒުވާބު ކުރާ ހިސާބަށް ވެސް މިފަހަރު ދާންވާނެ: ނިހާން

17 އޯގަސްޓު 2018 | ހުކުރު 21:25

އެގޮތަށް އިލްތިމާސް ކުރެއްވީ ޕީޕީއެމް ސަޕޯޓަރުންނަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 17 އޯގަސްޓު 2018 | ހުކުރު 21:25
ނިހާން: އިބޫއަށް ވުރެ ބޮޑަށް ނިހާންގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައީސް ނަޝީދަށް

ނިހާން: އިބޫއަށް ވުރެ ބޮޑަށް ނިހާންގެ ބަހުގެ ހަމަލާތައް އަމާޒު ކުރެއްވީ ރައީސް ނަޝީދަށް

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި ދަތްދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ޖެހިއްޖެއްޔާ އެ ހިސާބަށް ވެސް ދާންވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް "ރުމާލު 2" ޖަގަހާގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއަށް ގޮސް ތިބި މީހުންނަށް އިލްތިމާސްކޮށް ނިހާން ވިދާޅުވީ ޕީޕީއެމްގެ ކެމްޕެއިންގެ ފޯރި ހިފެހެއްޓުމުގެ ގޮތުން، ދޮޅި ދަށަށް އަތްލައި ޒުވާބު ކުރަން ޖެހުނަސް، "ކަންމަތީގައި" ވެސް އެކަން ކުރަންވާނެ ކަމާށެވެ.

Advertisement - newsAdvertisement
"ހިތްވަރު ކުރައްވާ، ވަރުގަދައަށް ފޯރި ހިފަހައްޓަވާ، ތިޔަ ކަހަލަ ސްޓޭޖުތަކަށް އަރުއްވާނެ އަންހެން ކަނބަލުންނާއި މި ގައުމުގެ ކެރޭ ޒުވާނުން، އަޅުގަނޑުމެންނާއެކު އެބަ ތިބި. ފޯރީގަ ނުކުންނާނެ އިރާދަކުރެއްވިއްޔާ. ކަންމަތީގަ ދޮޅި ދަށަށް އަތްލާ ޒުވާބު ކުރަން ޖެހިއްޖެއްޔާ އެ ހިސާބަށް ވެސް ދާންވާނެ މި ފަހަރު،" މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާން ވިދާޅުވިއެވެ.

ރުމާލު ދޭ ޖަގަހަގައި ހުކުރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަފުޅު ދައްކަވަނީ: ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރެއްވި-- ފޮޓޯ/ ރާއްޖެއެމްވީ

"ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ނިހާންގެ އިތުރުން އެހެން ބައެއް މަޖިލިސް މެމްބަރުން ވެސް ވަނީ ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ސަރުކާރު ހިންގާ ޕާޓީގެ އިވެންޓެއް ކަވަރު ކުރުމަށް ގޮސް ތިބޭ ނޫސްވެރިންނަށް އަމާޒުކޮށް، މީގެ ކުރިން ވެސް ޕީޕީއެމްގެ އިސް ބޭފުޅުން ވަނީ ރާއްޖެޓީވީއަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ހުކުރު ދުވަހުގެރޭ ވެސް ފެނިގެންދިޔައީ އެފަދަ މަންޒަރުތަކެވެ.

ނިހާން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވެރިކަމަށް ގެންނަން އުޅެނީ އެމަނިކުފާނަށް "ލޮޓިއެއް" ދޭން ކަމަށެވެ. އެކަމުގެ ފަހަތުގައި ހުންނެވީ ރައީސް ނަޝީދު ކަމަށް ނިހާން ތުހުމަތު ކުރެއްވިއެވެ.

"މުހައްމަދު ނަޝީދާއި ކެނެރީގޭ މީހުން ބައިއަތު ހިފައިގެން މިއުޅެނީ އިބްރާހިމް މުހައްމަދު ސޯލިހަށް ލޮޓިއެއް ދޭންވެގެން. ނިކަން ބަނިޔާދަން، މަޑުމޮޅިކޮށް ހުންނެވި ޅ. އަތޮޅު ހިންނަވަރު ބޭފުޅެއް. އޭނާ ލައްވާ މިއުޅެނީ ދޮޅު އަހަރު ދުވަހުގެ ވެރިކަމެއް ކުރުވާފަ، ބާކީ ބައި ފޭރިގަންނަން. މިކަމަށް އިބްރާހިމް މުހައްމަދު ސޯލިހަކަށް ވެސް ނޫނެކޭ ވިދާޅުވާކަށް ކެރިވަޑައި ނުގަންނަވާނެ" ނިހާން ވިދާޅުވިއެވެ.

ޖަލަށް ލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހާއްސަކޮށްފައިވާ "ތިޔައީ ޒައީމޭ،" ލަވަ، އެމްޑީޕީ ހަރުގެތަކުގައި ޖަހަމުން ދާތީ، ނިހާން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޑީއާރްޕީ އުފެދިގެން އައިއިރު ރައީސް މައުމޫންގެ އިސް ނެންގެވުމަށް ސިޔާސީ ދާއިރާއަށް ނެރުއްވި ޒުވާނުންގެ ތެރޭގައި ހިމެނޭ ނިހާން ހުކުރު ދުވަހުގެ ރޭ ވިދާޅުވީ ރައީސް މައުމޫން ޖަލަށްލީ "އައްޗިކޮށް" އުޅުއްވުމުން ކަމަށެވެ.

މިއަދު މި ޖެހެނީ ތިޔައީ ޒައީމޭ، ޖަހަން ޖަގަހާގައި [އެމްޑީޕީ ހަރުގެތަކުގައި]. ކޮބާ ލަދު! އަދިވެސް އަޅުގަނޑުމެން އޭރުގެ ލޮބުވެތި ޒައީމުގެ ވާހަކައެއް ނުދައްކަން. ހަމަ ތިބީ ރީއްޗަށް. އެމަނިކުފާނު ވެސް އައްޗިކޮށް އުޅުއްވީމަ، އެ އޮތީ ގާނޫނީ އިމުގެ ތެރެއިން ގޮޅީގައި. ކަމަކާ ލައިގެން. ސާބިތުވާ މިންވަރަށް ކަމަކާ ލައިގެން، ވިލިމާލެ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާ ގުޅިގެން، ޕީޕީއެމުން ވަނީ ސިލްސިލާ ޖަގަހަ ޖަލްސާތަކެއް ބޭއްވުމަށް ނިންމާފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އެކި ތަންތަނުގައި ސިލްސިލާ ޖަލްސާތަކެއް ކުރިއަށް ގެންދާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2017

އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު

02 އޯގަސްޓު 2017
އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު
22 ޖުލައި 2017

ފާރިސް ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި

22 ޖުލައި 2017
ފާރިސް ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށްފި
09 ޖުލައި 2017

ރިިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިމްތިޔާޒް ގާނޫނާ ޚިލާފަށް، ދައުވާ ސާބިތެއް ނުވޭ!

09 ޖުލައި 2017
ރިިޔާޒް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިމްތިޔާޒް ގާނޫނާ ޚިލާފަށް، ދައުވާ ސާބިތެއް ނުވޭ!
28 ޖޫން 2017

ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް

28 ޖޫން 2017
ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް
07 ޖޫން 2017

ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!

07 ޖޫން 2017
ފަރުމަސް ބާވަތްތައް ގިނަ، އަގުތައް ދަށަށް!
02 މެއި 2017

ރައީސް ޔާމީން ފެކްޝަނުގެ ދެ ކެނޑިޑޭޓަކު ޒުވާބުކޮށް މާރާމާރީ ހިންގައިފި

02 މެއި 2017
ރައީސް ޔާމީން ފެކްޝަނުގެ ދެ ކެނޑިޑޭޓަކު ޒުވާބުކޮށް މާރާމާރީ ހިންގައިފި
13 އެޕްރީލު 2017

އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި

13 އެޕްރީލު 2017
އެލްޖީއޭ ބޯޑު ރައީސް ޔާމީންގެ ބާރުގެ ދަށަށް ގެންދިއުމުން ރައީސް މައުމޫން ކަންބޮޑުވުން ފާޅުކުރައްވައިފި
18 މާރިޗު 2017

ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!

18 މާރިޗު 2017
ރާއްޖެޓީވީ ބޭރުގައި ހުރި "ނުހައްގުން އަނިޔާ ނުދީ" ބިލްބޯޑް ފުލުހުންގެ ބެލުމުގެދަށަށް!
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް