Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރ

އަޅުގަނޑު މަޖިލީހަށް ގެންގޮސްފައި ހުރި ނަމަ މެންބަރެއްގެ ދަތްދޮޅި ދުއްވާލީމުސް: ޑިފެންސް މިނިސްޓަރު

2 އޯގަސްޓު 2017 | ބުދަ 08:20

ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑު

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 އޯގަސްޓު 2017 | ބުދަ 08:20
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު

މިދިޔަ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ސެކިއުރިޓީގައި ހުންނެވި ނަމަ "ކޮންމެ ވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް" ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ސިފައިން ވަދެ، މެންބަރުންގެ ގަޔަށް އަތްލައި ހިންގި ކަންތައްތަކަށް ފަހު، މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް (އެސްޕީޖީ)ގެ އޮފިސަރުންނާ އެ ރޭ ބައްދަލުކުރައްވައި އާދަމް ޝަރީފް އުމަރު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެ މަސައްކަތުގައި ގޯހެއް ނުހަދާ ކުރިއަށް ދެވޭނެ ކަމުގެ ސައްތައިންސައްތަ ޔަގީންކަން އެބައޮތް ކަމަށެވެ.

Advertisement - newsAdvertisement

އެ ބައްދަލުވުމުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅު ލީކުވެފައިވާއިރު، މިނިސްޓަރު ވިދާޅުވެފައި ވަނީ ސިފައިންގެ ލީޑަޝިޕުން މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރާނެ ކަމަށާއި ސިފައިންގެ ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ ކަމަށެވެ.

"އަޅޫގަނޑަށް ޔަގީން އަޅުގަނޑަށް ވުރެ މިތަނުގައި ތިއްބެވި ވެރިންގެ ޓޮލަރެންސް މާބޮޑުވާނެ، އެހެންނޫންނަމަ މިއަދަކީ އަޅުގަނޑު އެތަނަށް ގެންގޮއްސަ ހުރި ނަމަ މިއަދު އަޅުގަނޑު ކޮންމެވެސް މީހެއްގެ ދަތްދޮޅި ދުއްވާލީމުސް. އެކަމަކު އަޅުގަނޑަށް އެނގޭ އެއަށް ވުރެ މާރަނގަޅަށް މާ ރީތި އަދި ހަގީގަތުގައި އަޅުގަނޑުމެން އަބަދުވެސް އަޑުއަހާ ގޮތަށް ކެތްތެރިކަމާއެކީގައި ވަރަށް އިޚްލާސްތެރިކަމާއެކީގައި މަސައްކަތް ކުރައްވަމުން ތި ގެންދެވީ،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ކޮންމެވެސް މީހެއްގެ ދަތްދޮޅު ދުއްވާލީމުސް ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ބެލެވޭ ގޮތުގައި އެ އިޝަރާތް ކުރައްވަނީ އެ ދުވަހުގެ ޖަލްސާގައި އިހުތިޖާޖް ކުރި އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނަށެވެ.

މިނިސްޓަރު ވިދާޅުވީ "އެހާވަރު" ކުރަމުންދާއިރު ކެތްތެރިކަމާއެކު ތިއްބެވީތީ ސިފައިންގެ އޮފިސަރުންނަށް ސެލިއުޓް ކުރައްވާ ކަމަށެވެ. އަދި ސިފައިން ކަމެއް ކުރި ނަމަ ގައުމަށް ލިބޭ ހުތުރު ނަން މާބޮޑުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

"އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް ސެލިއުޓް ކުރަން ތިބޭފުޅުންނަށް، އެއީ އެހާވަރު ކުރަމުންދާއިރު ވެސް ތިބޭފުޅުން ހަމަ ކެތްތެރިކަމާއެކީގައި އެއީ ތިބޭފުޅުން ކަމެއް ކުރައްވައިފިއްޔާ އޭގެ ސަބަބުން ގައުމަށް ލިބޭ ހުތުރު ނަން މާބޮޑުވާނެ. އެހެންވީމަ އެމީހުން އެކުރަމުންދާ ކަމެއް ތެެރެއިން އެ ހުރިހާ ކަމެއް ހަޖަމު ކުރައްވައިގެން ޑައިޖެސްޓް ކުރައްވައިގެން އެ ތިއްބަވާ ތިއްބެވުން އެއީ ހަމަ ހަގީގަތުގައި ވެސް އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ފާހަގަކުރާ ކަމެއް،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ

20 ޖެނުއަރީ 2017
މުދާ އުފުލުމުގެ ގަވައިދާ ޚިލާފުވެއްޖެ ނަމަ 750 ރުފިޔާ އިން ޖޫރިމަނާ ކުރަނީ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
18 ޖެނުއަރީ 2017

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް

06 ޖެނުއަރީ 2017
ޕީޕީއެމް ބައިވެރިނުވިނަމަވެސް އޭޕްރިލް ގައި އިންތިހާބު ބާއްވަންޖެހޭނެ: ނިޔާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް