Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ދަރުސަކަށް ފަހު ދަރުސެކޭ

15 އޯގަސްޓު 2018 | ބުދަ 14:23

ދުނިޔެއިން ލިބެނީ ފިލާވަޅަކަށް ފަހު ފިލާވަޅެއް

ހުޝާމް މުހަޢްމަދް
ހުޝާމް މުހަޢްމަދް | 15 އޯގަސްޓު 2018 | ބުދަ 14:23
ރައީސް ޔާމީން

ރައީސް ޔާމީން

ދަރުސުތައް ގިނަގުނަ މިސާލުން ދައްކަމުންދާ އާލަމުން

ދަރުސަކަށް ފަހު ދަރުސެކޭ އެނގެމުން އޮޅުން ފިލަމުންދަނީ

ދުނިޔެއަކީ އަޖައިބެއް ފަދަ ތަނެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަނީ އެކަމަށް ޖަދަލު ކުރުމެއް ނެތި ހެޔޮހިތުންނެވެ. އިއްޔެ އުފަލުން ހެމުން ހިނިތުންވަމުން ނަށަމުން ދިޔަ ކިތަންމެ މީހެއް މިއަދު މާޔޫސްކަމާ، މަޑުމޮޅިކަމުގެ ސާލު ލައިގެން އެތެރެ ކޮޓަރީގެ ކަނަކަށް ކުރިމަތިލައިގެން އިންނަ ހިސާބަށް ކަންތައް ގޮސްފައި އެބަހުއްޓެވެ. ގުދުރަތީ ގާނޫނުގެ ފުރިހަމަކަމެވެ. އޭގެ ފުރިހަމަ ކަމާމެދު ބަހުސް ކުރާކަށް ޖާގައެއް ނެތެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ރައީސް ޔާމީން އަބުދުލްގައްޔޫމް ވަޑައިގަތުމުގެ ކުރިން ރިޔާސީ އިންތިހާބުގައި މިޖީލަށް އުފަން ދިވެހިން އެތައް ބުރަކަށް ވޯޓުލާން ޖެހުނެވެ. ކޯޓުން ނެރުނު ގައިޑްލައިނަށް އެދުވަހު އިންސާނަކު ވިސްނައިފިނަމަ އުމުރު ކުރުވާހާވެއެވެ. ބޮޑު އިންތިހާބެއް އިލެކްޝަން ކޮމިޝަނުން ބޭނުންވާ ހަލުއިކަމާއެކު ފުރިހަމަ އިހްތިޔާރުގައި އެދުވަހު ކުރިޔަށް ނުގެންދެވުނު ކަމީ އެ ކޮމިޝަނުގެ މެމްބަރުންގެ މާޔޫސްކަން އިތުރުވެގެން ދިޔަ ކަމެކެވެ.

ކަންތައްތައް އެދުވަހު ނިއުޅި އޮޅެމުން ދިޔަ ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވީ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމެވެ. ވެރިކަމުގެ ބާރު ލިބިވަޑައިގެން ފަހުން ގާނޫނުތަކަށް ގެނެވުނު ބަދަލުތަކުން އެ ގާނޫނުތަކުގެ ބާރުކެނޑުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ބަސް ގަބޫލު ކޮށްފައެއް ނެތެވެ. ގާނޫނު އަސާސީގައި ދިވެހިންނަށް ލިބުނު އަސާސީ ހައްގުތަކާ މިނިވަންކަން ގެއްލިގެން ހަނިވެގެން ދިޔައީ ބުއްދި ގަބޫލު ކުރުމަށް ދެކޮޅު ހަދަމުން ދަނިކޮށެވެ.

ފަސްއަހަރުގެ ދައުރު ހަމަނުވަނީސް މިސަރުކާރުގެ ކޮރަޕްޝަނާ ބޭއިންސާފުގެ ވާހަކަ ދިވެހިންނަށް ސިއްރެއް ނުވިއެވެ. ހަމަހަމަކަމާއެކު ރައްޔިތުންގެ މައްޗަށް ވެރިކަމެއް ކުރަން ވެރިއަކަށް ލިބިވަޑައިގެންނެވި ފުރުސަތު ގެއްލި އެދަނީ ކާކުގެ ކުށަކުން ހެއްޔެވެ. ކާކުގެ ސަރުކާރެއް ކަންފަތި ކޮށްގެން ހެއްޔެވެ.

މިއަދު ދިވެހިންގެ ރާގާ ކިޔަމުންދިޔަ އަންބާ ބަދަލުވެއްޖެއެވެ. ހަގީގަތަކީ ދިވެހިންނަށް ފަސް އަހަރުގެ ދައުރެއް ފުރިހަމަ ނުވަނީސް ކުރަންޖެހުނު ތަޖްރިބާއެވެ. އަނިޔާވެރިކަމުގެ މައްޗަށް ދިވެހިން ގަދަވެގެން އަންނާނީ ލެވޭ ވޯޓަކުން ކަމަށް ބުނާ އަޑު މުޅި ގައުމުގައި ގުގުމައިލައިފިއެވެ. ދިވެހިން ކުރި ހިތްދަތި ތަޖްރިބާއާ ބޭއިންސާފު ގާދޫ ކޮލުން ނެރެ ބޭރުކުރުމުގެ މަސައްކަތް މިގައުމުގައި މިއަދު އޮތީ ފެށިފައެވެ. މިއީ ދުނިޔެއެވެ. މިދުނިޔޭގެ ދަތުރަކީ ރަގަޅު ފިލާވަޅަކަށް ފުދޭނެ އެއްޗެކެވެ.

އިތުރަށް ކިޔާލަން

17 ޖުލައި 2017

ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟

17 ޖުލައި 2017
ބަޣްދާދީއަށްފަހު އައިސިސް: ވެރިކަމާއި ދެން ހަވާލުވާނީ ކާކު؟
12 ޖުލައި 2017

ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟

12 ޖުލައި 2017
ރައީސް ޔާމީންްގެ ފަހު ކާޑަކީ ސުޕްރީމް ކޯޓުތަ؟
12 ޖުލައި 2017

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

12 ޖުލައި 2017
އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި
25 ޖޫން 2017

ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!

25 ޖޫން 2017
ފައިތިލައިގައި އާދަޔާ ހިލާފު އައިބެއް ހުރި ކުއްޖާއަށް 18 އަހަރު ފަހުން ހިތްހަމަ ޖެހުމާއި އައު އުއްމީދެއް!
03 އެޕްރީލު 2017

ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް

03 އެޕްރީލު 2017
ދިގު އިންތިޒާރަކަށް ފަހު ކުޑަ ހުސެން އަޔަން މޭންއަކަށް
12 މާރިޗު 2017

ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!

12 މާރިޗު 2017
ރެހެންދި ހަދީޖާ އަށް ފަހު، "ރެހެންދި ފާތުމަ"!
03 މާރިޗު 2017

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް
02 މާރިޗު 2017

މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން

02 މާރިޗު 2017
މަގޫދޫ ދޮން އައިމިނަ: ބޭނުންވަނީ މިނިވަން ދިވެހިރާއްޖެއެއްގެ ފަސްގަނޑަށް ފަހު ނޭވާލާން
19 ފެބުރުއަރީ 2017

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް
11 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!

11 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު ކަފުންކޮށް ވަޅުލުމަށް ފަހު، ޕީޕީއެމް ލާމަރުކަޒީ އިންތިހާބަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް