Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

މަކުނުދޫގައި އެއާޕޯޓެއް އަޅައިދޭން އެދުމުން އިބޫގެ ޖަވާބު: ދިރާސާއަކަށްފަހު ގޮތް ނިންމާނަން!

12 އޯގަސްޓު 2018 | އާދީއްތަ 19:58

އެންމެ ރަނގަޅު ގޮތަކީ އެއާޕޯޓެއްތޯ ސީޕްލޭނެއްތޯ ބަލާނަން: އިބޫ

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 12 އޯގަސްޓު 2018 | އާދީއްތަ 19:58
ހދ. މަކުނަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ހދ. މަކުނަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ

ހދ. މަކުނުދޫގައި އެއާޕޯޓެއް އަޅައިދޭން އެ ރަށުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ރަށުގައި އެއާޕޯޓެއް އެޅުމާމެދު ގޮތް ނިންމާނީ ދިރާސާއަކަށްފަހު ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްްޖެއެވެ.

ހދ. އަތޮޅަށް އިބޫ ކުރައްވާ ތިން ދުވަހުގެ ދަތުރުފުގައި އެ އަތޮޅު މަކުނުދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެ ރަށަށް އެންމެ ރަނގަޅީ އެއާޕޯޓެއްތޯ ނުވަތަ ސީޕްލެއިން ޖައްސޭނެ ގޮތް ހެދުންތޯ ބެލުމަށް ދިރާސާއެއް ކުރާނެ ކަމަށެވެ. އަދި އެ ދިރާސާއަށްފަހު، އެންމެ ރަނގަޅު ގޮތް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އިބޫ ވަނީ ވައިގެ މަގުން މަކުނުދޫއަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސައިދެއްވާނެކަމުގެ ޔަޤީންކަން އެ ރަށު ރައްޔިތުންނަށް ދެއްވާފަ އެވެ.

މަކުނުދޫއަކީ މަސްވެރި ރަށެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި މަސްވެރިން ބާނާ މަހުގެ ހަމަ އަގު ހޯއްދަވައި ދެއްވާނެ ކަމަށާއި މަސްވެރި އުފެއްދުންތައް މަކުނުދޫއިން އުފެއްދޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށެވެ. މަކުނުދޫގެ އާބާދީގެ 80 ޕަސެންޓަކީ މަސްވެރި ބައެއްކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ އެ ރަށުގައި 18 ކަންނެލި މަސްދޯނި އޮތް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ޒުވާނުންނަކީ ހަމައެކަނި ފުޓްސަލް ކުޅޭނެ ބައެއް ނޫން ކަމަށާއި ޒުވާނުންނަށް ވިޔަފާރި ކުރެވޭނެ ގޮތާއި ލޯން ލިބޭނެ ގޮތްތައް ހަމަޖައްސަވައި ދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ހދ. އަތޮޅަށް އިބޫ ކުރައްވާ ދަތުރުފުޅުގައި މަކުނުދޫގެ އިތުރުން ނޮޅިވަރަމްފަރާއި ހިރިމަރަދޫ އާއި ނެއްލާއިދޫ އާއި ނައިވާދޫއަށް ވަނީ ވަޑައިގެންފައެވެ. ހޯމަ ދުވަހު އެމަނިކުފާނު ނޭކުރަންދޫއަށާއި ވައިކަރަދޫ އާއި ކުމުންޑޫ އާއި ކުރިނބީ އަދި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ އެވެ. ހދ. އަތޮޅުގެ ބޮޑު ޖަލްސާ އޮންނާނީ ހޯމަ ދުވަހުގެ ރޭ ކުޅުދުއްފުށީގައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

14 ސެޕްޓެމްބަރު 2017

ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން

14 ސެޕްޓެމްބަރު 2017
ގާސިމް ބޭސްފަރުވާއަށް އެދުމުން ސަރުކާރުން ކުރަނީ ޖެއްސުން: އިދިކޮޅު ކޯލިޝަން
24 އޯގަސްޓު 2017

މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން އެދުމުން މީޑިއާ ކައުންސިލް އުވާލަން ގޮވާލައިފި

24 އޯގަސްޓު 2017
މާލީއްޔަތު ކޮމެޓީއާ ބައްދަލު ކުރަން އެދުމުން މީޑިއާ ކައުންސިލް އުވާލަން ގޮވާލައިފި
24 އޯގަސްޓު 2017

ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި

24 އޯގަސްޓު 2017
ރިޔާސަތުގެ މޭޒަށާއި އިބޫގެ ކޮޓަރި ކޮޅަށް ބިސް ޖަހައިފި
17 އޯގަސްޓު 2017

ބަންދުގައި ބަހައްޓަދޭން ފުލުހުން އެދުމުން ވެސް ސަމީރު ވެސް ދޫކޮށްލައިފި

17 އޯގަސްޓު 2017
 ބަންދުގައި ބަހައްޓަދޭން ފުލުހުން އެދުމުން ވެސް ސަމީރު ވެސް ދޫކޮށްލައިފި
14 އޯގަސްޓު 2017

އިދިކޮޅުު ޖަލްސާގެ ސަލާމަތީ ކަންކަން ހަމަޖައްސައިދޭން އެދުމުން ފުލުހުން އެންގީ ހައުސިން އަށް ދާން!

14 އޯގަސްޓު 2017
އިދިކޮޅުު ޖަލްސާގެ ސަލާމަތީ ކަންކަން ހަމަޖައްސައިދޭން އެދުމުން ފުލުހުން އެންގީ ހައުސިން އަށް ދާން!
26 ޖުލައި 2017

ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމުން ދުރުވެ، ގައުމު އިސްކުރުން: ރައީސް މައުމޫން

26 ޖުލައި 2017
ހަގީގީ މިނިވަންކަމަކީ އަމިއްލަ އެދުމުން ދުރުވެ، ގައުމު އިސްކުރުން: ރައީސް މައުމޫން
12 ޖުލައި 2017

ވައްޑެ އާއި ސައުދުވެސް ޕާޓީން ވަކިކޮށްދިނުމަށް އެދުމުން ވަތްކެއް ނުކުރި

12 ޖުލައި 2017
ވައްޑެ އާއި ސައުދުވެސް ޕާޓީން ވަކިކޮށްދިނުމަށް އެދުމުން ވަތްކެއް ނުކުރި
12 ޖުލައި 2017

ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ

12 ޖުލައި 2017
ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ
17 މެއި 2017

ރައީސް ނަޝީދުގެ އުފަން ދުވަހުގެ ހެޔޮއެދުމުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލައިފި

17 މެއި 2017
ރައީސް ނަޝީދުގެ އުފަން ދުވަހުގެ ހެޔޮއެދުމުން ސޯޝަލް މީޑިއާ ބަންޑުން ކޮށްލައިފި
10 އެޕްރީލު 2017

ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި

10 އެޕްރީލު 2017
ގާސިމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށްކަން ކަނޑައަޅައިދޭން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް