Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެއިންގެ ގައުމީ ޓީމް

ސްޕެއިންގެ ގައުމީ ޓީމުން ޕީކޭ ރިޓަޔާކޮށްފި

އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2018 | އާދީއްތަ 07:29
ސްޕެއިންގެ ގައުމީ ޓީމުގެ ޖާޒީގައި ޕީކޭ

ސްޕެއިންގެ ގައުމީ ޓީމުގެ ޖާޒީގައި ޕީކޭ

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ރަސްމީކޮށް ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

މީގެކުރިން ވެސް ޕީކޭ ވަނީ މިއަހަރު ރަޝިއާގައި ބޭއްވި ވާރލްޑް ކަޕަށްފަހު ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ސްޕެއިންގެ ގައުމީ ޓީމާއި ބާސާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ހަވާލުވުމާއެކު އޭނާގެ އެ ނިންމުން އަނބުރާ ގެންދާނެ ކަމަށް ބެލެވުނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޕީކޭ ބުނީ ވާރލްޑް ކަޕަކާއި ޔޫރޯއަކަށްފަހު ސްޕެއިންގެ ގައުމީ ޓީމާއެކު އޭނާ ލިޔަމުންދިޔަ ވާހަކަ ނިމުމަކަށް އައިސްފި ކަމަށެވެ. އަދި ލުއިސް އެންރިކޭ އާއި އެވާހަކަ ހިއްސާކުރި ކަމަށާއި އެ ނިންމުން ބަދަލުނުކުރާނެ ކަމަށް ވެސް ޕީކޭ ބުނެފައިވެއެވެ. ވާރލްޑް ކަޕަކަށްފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށާއި ގައުމީ ޓީމާއެކު ވަރަށް ހިތްގައިމު ތަޖުރިބާތަކެއް ކުރިވިފައިވާ ކަމަށް ޕީކޭ ބުނެފައިވެއެވެ. އޭނާ ބުނީ ކޮންމެ ކަމަކަށް ވެސް ނިމުމެއް ގެންނަން ޖެހޭ އުސޫލުން މިއީ ވެސް އެ ނިންމުން ނިންމަން އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކޭ ކަމަށެވެ.

މިއަހަރުގެ ވާރލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ކެޓުމާއެކު ބާސާގެ ކުރީގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ ވެސް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޕީކޭ އަދި އިނިއެސްޓާ ވެސް ރިޓަޔާ ކޮށްފައިވާއިރު އެހެން އެއްވެސް ކުޅުންތެރިޔަކު ރިޓަޔާކޮށްފާނެ ކަމުގެ އިޝާރާތެއް ދީފައެއް ނުވެއެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ދުނިޔޭގެ ފުޓްބޯޅަ ޑޮމިނޭޓް ކުރިއިރު ޕީކޭ ވަނީ އެޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 102 މެޗު ކުޅެދީ 2010 ވަނަ އަހަރުގެ ވާރލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް އެގައުމާއެކު ކާމިޔާބުކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު