Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަ ސުރުޚީ

މިސަރުކާރުން ރާއްޖެ މިއޮތީ ނުއަގުގައި ވިއްކާ ހުސްކޮށްފައި: އިބޫ

12 އޯގަސްޓު 2018 | އާދީއްތަ 02:46

ފެންނަނީ ވަގުތީ މަންފާއެއް ހޯދުމަށްޓަކައި ރޭވިގެން ކުރެވިފައިހުރި ކަންތައްތަކެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 އޯގަސްޓު 2018 | އާދީއްތަ 02:46
ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމުގައި

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ރާއްޖެ ޓީވީ ފަލަ ސުރުޚީ ޕްރޮގްރާމުގައި

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ދިވެހިރާއްޖެ މިއޮތީ ނުއަގުގައި ވިއްކާ ހުސްކޮށްފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިޤްތިސާދު ކުރިއަރަމުން އަންނަ ކަމަށް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް ރައްދު ދެއްވައި ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންމެ ގިނަ ދުވަހު މަޖިލީހުގެ އިޤްތިސޯދީ ކޮމެޓީގައި އިންނެވި އެއް މެމްބަރު އިބޫ ވިދާޅުވީ ތަރައްޤީއަށްޓަކައި ނަގާ ކޮންމެ ލޯނެއް ނަގާފައިވަނީ ކޮމާޝަލް ލޯނުގެ ގޮތުގައި އަށް ޕަސެންޓް، ދިހަ ޕަސެންޓް އަދި ބާރަ ޕަސެންޓްގައި ކަމަށާއި އެއްގޮތަކަށްވެސް ބޭރުގެ މާލީ އިދާރާއަކުން ކޮންސިޝަނަލް ލޯނެއް ލިބޭތަނެއް ނުފެންނަ ކަމަށެވެ. އިބޫ ވިދާޅުވީ އިންޓްރެސްޓް ކުޑަ ލޯނެއް ލިބޭތަނެއް ނުފެންނަ ކަމަށާއި މިއަދު ރާއްޖޭގައި ސަރުކާރު ހިންގަމުންވެސް އަދި ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގަމުންވެސް މިދަނީ ބޮޑެތި އިންޓްރެސްޓުގައި ލޯނުނަގައިގެން ކަމަށެވެ.

Advertisement - newsAdvertisement
"ލޯނު ނަގަން ޖެހޭނެ. އެހެންނަމަވެސް އެލޯނު ނަގާފައި އެލޯނު އަނބުރާ ދެއްކޭނެ ގޮތެއް އޮންނަން ޖެހޭނެ. މިއަދު ރާއްޖޭގައި ތަރައްޤީގެ މަޝްރޫއެއް ހިންގިކަމުގައިވީނަމަވެސް ވެރިކަން ހިންގުމަށް ބޭނުންވާ ރިކަރަންޓް ޚަރަދު ކުރިކަމުގައިވިއަސް މިކުރަނީ ރާއްޖޭގައިހުރި އެސެޓްތައް ވިއްކައިގެން. ކުއްޔަށް ދީގެން. މިއީ މުސްތަޤްބަލްގައި އަޅުގަނޑުމެން އާމްދަނީ ހޯދަންހުރި ތަކެތި. މިއަދު ބިމެއްވިއަސް ރަށެއް ވިއަސް ފަޅެއް ވިއަސް ގިރިއެއްވިއަސް ވިއްކާ ހުސްކޮށްފައި މިއޮތީ ނުއަގުގައި. އޭގެ ހަމައަގެއް މިވަގުތަކު ނުލިބޭ. އެއްފަހަރާ އެތައް ބައިވަރެއް މާކެޓަށް ނޭރުނީމަ އޭގެ އަގު ވެއްޓިފައި މިއޮތީ. އެހެންނޫންނަމަ ރާއްޖެއަކީ ރާއްޖޭގެ ބިމާ ރާއްޖޭގެ ފަޅާ ރާއްޖޭގެ ފަރުތަކަކީ އަގުބޮޑުވެގެންވާ ޚަޒާނާއެއް. އޭގެ އަގު މިސަރުކާރުން މިވަނީ ވައްޓާލާފައި." އިބޫ ވިދާޅުވިއެވެ.

ނަގާފައިހުރި ލޯނުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އިޤްތިސޯދީގޮތުން އާމަދްނީ ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތަކަށް ގޮންޖެހުންތަކެއް އެބަހުރިކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މިވަގުތު މިއޮތް މިސަރުކާރުގެ އިޤްތިސޯދީ ސިޔާސަތަކީ ދެމެހެއްޓެނިވި ގޮތެއްގައި އޮތް ސިޔާސަތެއް ނޫން ކަމަށާއި ފެންނަނީ ވަގުތީ މަންފާއެއް ހޯދުމަށްޓަކައި އަދި އަމިއްލަ ފައިދާއެއް ނެގުމަށްޓަކައި ރޭވިގެން ކުރެވިފައިހުރި ކަންތައްތަކެއް ކަމަށެވެ. މިއީ އެއްވެސް ހާލަތެއްގައި ހަރުދަނާ އިޤްތިސޯދެއްގެ މައްޗަށް ބިނާވެގެން ކަންތައްތައް ކުރެވޭ ސިޔާސަތެއް ނޫން ކަމަށާއި ކުރުމުއްދަތުގައިވެސް އަދި ދިގުމުއްދަތުގައިވެސް ބޮޑެތި ގެއްލުންތައް ފެންނަ ކަމަށް އިބޫ ވިދާޅުވިއެވެ.

އިޤްތިސޯދީ ހާލަތު މިހާ ދަށްވެ ދަރަނިވެރިވެފައިވަނިކޮށް ގުޅިފައިވާ ޕާޓީތަކުން ވަމުންދާ ވައުދުތައް ފުއްދާނީ ކިހިނެއްތޯއޭ ދެންނެވުމުން އިބޫ ވިދާޅުވީ. މިއޮތީ ވަރަށް ބޮޑަށް ދަރަނިވެރިވެފައި ކަމަށާއި ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅިގެން ގޮސްފައިވާ ކަމަށެވެ. މިދިޔަ ފަސްއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދަރަނި މިވަނީ ދެގުނަ ވެފައިކަން ފާހަގަ ކުރައްވާ އިބޫ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނީގެ އަދަދަކީ 23 ނުވަތަ 24 ބިލިއަން ރުފިޔާކަމަށެވެ. ނަމަވެސް 2018 ވަނަ އަހަރު ނިމޭއިރު ގާތްގަނޑަކަށް އެއަދަދު 50 ބިލިއަނަށް އަރައިގެންދާ ކަމަށާއި 2020 ވަނަ އަހަރު ނިމޭއިރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި 140 މިލިއަން ރުފިޔާގެ ދަރަންޏެއް އެޅިގެންދާނެކަމަށް ވޯލްޑްބޭންކުގެ ރިޕޯޓްތަކުން ދައްކާ ކަމަށް އިބޫ ވިދާޅުވިއެވެ.

"މިދަރަނި ދެއްކުންވާނީ ބޮޑު ބުރައަކަށް. އަދި ކޮންމެ ސަރުކާރެއް އަޔަސް. އަޅުގަނޑުމެން ވެރިކަމަށް އަޔަސް ވާނެ. ދަރަނި އަދާކުރުމަށްޓަކައި ކުރަން ޖެހޭނެ ފުރަތަމަ ކަމަކީ ދަރަނި ނަގާފައި ހުރި ފަރާތްތަކާ ވާހަކަ ދައްކައިގެން ދިގުމުއްދަތަކަށް ބަހާލައިގެން ދެއްކޭނެ ގޮތެއް ހޯދުން. އަދި މިލޯނުތަކަކީ ކޮންސިޝަނަލް ލޯނުތަކެއްގެ ގޮތުގައި ބަދަލުކުރެވޭތޯ މަސައްކަތް ފަށަން ޖެހޭނެ. މިއީ ދުނިޔޭގެ ޤައުމުތަކަށް އަލަށް ދިމާވެފައިހުރިކަމެއް ނޫން. ބައެއް ޑިކްޓޭޓަރޝިޕްތައް ވެއްޓިގެންދާއިރު ޤައުމުތަކަށް މިކަހަލަ ހާލަތުތައް ދިމާވެފައި އެބަހުރި. މިކަހަލަ ހާލަތްތަކުގައި ދުނިޔޭގެ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން އެހީތެރިކަން ފޯރުކޮށްދޭ. އެހެންވީމާ އަޅުގަނޑުމެން ރީ ނެގޯޝިއޭޓްކޮށްގެން ހަރުދަނާ ސިޔާސަތުތަކެއް ޤާއިމް ކުރެވިއްޖިއްޔާ އަޅުގަނޑުމެންނަށް އެހީތެރިކަން ލިބިގެންދާނެ." އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ އަނެއް ދިމާއަކީ އާމްދަނީ އިތުރުކުރުން ކަމަށާއި އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޭސް ފުޅާކުރަން އެބަޖެހޭ ކަމަށެވެ. އޭގެ މާނައަކީ ޓެކްސް ނަގާ އަދަދު އިތުރުކުރާ ވާހަކައެއް ނޫން ކަމަށާއި ޓެކްސް ރެވެނިއުގެ ގޮތުގައި ވަންނަ އަދަދު އިތުރުކުރުމުގެ ވާހަކަ ކަމަށް އިބޫ ވިދާޅުވިއެވެ.. މިގޮތުން ފޮރިންގ ޑައިރެކްޓް އިންވެސްޓްމަންޓް އެބަ ގެންނަންޖެހޭ ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިހާރުވެސް ވިޔަފާރިކުރަމުން ގެންދާ މެދުފަންތިއާއި އާދައިގެ ކުދިފަންތިވިއަސް އަދި ބޮޑެތި ވިޔަފާރިކަމަށްވިއަސް އެފަރާތްތަކަށް ފަސޭހަކަމާއި ޔަޤީންކަމާއެކީގައި ވިޔަފާރި ކުރެވޭނެ މާހައުލެއް ބަހޯދަން ޖެހޭ ކަމަށެވެ. އެގޮތުން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އިންވެސްޓްމަންޓް ޕްރޮޓެކްޓް ކޮށްދޭނެ ޤާނޫންތަކާއެއްޗެހި ހަދަންޖެހޭ ކަމަށާއި މިހާރަކު އެއިތުބާރެއް ނެތްކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ރާއްޖެއަށް ޑައިރެކްޓް އިންވެސްޓްމަންޓް ނައިސްގެން މިއުޅެނީ އެއިތުބާރު ނެތުމުގެ ސަބަބުން ކަމަށެވެ. ޓުއަރިޒަމް ސެކްޓަރގައި އިންވެސްޓްމަންޓް އެބަހުރިކަމަށް ވިދާޅުވެދާނެކަމަށް އިޝާރާތް ކުރައްވާ އިބޫ ވިދާޅުވީ އެއީ އަބަދުވެސް ރާއްޖޭގައި ކުރަމުން އަންނަ އިންވެސްޓްމަންޓެއް ކަމަށާއި އޭގެ އިތުރުއެއްޗެއް ނުފެންނަ ކަމަށެވެ.

ރައީސް ޔާމިންގެ ސަރުކާރު ވެރިކަމަށް އައުމާއެކުގައި ފޮރިންގ އިންވެސްޓްމަންޓްތައް މިތަނަށް ގެންނަ ވާހަކަ ވިދާޅުވިނަމަވެސް އެކަމެއް ނުފެންނަ ކަމަށާއި ޤާނޫން އަސާސީއަށް ބަދަލު ގެނެސްގެން އެސްއީޒެޑް ތައާރަފް ކުރިނަމަވެސް އެއިން އެއްވެސްކަމެއް ވެގެންދިޔަތަން ނުފެންނަ ކަމަށް އިބޫ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއްގައި ފޮރިންގ ޑައިރެކްޓް އިންވެސްޓްމަންޓް ގެނައުމަށްޓަކައި ޤާނޫންތަކަށް އެބަޖެހޭ ބަދަލު ގެންނަން. އިންވެސްޓަރުންނަށް އިތުބާރު ހިފޭ މާހައުލެއް އެބަޖެހޭ ޤާއިމް ކުރުމަށް. އަދި ޕްރޮޖެކްޓްތައް ދޭއިރުގައި އެނގިވަޑައިގަންނަވާނެ މިހާރުވެސް ޕްރޮޖެކްޓްތައް ދީފައި މިހުރީ ހަމައަގަކު ނޫންކަން. ވަރަށް ބޮޑަށް އަޑުއިވޭ މިސަރުކާރުން ވާހަކަދައްކާއިރުގައި ބައެއް ބޭފުޅުން ވިދާޅުވާއަޑު ރައްޔިތުން ނުބަލާނެޔޭ އަގަކަށެއް. ރައްޔިތުން ބޭނުންވާނީ ޚިދުމަތް ލިބެންށޭ ނޫނިއްޔާ ތަރައްޤީ ލިބެންށޭ. އެހެންނެއް އެކަމެއް ނުވާނެ. މިއީ ރައްޔިތުންގެ ފައިސާ މި ޚަރަދު ކުރަނީ އަދި ރައްޔިތުންގެ ނަމުގައި ދަރަނިވެސް މިނަގަނީ. އަނބުރާ ދައްކަންވެސް މިޖެހެނީ ރައްޔިތުން. އެހެންވީމާ އޭގެ ހަމައަގުގައި އެބަޖެހޭ ޕްރޮޖެކްޓްތައް ދޭން. އޯޕަން ބިޑެއްގައި ހުޅުވާލެވިފައިވާ މާހައުލެއްގައި އެންމެންނަށް އެނގޭގޮތައް އެންމެރަނގަޅު ހެޔޮ އަގުގައި ދޭން ޖެހޭނެ. އެހެނަކުންނެއް ނޫން މިއަދު ކަންތައްމިވަނީ. ރަނގަޅު އަގުގައި ދެވިއްޖެނަމަ އޭގެން ފައިސާ ބާކީވެގެން އަންނަތަން އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވެއްޖިއްޔާ އެހެރީ ކުރިއަށްހުރި ޕްރޮގްރާމްތަކަށް ނޫނިއްޔާ އިޖްތިމާއީ ޚަރަދުކުރާނެ ފައިސާ އޭގެތެރެއިން ހޯދޭނެ." އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ޓެކްސް ނެގޭނެ ރަނގަޅު ގޮތެއް ޤާއިމް ކުރަން ޖެހޭ ކަމަށާއި ޓެކްސް ދައްކަންޖެހޭ މީހާއަތުން ޓެކްސް ނަގަން އެބަޖެހޭ ކަމަށެވެ. މިހާރުވެސް ޓެކްސް ދައްކަންޖެހޭ އެތައްބައިވަރު ބަޔަކު ޓެކްސް ނުދައްކާ އެބަތިބި ކަމަށާއި އޭގެބަދަލުގައި ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން މީރާއިން ކުރަމުން އެގެންދަނީ އެވިޔަފާރިތައް ރޫޅާލުމުގެ މަސައްކަތް ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ހިސާބުތަކާއި ރިޕޯޓްތަކާއި ބަލާލުމުން ފެންނަމުންދަނީ މިނަގާ ޓެކްސްގެ ނިޒާމަށް ބަދަލެއް ނުގެނެސް ގާތްގަނޑަކަށް 800 މިލިއަނާއި 1 ބިލިއަނާއި ދެމެދު ބަޖެޓަށް އިތުރުވެގެންދާތަން ކަމަށެވެ. އެހެން ކަމަށްވާނަމަ ކުރުމަށް އަމާޒު ހިފާފައިހުރިކަންކަން ކުރުމަށް ފައިސާގެ ދަތިކަމެއް ކުރިމައްޗެއް ނުވާނެކަމަށް އިބޫ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް