Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޔާސީ އިންތިހާބު 2018

ބަހަނާއަކީ، ދައްކާ ދައްކާ ހުސްނުވާނެ އެއްޗެކެވެ.

1500 ފޯމު ހަމަވިކަން ޔަގީނެއް ނޫން

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 11 އޯގަސްޓު 2018 | ހޮނިހިރު 07:25
އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި

އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި

ޙަޤީގަތް ޤަބޫލުކުރަން ބޭނުންނުވާ ކޮންމެ މީހަކު ވެސް އެކަމަކަށް ލައްކަ ބަހަނާ ދައްކާނެއެވެ. އެފަދަ މިސާލެއް އެންމެ ފަހުން މި ފެނުނީ ރިޔާސީ އިންތިޚާބުގެ ވާދަވެރިކަމުގެ ތެރޭގައެވެ. އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލުމާ އެކު ސިޔާސީ ބައެއް ފަރާތްތަކުން ކުރިމަތިލިއެވެ. އަދި ސިޔާސީ ގޮތުން މާބޮޑު ބުރަދަނެއް ނެތް ރައްޔިތުންގެ ތާއީދެއް ނެތް ފަރާތްތަކުން ވެސް އިންތިޚާބުގައި ވާދަކުރާނެ ވާހަކަ ދައްކާ އަމިއްލަ ހުވަފެނީ މެނިފެސްޓޯތައް ހާމަކުރަމުންދިޔައެވެ.

އެގޮތުން އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި އެލްޖީއޭގެ ކުރީގެ މެމްބަރު ޝުޖާއު ހުސެއިން ހިމެނެއެވެ. ނަމަވެސް އިންތިޚާބުގެ ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ ސުންގަނޑި ހަމަވާން ކައިރިވެފައި ވަނިކޮށް އެ ބޭފުޅުން ވެސް އިންތިޚާބުގައި ވާދަނުކުރައްވާނެކަން އިއުލާން ކުރެއްވިއެވެ.

އުމަރާއި ޝުޖާއު އިންތިޚާބުގައި ވާދަނުކުރަން ނިންމި ސަބަބު ބަޔާންކޮށް އެތައް ބަހަނާއެއް ދެއްކެވިއެވެ. ނަމަވެސް ޙަޤީގަތަކީ އިންތިޚާބުގައި ވާދަކޮށްފި ނަމަ ފަލީހަތްވުން ނޫން ކަމެއް ނުވާނެ ކަމަށް އެ ދެ ބޭފުޅުންނަށް އެނގުމެވެ. އެގޮތަށް އިންތިޚާބެއްގައި ވާދަކޮށް ފަލީހަތްވި ބޭފުޅެއްގެ ވާހަކަ އަބަދު ވެސް ދިވެހިން ދައްކައި އުޅެއެވެ. ސަރުކާރެއް ހިންގުމާއި ޙަވާލުވެ ހުންނަވައި، ޖެހިގެން އައި އިންތިޚާބަށް ނުކުންނެވުމުން ފަސް ޕަސެންޓް ހޯއްދެވި ރައީސެއްގެ ވާހަކައަކީ، މަޖަލަކަށް އަދި މިސާލު ބަހަކަށް ވެސް ދިވެހިން ދައްކާ އުޅޭ ވާހަކައެކެވެ.

ރިޔާސީ އިންތިޚާބަކީ ބަޔަކު ބައިވެރިވާތީ މަޖަލަކަށް ބައިވެރިވާން އުޅޭވަރުގެ ކަމެއް ނޫނެވެ. އެކަމުގައި ރައްޔިތުންގެ އިތުބާރާއި ސަޕޯޓާ ބައިވެރިވުން ވެސް އޮންނަންޖެހެއެވެ. އެހެންނޫނީ ގަންނަންޖެހޭނީ ލަދު މާބޮޑުވާނެއެވެ. މިކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ހަމަ އުމަރަށެވެ. އައިޑީޕީގެ ނަމުގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކޮށްގެން ޕާޓީގެ ރަޖިސްޓްރީގައި ތިބި މީހުންގެ އަދަދަށް ވުރެ އުމަރަށް ލިބުނު ވޯޓު މަދެވެ. އެ ފަހަރުގެ އިންތިހާބުގައި އުމަރަށް ލިބުނީ 2،472 ވޯޓެވެ. އުމަރާއި ޝުޖާއު ނޫނަސް މަޖަލަކަށް ތިޔަކަން ކުރަން 1500 މީހުންގެ ސޮޔާ އެކު 1 ލައްކަ ރުފިޔާ ދެއްކޭވަރުގެ ކުށުގެ ރެކޯޑެއް ނެތް ކިތަންމެ ބަޔަކު ރާއްޖޭގައި ވެސް އެބަ ތިއްބެވެ. ނަމަވެސް ހެޔޮވިސްނޭ ބަޔަކު ވިއްޔާ ބޭޒާރެއްވާކަށް ބޭނުމެއް ނުވާނެއެވެ.

މާޒީން އިބުރަތް ހާސިލްކޮށް އިންތިޚާބުގައި ވާދަނުކުރައްވަަން އުމަރު ނިންމެވުމަކީ ހެޔޮފާލެއް ކަމުގައި ވެދާނެއެވެ. މާޒީ ދައްކަނީ އެގޮތަށެވެ. ނޫން ނަމަ މުޙައްމަދު ވަހީދު ހަސަން މަނިކަށް ވުރެ ބޮޑު ބޭޒާރަކާ ކުރިމަތި ލައްވަން ޖެހިވަޑައިގަތުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ޙަގީގަތް ގަބޫލު ކުރައްވަން ބޭނުން ނުވިޔަސް މިވަގުތު ރާއްޖެ އޮތް ގޮތުން އިދިކޮޅު ފަރާތްތަކާއި ރައީސް އަބްދުﷲ ޔާމީން ފިޔަވައި އެހެން ފަރާތްތަކަށް ރިޔާސީ އިންތިޚާބު ވާދަވެރި ކަމަށް ނުކުތުމުގެ ޖާގަ ވަރަށް ހަންޏެވެ.

އިންތިޚާބުގައި ވާދަނުކުރައްވަން ނިންމަވައި ޝުޖާއު ހުސެން ވެސް ދެއްކެވީ ތަފާތު ބަހަނާއެކެވެ. "ގައުމަށް ޑިމޮކްރަސީ ގެނައުމުގެ ނަމުގައި ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައީސް މުހައްމަދު ނަޝީދު، ގާސިމް އިބްރާހީމް، ޝެއިހް އިމްރާން އަބްދުﷲ ރައްޔިތުންނަށް ހެއްދެވީ އިތުރުފުޅެއް" ކަމަށެވެ. ގައުމުގެ މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެ، ގައުމުގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑު ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ހީކުރެވިފައި އޮތީ ޝުޖާއު އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ އެފަދަ ކަންކަމަށް ޙައްލުހޯއްދެވުމަށް ކަމަށެވެ.

ޝުޖާއު ވެސް ބޮޑު ލަދެއްގައި ބެދުމުގެ ކުރިން ތިކަން ހުއްޓާލިކަން ރަނގަޅެވެ. ދިވެހި ރައްޔިތުންގެ ކުރިމައްޗަށް ނުކުންނަންވާނީ ރައްޔިތުން ވާހަކަތަކާއި ފާޑުކިޔުންތައް ހަޖަމުވާ ކަމަށް ވާނަމައެވެ. ރިޔާސީ އިންތިހާބެއްގައި މީހަކަށް ދުވަހަކު ވެސް ނުލިބޭނެ ފަދަ ދަށް ނަތީޖާއެއް ލިބި އަމިއްލަ ސޯޓު ނުބޭލެނިސް އެކަން އިހްސާސްވެ ލިބެން އޮތް ލަދުވެތިކަމުން ބޯ ތިދަމައިގަތްކަން ކިތަންމެހާ ވެސް ރަނގަޅެވެ.

ރިޔާސީ އިންތިޚާބުގެ ވާހަކަ އަރިމައްޗެއްގައި ބާއްވާލާފައި ޝުޖާއު މެން ފަދަ ބޭފުޅުން ދައްކާ ވާހަކައިގެ ބުރަދަނެއް ނެތްކަން އެނގޭ ހިސާބަކީ ހިދުމަތްތެރި ދުވަސްވަރުގައި އެއްވެސް ފެންވަރެއްގައި ގައުމޭ ކިޔައިގެން ތިޔަ ކުރައްވަން ބުނާ އެއްވެސް ކަމެއް ކުރަން މަސައްކަތެއް ކުރިކަން ސާބިތު ވެފައެއް ނެތުމެވެ. އެ ވާހަކަތަކުން އެނގެނީ އަޒުމާއި ހިތްވަރެއް ނެތްކަމެވެ. ހުރިހާ ހާސަރެއް ދަމާފައި އިންތިޚާބުގައި ވާދަނުކުރައްވަން ނިންމެވީ އެންމެ 1500 ފޯމު ހަމަނުވެގެން ކަމަށް ވިދާޅުވި ނަމަ މާ ރަނގަޅު ވާނެއެވެ. ބަހަނާއަކީ، ދައްކާ ދައްކާ ހުސްނުވާނެއެއްޗެކެވެ.

އިތުރަށް ކިޔާލަން

17 ޖޫން 2018

އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!

17 ޖޫން 2018
އަންހެނުންނަކީ ބޮކްސް އޮފީހުގައި 'ވިހައެއް' ނޫންކަން 'ވީރޭ ދި ވެޑިން' އަދި އޯޝަންސް 8' އިން ދައްކާލައިފި!
05 މާރިޗު 2018

ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން

05 މާރިޗު 2018
ކިނބިދޫ ރައްޔިތުން ރާއްޖެޓީވީއަށް އޮތް ލޯބި ދައްކާލީ ދިވެހި މަލާފަތެއްގައި ގެނައި ބޮނޑިބަތުން
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
25 ޖެނުއަރީ 2018

މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!

25 ޖެނުއަރީ 2018
މިސްރުގެ ރިޔާސީ އިންތިޚާބު ހަމަ އެކަނި ދައްކާލާ ޝޯވ އަކަށް!
02 ޖެނުއަރީ 2018

ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟

02 ޖެނުއަރީ 2018
ހުޅަނގުން މަލާލާގެ ވާހަކަ ދައްކާފައި، ޢަހަދުގެ ވާހަކަ ނުދައްކަނީ ކިއްވެ؟
20 ޑިސެމްބަރު 2017

ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!

20 ޑިސެމްބަރު 2017
ޤާސިމް ވިދާޅުވިޔަސް އުމަރުގެ ވާހަކަ ދައްކާނެ، ދައްކަން ޖެހޭ!
13 ސެޕްޓެމްބަރު 2017

ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!

13 ސެޕްޓެމްބަރު 2017
ޑިމޮކްރެސީއޭ ކިޔައިގެން ވާހަކަ ދައްކާއިރު ކޮމިޝަނުގެ ހާލަތު!
02 ސެޕްޓެމްބަރު 2017

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!
26 މާރިޗު 2017

!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ

26 މާރިޗު 2017
!އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަަކަ ނުދައްކާށެވެ، ސުވާލުވެސް ނުކުރާށެވެ
24 މާރިޗު 2017

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް