Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ އިންތިހާބު 2018

އަންހެނުންގެ ޖަގަހަ ހުޅުވުމާ އެކު، މިރޭގެ ޖަލްސާއަށް ތިމަރަފުށި ތައްޔާރު

މި ޖަލްސާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ބައިވެރިވަޑައިގަންނަވާނެ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 6 އޯގަސްޓު 2018 | ހޯމަ 16:09
ތ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިނބިދޫން އިބޫ ފުރާވަޑައިގަންނަވަނީ

ތ. އަތޮޅަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިނބިދޫން އިބޫ ފުރާވަޑައިގަންނަވަނީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތަށް ކުރިއަށް ގެންދިއުމަށް ތ. އަތޮޅު ތިމަރަފުށީ އަންހުންގެ ޖަގަހަ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހުޅުވައިދެއްވައިފިއެވެ.

ހޯމަ ދުވަހު ހަވީރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އިބޫ ވަނީ ގުޅިފައިވާ ޕާޓީތަކުގެ އިސްވެރިން ވަނީ ތިމަރަފުށީ އަންހެނުންގެ ޖަގަހަ ހުޅުވައިދެއްވާފައެވެ. އިބޫ ތިމަރަފުއްޓަށް ވަޑައިގެންނެމުން އެރަށު ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވެ، އެމަނިކުފާނަން ވަނީ ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. އިބޫ އަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އަނބިކަބަލުންނާއި ރިޔާޒުގެ އާއިލީ ބޭފުޅުން ބަނދަރު ސަރައްދަށް ވަޑައިގެންވިކަން ފާހަގަކޮށްލެވެ.

އަބްދުﷲ ރިޔާޒުގެ އަނބިކަނބަލުން ނަދާ އިބޫ އަށް މަރުހަބާ ދަންވަނީ

ތިމަރަފުށީ ބަނދަރު ސަރަހައްދަށް މަރުޙަބާ ދެންނެވުމަށް ވަޑައިގެންނެވި ރައްޔިތުންނާ އެކު އިބޫ ދެން ހިންގަވާފައި ވަޑައިގެންނެވީ އެމްޑީޕީ އަންހެނުންގެ ޖަގަހަ ހުޅުއްވައިދެއްވުމަށެވެ. އެ ޖަގަހަ ހުޅުއްވައިދެއްވުމަށް އިބޫއާއެކު އަދާލަތު ޕާޓީގެ ނާއިބު ލީޑަރ ޑރ. ހުސެއިން ރަޝީދާއި، އަދާލާތު ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރުގެ އިތުރުން، ރައީސް މައުމޫންގެ އަރިހުގައި މަސައްކަތް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑޭ) ބައިވެރިވަޑައިގެންނެވިއެވެ.

ތިމަރަފުށީ އަންހެނުންގެ ޖަގަހަ އިބޫ ހުޅުވައިދެއްވަނީ

ތ. އަތޮޅަށްގެ ރަށްތަކަށް އިބޫ ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމާލެއްވުމުގެ ގޮތުން އެ އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ މިރޭ 9:30 ތިމަރަފުށީ އެމްޑީޕީ ހަރުގެ ސަރަހައްދުގައި އޮންނާނެވެ. މި ދަތުރުގައި އާދީއްތަ ދުވަހު އިބޫ ވަޑައިގެންނެވީ އެ އަތޮޅު ގާދިއްފުއްޓަށާއި، ގުރައިދު، މަޑިފުށީ، ވިލިފުށި، ހިރިލަންދޫއަށެވެ. އެއަށް ފަހު ހޯމަ ދުވަހު އެމަނިކުފާނު ވަނީ އޮމަދޫ، ވޭމަންޑޫ، ކިނބިދޫ، އަދި ތިމަރަފުއްޓަށް ވަޑައިގެންފައެވެ.

މިރޭގެ ޖަލްސާގައި ތިމަފުށީގައި ބާއްވާ އިރު، އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު މުސްތަފާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފައްޔާޒު އިސްމާއިލް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު، އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީގެ އިތުރުން އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ. މައުސޫމް ފަދަ ބޭފުޅުން ބައިވެރިވަޑައިގަންނަވާނެވެ.

ރިޔާޒު މިނިވަންކުރުމަށް ގޮވާލައި ހަރުކޮށްފަ ހުރި ޕޯސްޓަރެއްގެ ފޮޓޯ އިބޫ ނަންގަވަނީ

ތިމަރަފުށީ ރައްޔިތުން ދެކޭ ގޮތުގައި ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނުމަށް އަތުކުރި އޮޅާލައިގެން އެންމެ ފުރަތަމަ ނުކުންނަން ޖެހޭ ރައްޔިތުންނަކީ އެރަށުގެ ރައްޔިތުންނެވެ. ރައީސް ނަޝީދު ވެރިކަމުގައި އެރަށުގައި 78 ހެކްޓަރުގެ ބިން ހިއްކައި އެއާޕޯޓު އެޅުމުން، އެމަނިކުފާނު މިނިވަންކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް އެމްޑީޕީގެ ސަޕޯޓަރުން ބުނެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީގައި އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު މުހައްމަދު މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން މުސްތަފާއަށް އެދާއިރާގެ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވުމަށް ހުރަސް އަޅާފައި ވާތީ ވެސް އިބޫއަށް ވޯޓުދޭން ޖެހޭ ކަމަށް ގަބޫލުކުރާ ރައްޔިތުން ވެސް އެރަށުގައި އެބަ ތިއްބެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަކީ އެރަށު މާޖެހިގެއަށް ނިސްބަތްވާ ބޭފުޅަކަށް ވާއިރު، ރިޔާޒަށް ދެމުންދާ ނުޙައްގު އަނިޔާތަކުން މިންޖުކުރުވުމަށް ވެސް އިބޫއަށް ވޯޓުދޭންޖެހޭ ކަމަށް ދެކޭ ގިނަ ރައްޔިތުންތަކެއް އެބަ ތިއްބެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު