Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް އަޅުގަނޑު ނުޖެހޭނަން: އިބޫ

6 އޯގަސްޓު 2018 | ހޯމަ 12:11

ހުރިހާ ފިކުރެއްގެ ވިސްނުމާ އެއްގޮތަށް މަސައްކަތް ކުރައްވަނީ

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 6 އޯގަސްޓު 2018 | ހޯމަ 12:11
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހި ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ތ. އަތޮޅަށް ގުޅިފައިވާ ޕާޓީތަކުން ކުރައްވާ ދެ ދުވަހުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ކޮލިޝަންގެ ކެނޑިޑޭޓެއްގެ ގޮތުގައި އެމަނިކުފާން މަސައްކަތް ކުރައްވާ އިރު، އެމަނިކުފާނަށް އެންމެ އިސްކަމެއް ދޭންޖެހިފައި ވަނީ ހުރިހާ ޕާޓީތަކެއްގެ ވިސްނުން އެއްތަނަކަށް ޖަމާކޮށް، އެންމެންގެ ބައިވެރިވުމާ އެކު ކަންކަން ނިންމުން ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ދައުލަތުގެ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަން އިބޫ ވަނީ ދިވެހި ރައްޔިތުންނަން ދެއްވާފައެވެ.

Advertisement - newsAdvertisement
"ޔާގީންކޮށް މިއަދު މި އަރުވާނީ ތިޔަބޭފުޅުންގެ ދައުލަތުގެ އެންމެ ފައިސާފޮއްޗެއްގައި ނުޖެހޭނެ ކަމުގެ ޔާގީންކަން" ކިނބިދޫ ސްޓޭޖް ސަރަހައްދުގައި ހުންނަވާ ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގުޅިފައިވާ ޕާޓީތަކެއްގެ ވެރިކަމުގައި މަސައްކަތް ކުރައްވަނީ ހުރިހާ ފިކުރެއްގެ ވިސްނުމާ އެއްގޮތަށް ކަމަށެވެ. އެއީ އެމަނިކުފާންގެ ޒިންމާއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ޒިންމާ ވެސް ވަރަށް ބޮޑު. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މި ނިކުންނަނީ ގުޅިފައިވާ ކޯލިޝަނެނެންގެ ތެރެއިން. އެ ހުރިހާ ބޭފުޅުންގެ ފަރާތުން އަޅުގަނޑު މި ހުރީ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ތިބޭފުޅުންގެ ކުރިމައްޗަށް ނުކުމެ. އަޅުގަނޑުގެ އެންމެ މުހިންމު އެއް ވާޖިބަކީ އަޅުގަނޑު ދެކޭ ގޮތުގައި، މި ހުރިހާ ބޭފުޅުންގެ ހިޔާލުތަށް އެއްތަނަކަށް ޖެނެސް އެކުގައި ކަންތަށްތަށް ނިންމާ، އެންމެންގެ ވިސްނުމާއި އެއްގޮތަށް މިކަން ކުރުން. އިރާދަ ކުރެއްވިޔާ އަޅުގަނޑު ތެދުވެރިކަމާ އެކު ތިބޭފުޅުންނަން އެ މަސައަކަތް ކޮށްދޭނަން،" އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން އިބޫ ވިދާޅުވީ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒު ނުހައްގުން ޖަލަށް ލާފައިވާތީ ހިތާމަކުރައްވާ ކަމަށެވެ. ރިޔާޒަކީ ގުޅިފައިވާ ޕާޓީތަކުން ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންވެި ބޭފުޅުންކަން އިބޫ ފާހަގަކުރެއްވިއެވެ.

އިބޫ ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

"އަބްދުﷲ ރިޔާޒު ޖަލުގައި ނުހައްގުން އަދަބު ލިބެމުންދާތާ މިހާރު 150 ދުވަހަށް ވުރެ ގިނަ ވެއްޖެ. ކުރި ކުށެއް ނެތް. އެހެންނަމަވެސް، ނުކުރާ ކުށެއްގައި ޝަރީއަތަށް ގެންދިޔަ މައްސަލަ ނޫން އެހެން މައްސަލައެއްގައި އެ މެމްބަރު ޖަލުގައި އެ ހުންނަވަން ޖެހުނީ. މިއީ ރާއްޖޭގެ އިންސާފުގެ ދާއިރާ މި ވަގުތު އޮތް ގޮތް. މިހެން ހުރި ސަބަބުތަކަށްޓަކައި އަޅުގަނޑުމެން އިސްލާހުކުރުމަށް އެކުގައި ނުކުމެ މިތިބީ. ރިޔާޒަކީ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި އިސްސަފުގައި ކުރިގެން ޖެހިލުމެއް ނެތި މަސައްކަތް ކުރަމުންގެންދާ ބޭފުޅެއް ކަން އަޅުގަނޑު ފާޙަގަކުރަން،" އިބޫ ވިދާޅުވިއެވެ.

އިބޫ ކިނބިދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެރަށުގެ ބަނދަރު ސަރަހައްދުން މަރުޙަބާ ދަންނަވާފައެވެ. މިއީ ތ. އަތޮޅުގެ ރަށަކުން އެމަނިކުފާނަން މަރުޙަބާ ދަންނަވަން އެންމެ ގިނަ ރަށްޔިތުން ނުކުން އެއް ރަށްކަން ފާހަގަކޮށްލެވެ. މި ދަތުރުފުޅުގައި އިބޫ ދެން ވަޑައިގަނަންވަނީ އެ އަތޮޅު ތިމަރަފުއްޓަށެވެ. އެރަށައް ވަޑައިގެން ގުޅިގައިވާ ޕާޓީތަކުގެ އޮފީހާއި އަންހެނުންގެ ޖަގަހަ ހުޅުވައިދެއްވާނެއެވެ. އަދި ތ. އަތޮޅުގައި ބާއްވާ ބޮޑު ޖަލްސާ މިރޭ ތިމަރަފުށީގައި ބޭއްވާނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް