Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮބީ މަރާލި މައްސަލަ

ބޮބީގެ މަރު: ކުޑަކުއްޖާ މަރަން ތާއިދު ކޮށްދިނުމަށް ސުޕްރީމް ކޯޓުގައި ދައުލަތުން އެދެފި

6 އޯގަސްޓު 2018 | ހޯމަ 13:12

ބޮބީ މަރާލިކަން ދެ ކުއްޖެއްގެ މައްޗަށް ސާބިތުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 6 އޯގަސްޓު 2018 | ހޯމަ 13:12
އަބްދުލް މުހީތު (ބޮބީ): އޭނާ މަރާލީ އުމުރުން 22 އަހަރުގައި، ތުހުމަތުތައް 10 މީހަކަށް

އަބްދުލް މުހީތު (ބޮބީ): އޭނާ މަރާލީ އުމުރުން 22 އަހަރުގައި، ތުހުމަތުތައް 10 މީހަކަށް

ހަށިގަނޑުގެ 20 ތަނަކަށް ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ގ. ވޭރު އަބްދުލް މުހީތު (ބޮބީ) މެރި ކަމަށް ސާބިތުވި ކުޑަކުއްޖާގެ މައްޗަށް ކޮށްފައިވާ މަރުގެ ހުކުމަށް ތާއިދު ކޮށްދިނުމަށް، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.

މީގެ ހަ އަހަރު ކުރިން، 2012 ވަނަ އަހަރު ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ގޯޅި ތެރޭގައި ބޮބީއަށް ހަމަލާދީ މަރައިލި މައްސަލާގައި ހަ މީހަކަށް ދައުވާ އުފުލިއެވެ. އޭގެ ތެރޭގައި ތިން ކުޑަކުދިން ހިމެނެއެވެ. ކުށް ސާބިތުވީ ހަމައެކަނި ދެ ކުއްޖެއްގެ މައްޗަށެވެ. އެއް ކުއްޖަކު މިނިވަން ވެފައިވާއިރު، އެހެން މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަދިވެސް ކުރިއަށް ދަނީ ކްރިމިނަލް ކޯޓުގައެވެ.

Advertisement - newsAdvertisement

ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ފެށީ މަރަން ހުކުމް ކޮށްފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ އިސްތިއުނާފު އަޑުއެހުންތަކެވެ. ކުށް ކުރިއިރު، ކުޑަކުއްޖަކަށް ވިޔަސް، މިހާރު 18 އަހަރު ފުރިފައިވާ އެ ޒުވާނާގެ ފަރާތުން މަރުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އޭނާއަށް ކުރި ހުކުމަކީ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައިވާ ހުކުމަކަށް ނުވާ ކަމަށް ބުނެއެވެ.

ނަމަވެސް ދައުލަތުން އެދުނީ އޭނާ މެރުމަށް ދަށު ކޯޓުން ހުކުމްކޮށް، ހައި ކޯޓުން ތާއިދުކޮށްފައިވާ ހުކުމަށް ސުޕްރީމް ކޯޓު ތަމަހައްޓައި ދިނުމަށެވެ. އަދި ގަސްތުގައި މީހަކު މަރާލިކަން އޭނާގެ ސާބިތު ނުވެއްޖެ ނަމަ، ބޮބީ މަރާލުމުގައި އޭނާ ބައިވެރިވި ކަމަށް ކަނޑައަޅައި އުމުރު ދުވަހަށް [25 އަހަރަށް] ޖަލަލަށްލުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ވަނީ އެދިފައެވެ.

ދަށު ކޯޓުން ކޮށްފައިވާ ހުކުމާ މެދު ޝައްކުތަކެއް އުފައްދައި ދިފާއުގައި ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ވަނީ ކަންތައްތަކެއް ފާހަގަ ކޮށްފައެވެ. އެގޮތުން ކުށް ސާބިތު ކުރުމަށް ހެކިބަސް ދިން ތިން މީހުންގެ ތެރޭގައި އަދުލުވެރި ކަމެއް ނެތް މީހަކު ހެކިބަސް ދީފައިވާ ކަމަށާއި އެގޮތުން މަސްތުވާތަކެތީގެ ކުށް ސާބިތުވެފައިވާ މީހަކު ހެކިބަސް ދީފައިވާ ކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަކީ ފާސިގުން ކަމަށާއި ފާސިގުންގެ ހެކިބަސް ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.

ފާސިގެއް ކަމަށް ބުނާ ހެކިވެރިޔާ ޖުވެނައިލް ކޯޓުގެ ޝަރީއަތަށް ސިއްރުން ހެކިބަސް ދިނުމަށް ފަހު، ހެކިބަހާ މެދު އިންކާރުކޮށް އޭނާ ޖުވެނައިލް ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް ޝަރީއަތަކަށް ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ.

އެކަމާ ގުޅިގެން ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައި ވަނީ އޭނާގެ ނަމުގައި ޖުވެނައިލް ކޯޓަށް ސިޓީއެއް ފޮނުވީ ބިރު ދައްކައިގެން ކަމަށާއި ހެކިވެރިޔާއަށް ބިރު ދެއްކިކަން ހައި ކޯޓުގެ ޝަރީއަތަށް ފުލުހުން ކިޔައިދީފައިވާ ކަމަށެވެ. އެހެންކަމުން އޭނާ ކުރިން ދިން ހެކިބަސް ދެމި އޮންނާނެ ކަމަށް ދައުލަތުން ބުނެއެވެ.

ކުށް ސާބިތު ކުރުމަށް ހެކިބަސް ދިން ތިން މީހުންގެ ތެރެއިން އެކެއްގެ ހެކިބަހާ މެދު ސުވާލު އުފެއްދި ނަމަވެސް، ބޮބީ މަރާލުމުގައި ދެ ކުޑަކުއްޖަކު ބައިވެރިވިކަން ދެ މީހެއްގެ ހެކިބަހުންނާއި ހުށަހަޅާފައިވާ އެހެނިހެން ހެކިތަކުން ސާބިތުވާ ކަމަށެވެ.

އެގޮތުން ބޮބީ މަރާލިކަން ސާބިތު ކުރުމަށް ދައުލަތުން ވަނީ ސީސީޓީވީ ފޫޓޭޖާއި ދައުވާ ލިބޭ މީހުންގެ ފޯން ކޯލް ރިކޯޑިންތަކެއް ދަށު ކޯޓު މަރުހަލާގައި ޝަރީއަތަށް ހުށަހަޅާފައެވެ. އަދި ބޮބީއަށް ހަމަލާދިނުމަށް ފަހު، އޭގެ ތެރެއިން އަނިޔާވި ބައެއް މީހުން، އޭޑީކޭ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދާފައިވާކަން ސާބިތު ކުރުމަށް ވެސް ދައުލަތުން މީގެ ކުރިން ވެސް ވަނީ ހެކިތަކެއް ހުށަހަޅާފައެވެ.

ބޮބީ މަރާލި ކަމުގެ ކުށް ސާބިތުވި ކުޑަކުއްޖާ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ސުޕްރީމް ކޯޓުގެ ޝަރީއަތަށް ހޯމަ ދުވަހު ހާޒިރު ކުރުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ އޭނާއާ ސުވާލުތަކެއް ކުރިމަތިކޮށްފަ އެވެ. އެގޮތުން ކުށުގެ ރެކޯޑެއް އޮވޭތޯ ފަނޑިޔާރަކު ސުވާލު ކުރުމުން އޭނާ ބުނީ މާރާމާރީ ހިންގި ކަމަށާއި އެކަން ޝަރީއަތަށް ވެސް ސާބިތުވި ކަމަށެވެ. ނަމަވެސް އޭނާ މަރާލި ކަމަށް ބުނާ ބޮބީއަކީ ދަންނަ މީހެއް ނޫން ކަމަށް އެ ޒުވާނާ ބުންޏެވެ.

އޭނާއާ އެކު މަރަން ހުކުމް ކުރި އަނެއް ކުއްޖާއަށް ކުރި މަރުގެ ހުކުމް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވާތީ ފަނޑިޔާރުން ހޯމަ ދުވަހު ވަނީ ދައުލަތާ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. އެގޮތުން މަރުގެ މައްސަލަތައް އިސްތިއުނާފު ކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ސާކިއުލާއެއް ނެރެފައިވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން ބުންޏެވެ.

އެކަމާ ގުޅިގެން ދައުލަތުން ބުނީ އެކަން ހިނގާފައިވާ ގޮތް ބަލައި، ދެން އޮންނަ ޝަރީއަތެއްގައި އެކަން ސާފުކޮށްދޭނެ ކަމަށެވެ.

ބޮބީ މަރާލާފައި ވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާއަށް ދިން ހަމަލާތަކުގައި ހަށިގަނޑުގެ 20 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ. ދިހަ މީހަކު ވެގެން އޭނާއަށް ދިން ހަމަލާތަކުގައި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ބޮލުން ބައެއް ވަކިވި ކަމަށް ވެއެވެ.

ބޮބީގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ކުޑަކުއްޖާގެ މައްޗަށް ސުޕްރީމް ކޯޓުން ހިންގާ ޝަރީއަތަކީ ބޮބީގެ މަރާ ގުޅިގެން ދައުވާ ލިބޭ މީހަކަށް ޝަރުއީ އެންމެ ފަހު މަރުހަލާގައި ކުރިއަށްދާ ހަމައެކަނި މައްސަލައެވެ. އަދި އެ މައްސަލައަކީ ކުޑަކުއްޖެއްގެ މައްޗަށް ކުރި މަރުގެ ހުކުމަކާ ގުޅިގެން، ސުޕްރީމް ކޯޓުގައި ހިންގާ ފުރަތަމަ ޝަރީއަތެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް