Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޯލްޑިވްސް އިންލަންޑް ރެވެނިއު

މީރާ ހަމައަކަށް އަޅުވާނެ ކަމަށް އިބޫ ވިދާޅުވުމުން، ޔަޒީދު ބަހުގެ ހަމަލާތަކެއް

4 އޯގަސްޓު 2018 | ހޮނިހިރު 08:14

އިބޫ ވިދާޅުވެފައި ވަނީ މީރާ ބިރުގަންނަ ތަނަކަށް ވެގެން ނުވާނެ ކަމަށް

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 4 އޯގަސްޓު 2018 | ހޮނިހިރު 08:14
ޔަޒީދާއި އިބޫ: އިބޫއަށް ޔަޒީދު ފާޑުވިދާޅުވީ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން

ޔަޒީދާއި އިބޫ: އިބޫއަށް ޔަޒީދު ފާޑުވިދާޅުވީ ޓެކްސްގެ ނިޒާމު ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވެ، ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެެއްގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނަކަށް ވެގެން ނުދާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވުމުން، ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު އެމަނިކުފާނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފިއެވެ.

މީރާއަށް އަށް އަހަރު ފުރުމުގެ މުނާސަބަތުގައި ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔަޒީރު ވިދާޅުވީ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރަން އުޅޭ ބަޔަކު މީރާގެ ތަސައްވުރު ހުތުރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ޖީއެސްޓީގެ ސަބަބުން ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުންދާ ކަމަށް ބަޔަކު ބުނަމުންދާ ކަމަށާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ސަބަބުން ކުދި ވިޔަފާރިތައް ހީނަރުވަމުންދާ ކަމަށް ވެސް ބުނަމުންދާ ކަމަށް ޔަޒީދު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ގަވާއިދުތައް ހަދަހަދައިގެން ކުދި ވިޔަފާރިތައް ޖޫރިމަނާ ކުރަމުންދާ ކަމަށް ބަޔަކު ބުނަމުންދާއިރު، އެ ގަވާއިދުތަކަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކެެއް ކަމަށެވެ. އަދި ފާޑުކިޔާ ފަރާތްތަކަށް އެކަން ނޭނގެެނީ ކީއްވެގެންތޯ ވިދާޅުވެ، ޔަޒީދު ވަނީ ސުވާލުތަކެއް ކުރިމަތި ކުރައްވާފައެވެ.

"އަމިއްލަ މަސްލަހަތުތަކެއް ހިމާޔަތް ކުރަން އުޅޭ މަދު ބަޔަކު، މީރާގެ ތަސައްވުރު ހުތުރުކޮށް، ރާއްޖޭގަައި ގާއިމުކޮށްފައިވާ ޓެކްސްގެ ނިމާޒު ހަލާކުކޮށްލުމަށް ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާ ކަމީ އަޅުގަނޑު ވަރަށް ހިތާމަ ކުރާ ކަމެއް. ޖީއެސްޓީގެ ސަބަބުން ކުދި ވިޔަފާރިތައް ބަންގުރޫޓުވަމުންދާ ކަމަށް ބުނަމުންދާއިރު، ޖީއެސްޓީއަކީ މުދަލާއި ހިދުމަތް ހޯދާ ފަރާތްތަކުން އާދެ، އާންމު ރައްޔިތުން ދައްކާ އެއްޗެއްކަން އެބޭފުޅުންނަށް އެނގިވަޑައިނުގަންނަވަނީތޯ؟... ގަވާއިދުތައް ހަދަހަދައިގެން ކުދި ވިޔަފާރިތައް ޖޫރިމަނާ ކުރަމުންދާ ވާހަކަ ދައްކާއިރު، މިއީ ސީދާ ގާނޫނު ހަދާ މަޖިލީހުން ހައްދަވާފައިވާ ޓެކުހުގެ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ޖޫރިމަނާތަކެެއްކަން ހަމަ އެނގިވަޑައިނުގަންނަވަނީތޯ،" ޔަޒީދު ވިދާޅުވިއެވެ.

އިބޫ ވިދާޅުވެފައިވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ޔަޒީދު އެގޮތަށް ވާހަކަފުޅު ދެއްކެވިއިރު، ރާއްޖެއަށް ތައާރަފްކޮށްފައިވާ ޓެކްސްގެ ނިޒާމަކީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖެއަށް ތައާރަފު ކުރި ނިޒާމެކެވެ. އެގޮތުން 17 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި އިގްތިސާދީ ސިޔާސަތުގެ ދަށުން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނެއް ހަދައި މީރާ އުފައްދަވައި، ޓެކްސް އެޕީލް ޓްރައިބިއުނަލް ވެސް އުފެއްދެވިއެވެ. އަދި ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ބީޕީޓީ ނެގުމާ ގުޅޭ ގާނޫނުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ވޯޓުންނެވެ. ޓެކްސާ ގުޅޭ ބިލުތައް މަޖިލީހުން ފާސް ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރިމަތިކުރުވި ފިއްތުންތަކާ އެކުގައި ރައީސް ނަޝީދު ހުށަހެޅުއްވި އިގްތިސާދީ ޕެކޭޖުގައި ހިމެނޭ ޓެކްސްގެ ގާނޫނުތައް މަޖިލީހުން ފާސްކުރިއިރު، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ހުންނެވީ އިބޫއެވެ.

ރައީސް ނަޝީދު މަޖިލީހަށް ހުށަހަޅުއްވައިގެން، ކޮމިޝަނާ ޖެނެރަލްގެ މަގާމަށް 2010 ވަނަ އަހަރު އައްޔަން ކުރެއްވި ޔަޒީދު، އިބޫއަށް ފާޑުވިދާޅުފައި ވަނީ ކެމްޕެއިން ދަތުރުފުޅެއްގައި ބ. އޭދަފުއްޓަށް ވަޑައިގެން އިބޫ ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން ރާއްޖެއަށް ތައާރަފް ކުރި ޓެކްސްގެ ނިޒާމު ސަރުކާރުން ގަޑުބަޑުކޮށް ނާޖާއިޒް ފައިދާ ނަގަމުންދާ ކަމަށެވެ. މީރާއިން ޓެކްސްގެ ނިޒާމު ނުހައްގު ގޮތުގައި ޖޫރިމަނާތަކެއް ކުރަމުންދާ ކަމަށާއި އޭގެ ސަބަބުން މެދުފަންތީގެ ވިޔަފާރިތައް ބަންގުރޫޓުވެ، ރޫޅެމުންދާތަން ފެންނަމުންދާ ކަމަށް އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެންމެ ފުރަތަމަ ހަމަޔަކަށް އަޅުވަންޖެހޭ ތަނަކީ މީރާ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި ޓެކްސް ނިޒާމަށް ގެންނަ ބަދަލުން މީރާއަކީ ވިޔަފާރިވެރިން ބިރުގަންނަ ތަނެއްގެ ގޮތަކު ނޯންނާނެ. މީރާއަށް ބޭނުންހާ ގަވާއިދެއް ހަދައިގެން ވިޔަފާރިވެރިންގެ އަތަކުންނެއް މަޖުބޫރުކޮށްގެނެއް ޖޫރިމަނާތަކެއް ނުކުރެވޭނެ. ރައްޔިތުންގެ އަތުން ނަގަންޖެހޭ ފައިސާއެއް ވެއްޖެއްޔާ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން. އެއީ ގާނޫނުއަސާސީ ދަންނަ އުސޫލަކީ،" ބ. އަތޮޅު ނުވަ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އޭދަފުއްޓަށް ވަޑައިގެން އިބޫ ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ

25 މާރިޗު 2017
އެއްބަސްވުމާ އެއްގޮތަށް ގައުމީ މަސައްކަތުގައި ލީޑަރުން ދެމިތިބޭނެ: އިބޫ
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
23 މާރިޗު 2017

މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް

23 މާރިޗު 2017
މަސީހު ބޭރުކުރެވޭ ހިސާބުން އުފާވެރިކަމާ އެކު ޤައުމުގެ ހުރިހާ ކަމެއް ހަމައަކަށް އެޅެން ފަށާނެ: ޤާސިމް
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
22 މާރިޗު 2017

މީރާ އުފެއްދީ ސިޔާސީ ހަތިޔާރަކަށް ނޫން: ރައީސް ނަޝީދު

22 މާރިޗު 2017
މީރާ އުފެއްދީ ސިޔާސީ ހަތިޔާރަކަށް ނޫން: ރައީސް ނަޝީދު
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
22 ފެބުރުއަރީ 2017

ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ

22 ފެބުރުއަރީ 2017
ސަރުކާރު ޖަވާބުދާރީ ކުރުވަން މަޖިލީހުން ހުރަސް އަޅާ: އިބޫ
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް