Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބުވޭގެ އާއްމު އިންތިހާބު

އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލެއް ނުކުރަން: ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު

3 އޯގަސްޓު 2018 | ހުކުރު 16:20

މިހާރުގެ ރައީސް ވަނީ ވޯޓުގެ 50.8 އިން ސައްތަ ހޯއްދަވާފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 3 އޯގަސްޓު 2018 | ހުކުރު 16:20
އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ނަންގަގްވާ

އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ނަންގަގްވާ

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަަމަށާއި އަދި ނަތީޖާ ހާމަކޮށްފައި ވަނީ "ވެރިފައިކޮށްފައިނުވާ ފޭކް ނަތީޖާތަކެއްގެ މައްޗަށް" ކަމަށް، ޒިމްބާބުވޭގެ އިދިކޮޅު ލީޑަރު ނެލްސަން ޗަމިސާ ވިދާޅުވެއްޖެއެވެ.

ނަންގަގްވާ މިހެން ވިދާޅުވިއަސް، ޒިމްބާބުވޭގެ އިލެކްޓޯރަލް ކޮމިޝަނުން ބުނެފައި ވަނީ ނަތީޖާ ތަކުގައި އެއްވެސް ގޯހެއް ނޫޅޭނެ ކަމަށެވެ. ވޯޓުގެ ނަތީޖާ އަށް ބަލާއިރު، މިހާރުގެ ރައީސް ވަނީ ވޯޓުގެ 50.8 އިންސައްތަ ހޯއްދަވާފައެވެ. އަދި އިދިކޮޅު ކެންޑިޓޭޓް ހޯއްދަވާފައި ވަނީ 44.3 އިންސައްތައެވެ. ދެން ބާކީ އިންސައްތަތައް ހޯއްދެވީ އިންތިޚާބުގައި ބައިވެރިވެވަޑައިގެންނެވި އެހިނިހެން ކެންޑިޑޭޓުންނެވެ.

ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގައި ރައީސް ކަމުގެ މަގާމަށް ބޭފުޅަކު ހޮވުމުގެ އިތުރުން، ގާނޫނު ހަދާ މަޖިލީހަށްވެސް މެމްބަރުން ވަނީ ހޮވާފައެވެ. އެގޮތުން އެންމެ ގިނަ ގޮނޑި ހޯއްދެވީ މިހާރުގެ ރައީސް، އެމެސަން ނަންގަގްވާގެ ޕާޓީއަށް ނިސްބަތްވެވަޑައިގެންނަވާ މެމްބަރުންނެވެ. އެގޮތުން ޒާނޫ-ޕީއެފް ވަނީ 144 ގޮނޑި ހޯއްދެވިއެވެ. ދެން އެންމެ ގިނަ ގޮނޑި ހޯދީ ހަތް ޕާޓީގެ މައްޗަށް އެކުލެވޭ އެމް.ޑީ.ސީ އެލެޔަންސް އެވެ. އަދި އެއް ގޮނޑި، ކުރީގެ ރައީސް ރޮބަޓް މުގާބޭ އަށް ވަފާތެރި ފަރާތްތަކުން އުފައްދަވާފައިވާ ނެޝެނަލް ޕެޓްރިއޮޓިކް ފްރަންޓް އިންނެވެ.

އާއްމު އިންތިޚާބު ކާމިޔާބު ކުރެއްވި މިހާރުގެ ރައީސް ނަންގަގްވާ ޓްވިޓާ މެދުވެރިކޮށް ވިދާޅުވެފައި ވަނީ ހޯމަ ދުވަހު ޒިމްބާބުވޭގައި ނެގި ވޯޓަކީ "ގައުމަށް އާ ފެށުމެއް" ގެނެސް ރައްޔިތުން އެއްބައި ކުރުވި އިންތިޚާބެއް ކަމަށެވެ.

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އާއްމު އިންތިޚާބަކީ ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި ފުރަތަމަ އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށް ވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައި ވަނީ 70 އިންސައްތަ މީހުންނެވެ.

ޒިމްބާބުވޭގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާނު ވަކިކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފެށުމާ އެކު، ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ފޮނުއްވި ސިޓީފުޅެއް މެދުވެރިކުރައްވައެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާ މުގާބޭ ހަވާލުވެވަޑައިގެންފައި ވަނީ 1980 ވަނަ އަހަރުއެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށް ފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާ މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

05 ޖޫން 2017

ލަންޑަންގައި ދިން ހަމަލާ: ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފި

05 ޖޫން 2017
ލަންޑަންގައި ދިން ހަމަލާ: ދެމީހެއްގެ ނަން ފުލުހުން އާއްމުކޮށްފި
30 މެއި 2017

މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި

30 މެއި 2017
މެންޗެސްޓަރ ހަމަލާ: ހަމަލާދިން މީހާގެ އިތުރު ފޮޓޯއެއް އާއްމުކޮށްފި
25 މެއި 2017

މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި

25 މެއި 2017
މެންޗެސްޓަރގެ ހަމަލާ: އިންޓެލިޖެންސް މައުލޫމާތު އެމެރިކާއާ ހިއްސާނުކުރަން އިނގިރޭސިވިލާތުން ނިންމައިފި
20 މެއި 2017

އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް

20 މެއި 2017
އުތުރު ކޮރެއާ އަށް އަސްކަރީ ފިޔަވަޅު އަޅައިފި ނަމަ ނަތީޖާ ހިތިވާނެ: ޖޭމްސް މެޓިސް
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
03 އެޕްރީލު 2017

އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި

03 އެޕްރީލު 2017
އިކުއެޑޯގެ ރިޔާސީ އިންޚާބުގެ ނަތީޖާ އަޅޮވާލާފައިވާ އިދިކޮޅު ފަރާތްތަކުން ބުނެފި
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް