Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ހުތުބާ

ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށި ބަދަލު ކުރުމަށް ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރަންޖެހޭ: ޚުތުބާ

އީމާންކަން ބަލިކަށިވެފައިވާ މިޒަމާނުގައި މާތްﷲ އަށް ވަކީލުކުރުމާއެކު އިމާންކަން ހަރުދަނާ ކުރަން ޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 އޯގަސްޓު 2018 | ހުކުރު 12:30
މިއަދުގެ ހުކުރު ޚުތުބާ އިއްވީ ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް

މިއަދުގެ ހުކުރު ޚުތުބާ އިއްވީ ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް

ރީތި އަޚްލާގު ބަލައިގަނެވޭ މިންގަނޑުތައް ބަދަލުވެ އިޖުތިމާއީ ބަލިތަކާއި ނަފްސާނީ ބަލިތައް ފެތުރިފައިވާ މިވެށިން، ޙައްޖުން ލިބޭ ފިލާވަޅު ލިބިގަނެ އަމަލުތައް އިސްލާހު ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައްވައިފިއެވެ.

ޙައްޖުގެ ފިލާވަޅުތަކުގެ ތެރެއިން މިމައުޟޫއަށް އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ޙައްޖާ ގުޅިފައިވާ ކަންކަމުން ފިލާވަޅު ލިބިގަނެ އީމާންކަން ބަލިކަށިވެފައިވާ މިޒަމާނުގައި މާތްﷲ އަށް ވަކީލުކުރުމާއެކު އީމާންކަން ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. ރީތި އަޚްލާގު ބަލައިގަނެވޭ މިންގަނޑުތައް ބަދަލުވެފައިވާ ކަމަށާއި، އިޖުތިމާއީ ބަލިތަކާއި ނަފްސާނީ ބަލިތައް ފެތުރިފައިވާ ވެއްޓެއްގައި މިފަދަ ކަންކަމާ މެދު ވިސްނައި ފިކުރުކޮށް ނަފްސުތައް ހެޔޮމަގަށް އަޅުވަންޖެހޭ ކަމަށް ޚުތުބާގައި ބުންޏެވެ.

Advertisement - newsAdvertisement

ޚުތުބާގައި ބުނީ ނުގުޑާފަދަ އަޒުމާއެކު ހައްގު ގޮތުގައި މާތްﷲއަށް ވަކީލުކުރާ ނަމަ އެމީހެއްގެ އެންމެހާ ކަންތައްތައް ހެޔޮކުރައްވާނެ ކަމަށެވެ. ވަކީލުކުރުމުން މިހާގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާނެކަން ފާހަގަކޮށް ޚުތުބާގައި ބުނީ ރިޒްގާ މެދު ފިކުރު ބޮޑުވާން ނުޖެހޭ ކަމަށާއި ރިޒުގުދެއްވާ ފަރާތަކީ މާތްﷲ ކަމަށެވެ.

އެކަނލާގެ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގެވޭ "އޭ މީސްތަކުންނޭވެ! ﷲ ތިޔަބައިމީޙުންނަށް ދެއްވި ނިއުމަތް ހަނދުމަކުރާށެވެ! ﷲ މެނުވީ ތަކެތި ހައްދަވާ އުޑާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގުދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފެހެ، ތިޔަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދަ އަކުން ހެއްޔެވެ؟"

ހުކުރު ޚުތުބާގައި ބުނީ މާތްﷲއަށް ވަކީލު ކުރުމަކީ ހުރިހާ ކަމެއްގައި މާތްﷲއަށް ބަރޯސާވެ އިތުބާރު ކުރުމެވެ. އަދި އެދޭކަންކަން ފުއްދަވައިދެއްވާ ފަރާތަކީ މާތްﷲ ކަމާއި ކަންކަން ހާސިލު ކޮށްދެއްވާނީ ވެސް އެކަލާނގެކަން ހިތުގައި ކަށަވަރުކުރުމެވެ. އެއީ އެކަންކަން ހޯދައިގަތުމަށް ތިމާކުރަންޖެހޭ މަސައްކަތްތައް ކުރުމާއެކުގައެވެ. ސަބަބުތަކައި ހިފައިގެންނެވެ. އަދި އަޅުތަކުންނަކީ އެއްވެސް އާރެއް ބާރެއް ނެތްބައެއްކަން ގަބޫލުކޮށްގެންނެވެ. މާތް ﷲ އަކީ ހުރިހާ ކަމެއް ކުރެއްވުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ކަލާނގެއަށްވާތީއެވެ.

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު