Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބިން މިލްކުކުރުން

ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލު ކުރާނަން: އިބޫ

އެ އިސްލާހަށް އޭރު ވޯޓެއް ނުދެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2018 | ބުރާސްފަތި 17:42
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)

ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގޮތަށް 2015 ވަނަ އަހަރު ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބަދަލު ކުރައްވާނެ ކަމަށާއި އެ އިސްލާހަށް އޭރު ވޯޓު ނުދެއްވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ "ގެޓް ޓު ނޯ އިބޫ" ގެ ނަމުގައި ބޭއްވި ފޯރަމްގައި ޒުވާނުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އިބޫ ވިދާޅުވީ އެ އިސްލާހަކީ ރަނގަޅަށް ގެނެވުނު އިސްލާހެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށާއި ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައި އޭރު ފާސްކޮށްފައި ވަނީ ފްރީ ވިޕެއް ނެރުމަށް ކަމަށެވެ.

Advertisement - newsAdvertisement

އެ އިސްލާހަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ތާއީދު ކުރެއްވިކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އޭރު ބިން މިލްކު ކުރެވޭ އިސްލާހަށް ވޯޓު ނުދެއްވީ "އަމިއްލަ ޟަމީރު އެކަން ޤަބޫލުނުކުރާތީ" ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް 2015 ވަނަ އަހަރުގެ ޖުލައި 21 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން އެ ބިލް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސެއިން މަނިކުއެވެ.

ބިން މިލްކްކުރެވޭ ޤާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރާއްޖެ އިން ބިން ވިއްކާނީ އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އިންވެސްޓެއްކުރާ ބޭރުގެ ފަރާތްތަކަށެވެ. އެ ފަރާތްތަކަށް ވިއްކާ ބިމަކީ އެ އިންވެސްޓަރު އަމިއްލައަށް ރާއްޖޭގެ ފަޅުން ބައެއް ހިއްކުމުން އެތަނެއްގައި ކުރާ އިންވެސްޓްމަންޓަކަށް ޔަގީންކަން ދިނުމަށް ވިއްކާ ބިމެކެވެ.

ރާއްޖެއިން ބިމެއް ވިއްކި ނަމަވެސް އެ ބިން ގަންނަ ފަރާތަކަށް ބިމުގެ މިލްކުވެރިކަމުގެ ހައްގުތައް ދިނުމާ ގުޅިގެން އެ ސަރަހައްދެއްގެ މައްޗަށް އޮތް ރާއްޖޭގެ ސިޔާދަތީ ބާރު ގެއްލިގެން ނުދާނެ ކަމަށް ވެސް އިސްލާހުގައި ވެއެވެ.

ދިވެހިރާއްޖޭގެ ބިން ބިދޭސީންނަށް މިލްކް ކޮށްދިނަސް ދިވެހިން އަޅުވެތިކަމެއްގައި ތިބެން ނުޖެހޭނެ ކަމަށް 2015 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. އަދި ބިދޭސީންނަށް ރާއްޖޭގެ ވަކި ސަރަހައްދުތަކަކުން ބިން މިލްކް ކޮށްދިނަސް ދިވެހިން އުޅެން ބޭނުންވާ ބިން ހުސް ނުވާނެ ކަމަށާއި ކުރިއަށް އޮތް 100 އަހަރަށް ވެސް ދިވެހިން އުޅެން ބޭނުންވާ ބިން އެއްވެސް ދައްޗެއް ނެތި ލިބޭނެ ކަމަށް އޭރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް ގެނެވުނު އިސްލާހަކީ އިގްތިސޯދީ ބަދަލުތައް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށް އޭރު އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު