Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޒިމްބާބުވޭގެ އިންތިޚާބު

އިންތިޚާބަށް ފަހު ޒިންބާބުވޭ ހަމަނުޖެހުމަކަށް

2 އޯގަސްޓު 2018 | ބުރާސްފަތި 05:14

ޒިމްބާބުވޭގައި އިންތިޚާބު ބާއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 2 އޯގަސްޓު 2018 | ބުރާސްފަތި 05:14
އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވުމާއި ގުޅިގެން އުފާ ފާޅު ކުރަނީ. އެކަމާއި ގުޅިގެން  ބައެއް ފަރާތްތަކުން  ވަނީ ހަމަނުޖެހުންތައް ހިންގަން ފަށާފަ

އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވުމާއި ގުޅިގެން އުފާ ފާޅު ކުރަނީ. އެކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހަމަނުޖެހުންތައް ހިންގަން ފަށާފަ

ޒިމްބާބުވޭގައި ހޯމަ ދުވަހު ބޭއްވި އިންތިޚާބު އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވި ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވުމާއި ގުޅިގެން އެގައުމުގައި ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

މުގާބޭއަށް ފަހު އެ ގައުމުގައި ވެރިކަން ކުރައްވާނެ ފަރާތެއް ހޮވުމަށް 38 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި އިންތިޚާބު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ބުނެ އެގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި މިހާތަނަށް ތިން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ވަނީ ބުނެފައެވެ.

މޫވް މެންޓް ފޮރ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ) އިއްތިހާދުން ބުނެފައިވަނީ ވެރިކަންކުރާ ޒަނޫ-ޕީއެފް ޕާޓީއިން ވޯޓް އޮޅުވާލައި، ރައީސް އެމަރސަން ނަންގަގްވާ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށް އިއުލާނު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަސްމީ ނަތީޖާ އިއުލާނުކުރުން ލަސްކުރަމުންދިއުމަކީ ބަލައިގަނެވޭކަމެއް ނޫން ކަމަށެވެ.

ޒިމްބާބުވޭގައި މިފަހަރު ބޭއްވި އިންތިޚާބަކީ ދިގުމުއްދަތެއް ވަންދެން ވެރިކަން ކުރެއްވި ރޮބާޓް މުގާބޭ މިދިޔަ އަހަރު ވެރިކަމުން ދުރުކުރި ފަހުން ބޭއްވި އިންތިޚާބެވެ. އެގައުމުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5 މިލިއަނަށްވުރެ ގިނަ މީހުން ތިބި އިރު ވޯޓު ލާފައިވަނީ 70 ޕަސެންޓް މީހުންނެވެ.

އިދިކޮޅު ކެންޑިޑޭޓު ނެލްސަން ޗެމީސާ ކާމިޔާބު ކުރެއްވިކަމަށް އެމަނިކުފާނު އިއުލާން ކުރެއްވި ނަމަވެސް އެގައުމުގެ އިންތިޚާބާބެހޭ ކޮމިޝަނުން އަދި އެކަން ކަށަވަރުކޮށް ނުދެއެވެ.

ޒިމްބާބުވޭގައި ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވި މުގާބޭ އިސްތިއުފާ ދީފައިވަނީ އެމަނިކުފާނު ވަކި ކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ފެށުމާއެކު، ގާނޫނު ހަދާ މަޖިލީހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގައި ފޮނުވި ސިޓީ އެއް މެދުވެރިކޮށެވެ.

ޒިމްބާބްވޭގެ ފުރަތަމަ ބޮޑުވަޒީރުގެ ގޮތުގައި އެގައުމުގެ ވެރިކަމާއި މުގާބޭ ހަވާލުވެވަޑައިގެންފައިވަނީ 1980 ވަނަ އަހަރު އެވެ. ބޮޑުވަޒީރުގެ މަގާމުގައި ހަތް އަހަރު ހުންނެވުމަށްފަހު، ޒިމްބާބްވޭގެ ރައީސްގެ މަގާމާއި މުގާބޭ ހަވާލުވެވަޑައިގެންނެވީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި

06 އެޕްރީލު 2017
ރަޝިއާ މެޓްރޯގައި ބޮން ގޮއްވާލުމުގެ ހާދިސާގެ ފަހުން ހަ މީހުން ހައްޔަރުކޮށްފި
02 އެޕްރީލު 2017

ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ

02 އެޕްރީލު 2017
ތިން މަހަށްފަހު ބޮބް ޑިލަން ނޮބެލް އިނާމާ ހަވާލުވެއްޖެ
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 މާރިޗު 2017

ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި

23 މާރިޗު 2017
ތިންއަހަރަށްފަހު ދެކުނުކޮރެއާގެ ފެރީ ކަނޑުއަޑިން ނަގައިފި
21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
18 ފެބުރުއަރީ 2017

ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން

18 ފެބުރުއަރީ 2017
ގަބުރެއްގެ ގޮތުގައިވިޔަސް މުގާބޭ އިންތިޚާބަށް ކުރިމަތިލާނެ:އަނބިކަނބަލުން
10 ފެބުރުއަރީ 2017

"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ

10 ފެބުރުއަރީ 2017
"އެއް ޗައިނާ" ސިޔާސަޔަތައް ތާއީދު ކުރައްވާ ކަމަށް އެންމެ ފަހުން ޓްރަމްޕް ވިދާޅުވެއްޖެ
04 ފެބުރުއަރީ 2017

އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި

04 ފެބުރުއަރީ 2017
އިރާނުން އެންމެ ފަހުން ކުރި މިސައިލް ޓެސްޓާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އަޅައިފި
17 ޖެނުއަރީ 2017

ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ

17 ޖެނުއަރީ 2017
ހަނދުގައި އެންމެ ފަހުން ހިނގި އެސްޓްރޮނޯޓް ޖީން 82 އަހަރުގައި ނިޔާވެއްޖެ
14 ޖެނުއަރީ 2017

ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ

14 ޖެނުއަރީ 2017
ވިހެއިތަނުން ވަގަށްނެގި ކުއްޖަކު 18 އަހަރު ފަހުން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް