Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއޫރިދޫ މޯލްޑިވްސް

އަތްފޯރާފަށުގައި މުވާސަލާތީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދޭނަން: ނަޖީބް ޚާން

1 އޯގަސްޓު 2018 | ބުދަ 17:26

އޫރިދޫގެ އަހަރީ ދުވަހަކީ 1 އޮގަސްޓް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 1 އޯގަސްޓު 2018 | ބުދަ 17:26
އުރީދޫގެ 13 ވަނަ އަހަރީ ދުވަސް؛ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް

އުރީދޫގެ 13 ވަނަ އަހަރީ ދުވަސް؛ އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް

އަތްފޯރާފަށުގައި މުވާސަލާތީ ޚިދުމަތްތަކާއި ވަސީލަތްތައް ފޯރުކޮށްދީގެން ރާއްޖޭގައި އޮތް ޑިޖިޓަލް ފަރަގު ކުޑަކުރުމަކީ އަޅުގަނޑުމެންގެ އެއް އަމާޒު ކަމަށް އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.

ސީއީއޯ ނަޖީބް ޚާން މިހެން ވިދާޅުވީ އޫރިދޫއަށް 13 އަހަރު ފުރުމާއި ގުޅިގެން ނެރުއްވި ބަޔާނުގައެެވެ. އަދި ޑިޖިޓަލް ޚިދުމަތްތަކަށް އެންމެހާ ބޭފުޅުން އަހުލުވެރިކޮށް، ޑިޖިޓަލް ދުނިޔޭގެ ފައިދާ ލިބިގަތުމުގެ ފުރުސަތު ދިނުމަށްޓަކައި އުރީދޫ އިން ދަނީ އިންޓަނެޓް ސޭފްޓީ ޕްރޮގްރާމާއި އިސް ރަށްވެހިންނަށް ޑިޖިޓަލް ކަންކަން އުނގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަމުން ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކުރިމަގުގައި ހުރިހާ ކަމެއް ވެސް ވެގެންދާނީ ޑިޖިޓަލްކޮށް ކަމުގައި ދަނެގެން، މި ޓެކްނޮލޮޖީތަކުގެ ބޭނުން ހިފައި، ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މުޖުތަމައު ބާރުވެރި ކުރުމަށް އުރީދޫ އިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މީގެ ތެރޭގައި، ޑިޖިޓަލް ބިޒްނަސްތައް ކުރިއެރުވުމަށް އެހީތެރިވެދޭ ނިރު އެކްސެލެރޭޓަރ ޕްރޮގްރާމް، ޔޫއެންޑީޕީ އާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން ކުރިޔަށްގެންދާ ސްމާރޓް ސިޓީ ޕްރޮޖެކްޓާއި މިޔަހެލި ސޯޝަލް އިނޮވޭޝަން ކޭމްޕް ފަދަ ޑިޖިޓަލް ދުނިޔޭގައި މުޖުތަމައުގެ ފަރުދުން ބާރުވެރިކޮށްދޭ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އަދި ހަމައެހެންމެ އުރީދޫގެ އޮންލައިން އެޑިޔުކޭޝަން ޕްލެޓްފޯމް ކަމަށްވާ އުރީދޫ ސްމާރޓް ކެމްޕަސް އާއި ކުޑަކުދިންގެ މެދުގައި ސްޓެމް މާއްދާތަކަށް އޮތް ޝައުގުވެރިކަން އިތުރު ކުރުމަށް ކޮންމެ އަހަރަކުވެސް ބާއްވާ ސައިޓެކް ފެސްޓިވަލް ފަދަ ތައުލީމީ ހަރަކާތްތައް ވެސް އުރީދޫ އިން ދަނީ ކުރިއަށްގެންދަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އުރީދޫއިން ކުރާ ކޮންމެ ކަމަކީ ވެސް ޑިޖިޓަލައިޒޭޝަންގެ މިސްރާބަށް ކުރެވޭ ކަންކަަމަށްވާއިރު މިދިޔަ އަހަރު އެކަނިވެސް، ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަކަށް ބާރުއަޅާދޭޭ އަދި އުރީދޫ އިން ދުވަހުން ދުވަހަށް ކުރާ މަސައްކަތްތަށް ހަރުދަނާކޮށްދޭ 8 ޕްލެޓްފޯމް އެއް ވަނީ ތަޢާރަފްކޮށްފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި އުރީދޫ އިން ވަނީ އިތުރުވަމުން އަންނަ މުވާސަލާތީ ބޭނުންތަކަށް އެންމެ އެކަށީގެންވާ ގޮތަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، މުޅި ރާއްޖޭއަށް ފެތުރިފައިވާ އަދި އެންމެ ކުރިއަރާފައިވާ 4ޖީ+ ނެޓްވާރކެއް ބިނާ ކުރުމަށް މުހިއްމު އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށް ވިދާޅުވަމުން މި ނެޓްވަރކް މެދުވެރިކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް، ދިރުއުޅުމަށް ފައިދާ ކުރާ ފަދަ ޑިޖިޓަލް ޚިދުމަތްތަށް ބޭނުން ކުރުމުގައި ބޮޑު ފަސޭހަތަކެއް ލިބިގެން ދިޔަ ކަމަށް ނަޖީބް ޚާން ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ އެންމެ ފަހުގެ އަދި އެންމެ ކުރިއަރާފައިވާ ޓެކްނޮލޮޖީ ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީ، އިޖްތިމާއީ އަދި އިގްތިސާދީ އާ ފުރުސަތުތަކަށް މަގުފަހިކޮށްދީގެން ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެކަމުގެ ޔަގީންކަން އުރީދޫގެ ކަސްޓަމަރުންނަށް ނަޖީބް ޚާން އެރުވިއެވެ.

އަދި ރާއްޖޭގެ ޑީޖިޓަލް ދާއިރާގައި، ޑިޖިޓަލް ޓެކްނޮލޮޖީ މެދުވެރިކޮށް މުޖުތަމައުތައް ގުޅުވައިދީ، ކުރިއެރުމަށް ހުރި އާ ފުރުސަތުތައް ފަހިކޮށްދީގެން އުރީދޫއިން ދަނީ ކުރީ ސަފުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރަމުންނެވެ.

އޫރިދޫގެ 13 ވަނަ އަހަރީ ދުވަހުގެ ހެޔޮ އެދުންތައް ރާއްޖެއެމްވީގެ ފަރާތުން އޫރިދޫގެ މެނޭޖްމަންޓާއި މުވައްޒަފުންނަށް އަރިސްކުރަމެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2025

އުރީދޫ މޯލްޑިވްސް – ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ކުރިއެރުވުގައި 20 އަހަރު

10 އެޕްރީލު 2025
އުރީދޫ މޯލްޑިވްސް – ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ކުރިއެރުވުގައި 20 އަހަރު
15 އޯގަސްޓު 2024

ގިނަ ޚިދުމަތްތަކާއި އެކު ރޮސްމެސްކް ފާމަސީ ވިނަރެސް 8ގައި ހުޅުވައިފި

15 އޯގަސްޓު 2024
ގިނަ ޚިދުމަތްތަކާއި އެކު ރޮސްމެސްކް ފާމަސީ ވިނަރެސް 8ގައި ހުޅުވައިފި
27 ސެޕްޓެމްބަރު 2020

ކާގޯ ފެރީއާ އެކު ޕޯޓަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އުމްރާނީ ވަސީލަތްތައް ރަނގަޅުވުން: އެމްއެސްއެސް

27 ސެޕްޓެމްބަރު 2020
ކާގޯ ފެރީއާ އެކު ޕޯޓަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ އުމްރާނީ ވަސީލަތްތައް ރަނގަޅުވުން: އެމްއެސްއެސް
02 އޯގަސްޓު 2017

މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ

02 އޯގަސްޓު 2017
މުވާސަލާތީ ޓެކްނޮލޮޖީ މެދުވެރިކޮށް އާ ތަސައްވުރެއް ގެނެސްދޭނަން: އުރީދޫ ސީއީއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް