Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާނުގެ އިންތިޚާބު

ކޯލިޝަން ސަރުކާރެއް ހިންގުމަށް ގޮނޑި ހަމަކުރެވިއްޖެ: ޕީޓީއައި

31 ޖުލައި 2018 | އަންގާރަ 07:36

މިހާތަނަށް 168 ގޮނޑި ވަނީ ލިބިފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 31 ޖުލައި 2018 | އަންގާރަ 07:36
އިމްރާން ޚާން

އިމްރާން ޚާން

މިމަހުގެ 25 ޕާކިސްތާނުގެ އިންތިޚާބު ކާމިޔާބު ކުރެއްވި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އިމްރާން ޚާނަށް ކޯލިޝަން ސަރުކާރެއް އެކުލާވާލުމަށްޓަކައި މަޖިލީހުގެ ގޮނޑިތައް ހަމަކުރެވިއްޖެކަމަށް ތަހްރީ ކޭ އިންސާފު(ޕީޓީއައި) ޕާޓީން ބުނެފިއެވެ.

އެޕާޓީގެ ސްޕޯކްސް ޕާސަން ފަވާދު ޗައުދަރީ ވިދާޅުވީ އެޕާޓީއަށް މިހާތަނަށް 168 ގޮނޑި ލިބިފައިވާކަމަށެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ ކޯލިޝަން ޕާޓީތަކާއި ބައިމަދު ދަރިކޮޅުތަކަށް ޚާއްސަ ގޮނޑިތަކާއި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކަމަށެވެ. އަދި އިތުރު ގޮނޑިތައް ހޯދުމަށް މިނިވަން ކެންޑިޑޭޓުންނާ މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބު ކާމިޔާބު ކުރެއްވި އިމްރާން ޚާން ނިސްބަތްވާ ޕީޓީއައިއަށް ނިމިދިޔަ އިންތިޚާބުގައި ލިބުނީ 116 ގޮނޑިއެވެ. އެހެން ނަމަވެސް ސަރުކާރެއް އެކުލަވާލުމަށް ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ހޯދައި އެއް ޕާޓީ އަކުން ސަރުކާރެއް އެކުލަވާލުމާޓަކައި 137 ގޮނޑި ބޭނުންވެއެވެ.

ޕާކިސްތާނުގެ އިލެކްޓޯރަލް ކޮމިޝަނުން ހާމަކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު، އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) އިން 16.86 މިލިއަން ވޯޓު ހޯދާފައިވާއިރު، އެ ޕާޓީއާ އެންމެ ގާތުން ވާދަކުރެއްވި، ޖަލުގައި ހުކުމެއްގައި ހުންނެވި ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފްގެ ޕީއެމްއެލް-އެން ޕާޓީ އަށް ލިބިފައި ވަނީ 12.89 މިލިއަން ވޯޓެވެ.

އިމްރާން ޚާން ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ އޯގަސްޓް 11 ގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 2018 ވަނަ އަހަރުގެ އިންތިޚާބުގައި އިމްރާންގެ ސްލޯގަން އަކީ، "އައު ޕާކިސްތާން" އެވެ.

އެންމެ ހިނގާ

1

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2018

އިރާނުގެ މިހާރުގެ ސަރުކާރަކީ ޚުދުމުޚުތާރު އަދި ކޮރަޕްޓް ސަރުކާރެއް: ރައީސް ޓްރަމްޕް

02 ޖެނުއަރީ 2018
އިރާނުގެ މިހާރުގެ ސަރުކާރަކީ ޚުދުމުޚުތާރު އަދި ކޮރަޕްޓް ސަރުކާރެއް: ރައީސް ޓްރަމްޕް
13 ޑިސެމްބަރު 2017

ޓްރަމްޕްގެ ކެނޑިޑޭޓް ބަލިކޮށް 25 އަހަރަށް ފަހު އަލަބަމާގެ ގޮނޑި ޑެމޮކްރޭޓަކަށް

13 ޑިސެމްބަރު 2017
ޓްރަމްޕްގެ ކެނޑިޑޭޓް ބަލިކޮށް 25 އަހަރަށް ފަހު އަލަބަމާގެ ގޮނޑި ޑެމޮކްރޭޓަކަށް
07 އޮކްޓޯބަރު 2017

ލަދުގެ ލިސްޓުގައި ހިމެނީ ދޮގު މަޢުލޫމާތަށް ބިނާކޮށް: ސައުދީ ކޯލިޝަން

07 އޮކްޓޯބަރު 2017
ލަދުގެ ލިސްޓުގައި ހިމެނީ ދޮގު މަޢުލޫމާތަށް ބިނާކޮށް: ސައުދީ ކޯލިޝަން
12 ސެޕްޓެމްބަރު 2017

ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު

12 ސެޕްޓެމްބަރު 2017
ފިލްމެއް ހިންގުމަށް ރަނގަޅު ކޮންޓެންޓެއް ބޭނުންވޭ:ފަރްހާން އަޚްތަރު
08 ޖުލައި 2017

ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި

08 ޖުލައި 2017
ޖީ20 ސަމިޓް: ރައީސް ޓްރަމްޕްގެ ގޮނޑިކޮޅުގައި އަންހެން ދަރިކަނބަލުން އިށީންނަވައިފި
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
03 ޖޫން 2017

އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު

03 ޖޫން 2017
 އައިއެސް ހަނގުރާމަ ފެށިފަހުން ކޯލިޝަންގެ ހަމަލާތަކުގައި އާމުންގެ 484 މަރު
29 މާރިޗު 2017

މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ

29 މާރިޗު 2017
މޫސަލްގައި ގިނަ އަދަދެއްގެ އާއްމުން މަރުވި ހަމަލާގައި ކޯލިޝަންގެ ދައުރެއް އޮވެދާނެ:އެމެރިކާގެ ކޮމާންޑަރ
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް