Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާނުގެ ހަމަނުޖެހުން

އިރާނުގެ މިހާރުގެ ސަރުކާރަކީ ޚުދުމުޚުތާރު އަދި ކޮރަޕްޓް ސަރުކާރެއް: ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް ގެންދަވަނީ އިރާނުގެ ހާލަތާ ބެހޭ ގޮތުން ތަކުރާރުކޮށް ބަސްފުޅު ވިދާޅުވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 2 ޖެނުއަރީ 2018 | އަންގާރަ 18:06
ރައީސް ޓްރަމްޕް

ރައީސް ޓްރަމްޕް

އިރާނުގެ މިހާރުގެ ސަރުކާރަކީ "ޚުދުމުޚުތާރު" އަދި "ކޮރަޕްޓް" ސަރުކާރެއް ކަމަށާއި އަދި އިރާނުގެ މުޒާހަރާތައް ކުރިއަށްދާ ގޮތް އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް އަންގާރަ ދުވަހު އިރާނަށް އަނެއްކާ ވެސް އިންޒާރު ދެއްވައިފިއެވެ.

ރައީސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ "ޚުދުމުޚުތާރު އަދި ކޮރަޕްޓް ވެރިކަމާ ދެކޮޅަށް އެންމެ ފަހުން ރައްޔިތުން ނިކުމެއްޖެ" ކަމަށެވެ. އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ އެކުލަވާލެވުނު އިރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އިޝާރާތް ކުރައްވައި ރައީސް ޓްރަމްޕް ވިދާޅުވީ "އޮބާމާ މޮޔަފުޅުހާލުގައި އިރާނަށް ދެއްވި ފައިސާ ދިޔައީ އިރާނުގެ ވެރިންގެ ޖީބަށާއި އަދި ޓެރަރިޒަމަށް ޚަރަދު ކުރުމުގައި ކަމަށެވެ."

ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ އިރާނުގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ކާބޯތަކެތި ނެތް ކަމަށާއި، ގައުމުގައި އިންފްލޭޝަން ހުރީ ވަރަށް މަތީގައި ކަމަށާއި އަދި އިންސާނީ ހައްގުތައް ގައުމުގައި ނެތް ކަމަށެވެ. އަދި ގައުމުގެ ހާލަތު އެމެރިކާ އިން ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.

އިރާނުގެ މުޒާހަރާތަކާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް ހޯމަ ދުވަހު ވިދާޅުވީ އިރާނުން ދަނީ "ކޮންމެ ހަރުފަތަކުން ފެއިލްވަމުން ކަމަށާއި މިއީ އިރާނަށް ބަދަލު އަންނަންވީ ވަގުތު ކަމަށެވެ.

އިރާނުގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ އެކި ސިޓީތަކުގައި ބޮޑެތި މުޒާހަރާތައް ކުރެވެމުންދާއިރު، ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ރަސްމީ ވެބްސައިޓުގައި އަންގާރަ ދުވަހު އެމަނިކުފާނު ވިދާޅުވީ "މި ހިނގަމުންދާ ދުވަސްތަކުގައި އިރާނުގެ ދުޝްމަނުން ގައުމުގައި ހަމަނުޖެހުން އުފައްދަން އެކި އާލަތްތައް ބޭނުން ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި ފައިސާ، ހަތިޔާރު، ސިޔާސީ އެކި އުކުޅުތަކާއި އަދި ޖާސޫސީ އާލަތްތައް ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް ޚާމަނާއީ ވިދާޅުވީ މިހާރު އިރާނުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން "ރަނގަޅު ވަގުތުގައި" ގައުމުގައި މުޚާތަބު ކުރައްވާނެ ކަމަށެވެ.

ބުރާސްފަތި ދުވަހު ކުރަން ފެށި މުޒާހަރާތައް ކުރަން ފަށާފައި ވަނީ ގައުމުގެ ކޮރަޕްޝަނުގެ ހާލަތާ ގުޅިގެންނާއި އަދި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުންނެވެ.

ތަކެއްޗާއި ހިދުމަތުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ފެށި މުޒާހަރާތައް ފުޅާވެ، ސިޔާސީ މުޒާހަރާތަކަކަށް ބަދަލުވެފައިވާއިރު، މުޒާހަރާގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން ރައީސް ހަސަން ރޫހާނީގެ އިސްތިއުފާ އަށް ވެސް ދަނީ ގޮވަމުންނެވެ. މީގެ އިތުރުން ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށާއި، ފުލުހުންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވާލަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އީރާނުގެ ސަރުކާރުން ކުރަން ނުޖެހޭ ޚަރަދުތައް ކުރަމުންދާ ކަމަށެވެ.

އިތުރަށް ކިޔާލަން

18 ޖުލައި 2017

އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

18 ޖުލައި 2017
އިރާނުގެ ރައީސް ރޫހާނީގެ ކޮއްކޯފުޅު ކަފާލާތުގެ ދަށުން ދޫކޮށްލައިފި
09 ޖުލައި 2017

ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!

09 ޖުލައި 2017
ވެނިޒުއޭލާގެ ޚުދުމުޚުތާރު ވެރިކަމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ މުޒާހަރާއަށް 100 ދުވަސް!
21 ޖޫން 2017

ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި

21 ޖޫން 2017
ސައުދީގެ މިހާރުގެ ވަލީ އަހްދު މަގާމުން ދުރުކޮށް، ރަސްގެފާނުގެ ދަރިކަލުން މުހައްމަދު އެ މަގާމަށް އައްޔަން ކުރައްވައިފި
20 ޖޫން 2017

އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި

20 ޖޫން 2017
އިރާނުގެ ސިފައިންކަމަށް ބެލެވޭ ބަޔަކު ސައުދީން ހައްޔަރުކޮށްފި
12 ޖޫން 2017

ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް

12 ޖޫން 2017
ފްރާންސް އިންތިހާބު: މިހާރުގެ ރައީސް މެކްރޮންގެ ޕާޓީ އަށް ބޮޑު ކާމިޔާބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު