Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ ކޯޅުން

ބޮޑު ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

އިމިގްރޭޝަން ސިސްޓަމް ވަނީ ބޮޑު ތަނުން ފެއިލްވެފައި

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 30 ޖުލައި 2018 | ހޯމަ 10:47
ޓުރަމްޕް އާންމުންނާ މުޚާތަބްކޮށް ބޮޑު ފާރާއި ބެހޭ ވާހަކަ ދައްކަަވަނީ

ޓުރަމްޕް އާންމުންނާ މުޚާތަބްކޮށް ބޮޑު ފާރާއި ބެހޭ ވާހަކަ ދައްކަަވަނީ

މެކްސިކޯއާއި އެމެރިކާއާއި ދެމެދުގައި އަޅާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ވައުދުވި 25 ބިލިއަން ޑޮލަރުގެ ފާރު ރާނަން ބަޖެޓް ނުދީފިނަމަ ސަރުކާރު ހުއްޓުވާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ އެމެރިކާގެ އިމިގްރޭޝަން ސިސްޓަމްވަނީ ބޮޑު ތަނުން ފެއިލްވެފައި ކަމަށާއި އެކަން ރަގަނޅު ކުރަންވީ ވަގުތު އައިސް ޖެހިއްޖެ ކަމަށެވެ. އެ ފާރުގެ ސަބަބުން މެކްސިކޯގެ މަގުން ގަވާއިދާ ޚިލާފަށް އެމެރިކާއަށް އެތެރެވާ މީހުން ހުއްޓުވޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެ ފާރު ރޭނުމަށާއި އިމިގްރޭޝަން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޚަރަދު ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅައިފައިވާ ބަޖެޓު ފާސް ކުރުމަށް ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީއަށް ވޯޓު ކާމިޔާބުކުރުމަށް ބޭނުންވާ އަގުލަބިއްޔަތު ނެތުމުން އިދިކޮޅު ޕާޓީތަކުގެ އެއްބާރުލުން ލިބިގެން ނޫނީ ބަޖެޓް ވަނީ ފާސް ކުރެވޭގޮތް ނުވެފައެވެ.

ޓްރަމްޕް ވަނީ އިދިކޮޅު ޕާޓީތަކުން އިމިގްރޭޝަންގެ ބިލް، ފާރުވެސް ހިމެނޭގޮތަށް ފާސް ކުރަން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. ޚާއްސަކޮށް އިދިކޮޅުގެ އެންމެ ބޮޑު ޕާޓީ، ޑިމޮކްރެޓިކް ޕާޓީން އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ. ޑިމޮކްރެޓިކް ޕާޓީން އިމިގްރޭޝަނުގެ ބަޖެޓު ފާސް ކުރުމަށް ތާއީދު ނުކުރާނަމަ ސަރުކާރު ހިންގަން ބޭނުންވާ އެހެން ބަޖެޓްތައް ފާސް ކުރުމަށް ނަގާ ވޯޓުތަކުގައި ރިޕަބްލިކަން ޕާޓީން ބައިވެރި ނުވާނެކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރުމުގައި އެއްވެސް ލަސް ކަމެއް އައިސްފިނަމަ ސެޕްޓަމްބަރު މަސް ނިމޭއިރަށް އިދާރާތްތައް ހިންގުމަށް ނުކުޅެދޭނެއެވެ.

ޓްރަމްޕް ވަނީ މި އަހަރުގެ ކުރީކޮޅު ވެސް އިމިގްރޭޝަން ކަންތައް ހައްދުން ނައްޓައިފައިވާ ކަމަށް ވިދާޅުވެ ދެ ފަހަރެއްގެ މަތިން ސަރުކާރު ހުއްޓުވާނެ ކަމަށް ބުނެފައެވެ. ފައިސާ ހުސްވެގެން އޮކްޓޯބަރު މަހު ސަރުކާރުގެ ހުއްޓިއްޖެނަމަ އެކަން ވެގެންދާނީ ގާނޫނު ހަދާ މަޖްލީހަށް މެމްބަރުން އައްޔަން ކުރުމުގެ އެއް މަސް ކުރިން ހިނގާނެ ކަމަކަށެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖްލީހުގެ މެމްބަރުންގެ އިންތިޚާބު ދެ އަހަރުން އެއް އަހަރުން ބާއްވައެވެ. އަދި އިންތިޚާބު އޮންނަނީ ނޮވެމްބަރު މަހުއެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
02 ފެބުރުއަރީ 2017

އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި

02 ފެބުރުއަރީ 2017
އިސްރާއީލުން ހުޅަނގު އައްސޭރީގައި އާބާދުވުމާ މެދު އީ.ޔޫ އިން ކަންބޮޑުވުން ފާޅުކޮށްފި
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
28 ޖެނުއަރީ 2017

ފާރު ނުރޭނުމަށް ބަރލިންގެ މޭޔަރު ގޮވާލައްވައިފި

28 ޖެނުއަރީ 2017
ފާރު ނުރޭނުމަށް ބަރލިންގެ މޭޔަރު ގޮވާލައްވައިފި
28 ޖެނުއަރީ 2017

ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި

28 ޖެނުއަރީ 2017
ޑޮނަލްޑް ޓްރަމްޕް ޔޫކޭ ބޮޑުވަޒީރު މޭ އާ ބައްދަލުކޮށްފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު