Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓްވިޓަރގެ ހިއްސާގެ އަގުތައް

ޓްވިޓަރގެ ހިއްސާގެ އަގުވެސް ދަށަށް!

28 ޖުލައި 2018 | ހޮނިހިރު 17:13

ހިއްސާގެ އަގުން 20 އިންސައްތަ ވަނީ ދަށްވެފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 28 ޖުލައި 2018 | ހޮނިހިރު 17:13
ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މާބޮޑަށް އިތުރެއް ނުވޭ

ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މާބޮޑަށް އިތުރެއް ނުވޭ

ފޭސްބުކް ކުންފުނީގެ އަގުން އެއް ދުވަހުގެތެރޭގައި އެތައް ބިލިއަން އެމެރިކާ ޑޮލަރެއް ދަށްވެފައި ވަނިކޮށް، ސޯޝަލް މީޑިއާގެ ޕްލެޓްފޯރމް ޓްވިޓަރގެ ހިއްސާގެ އަގުވެސް ދަށަށް ގޮސްފިއެވެ.

ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު މަދުވުމާއި ގުޅިގެން މިއައި ބަދަލާއިއެކު، ޓްވިޓަރގެ ހިއްސާގެ އަގުން 20 އިންސައްތަ ދަށްވެފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރ ނިމުނުއިރު ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު ވަނީ 335 މިލިއަނަށް ދަށްވެފައެވެ. މިއަދަދު ދަށްވި އެންމެ މައިގަނޑު އެއް ސަބަބަކީ ޓްވިޓަރގައި އޮޕަރޭޓްކުރާ ގިނަ އަދަދެއްގެ ފޭކް އެކައުންޓައް ޑިލީޓްކުރުމަށް ޓްވިޓަރގެ ސީއީއޯ. ޖެކް ޑޯސޭ ނިންމުމުންނެވެ. މިދިޔަ ދެތިން މަހުގެ ތެރޭގައި އެތައް ލައްކަ ފޭކް ޓްވިޓަރ އެކައުންޓްތައް ވަނީ ޑިލީޓްކޮށްފައެވެ.

ހިއްސާގެ އަގު 35 ޑޮލަރަށް ވެއްޓުނު ނަމަވެސް، ނިމިދިޔަ ކުއާރޓަރ ގައި ޓްވިޓަރ އިން ވަނީ ރެކޯޑް ޢަދަދަކަށް ފައިދާ ހޯދާފައެވެ. އެގޮތުން ހީކުރި މިންވަރަށްވުރެ ވިޔަފާރި ރަނގަޅުވެ، ސޭލްސް 711 މިލިއަން ޑޮލަރަށް އެކުއާރޓަރގައި އެރިއިރު، 100 މިލިއަން ޑޮލަރު ފައިދާވެފައި ވެއެވެ.

ޓްވިޓަރގެ ހިއްސާގެ އަގު ދަށްވެފައި ވާ މި ދަނޑިވަޅަކީ ޓެކްނޮލޮޖީގެ ދާއިރާގެ ކުންފުނިތަކަށް ޑޭޓާ ޕްރައިވަސީ އާއި ފޭކް ޚަބަރުގެ މައްސަލައިގައި އިންވެސްޓަރުންގެ ޝަކުވާގެ މައްސަލަ ކުރިމަތިވެފައިވާ ދުވަސްވަރެކެވެ. އަދި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބޭނުންކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ޖެކް ޑޯސޭ ބުނީ ނުރަނގަޅު ކޮންޓެންޓާއި ނުރަނގަޅު އަމަލުތައް ހުއްޓުވުމަށް ޓްވިޓަރއިން މެޝިން ލަރނިން ބޭނުންކުރާ ޓޫލްތަކެއް ބޭނުން ކޮށްފައިވާކަމަށެވެ. އަދި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ހިނގާ ނުރަނގަޅު ކަންކަން ހުއްޓުވުމަކީ ހުއްޓާނުލައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދާއި، އެޕްލެޓްފޯމް ބޭނުންކުރުން ނިމިދިޔަ ވާރލްޑްކަޕްގައި އިތުރުވި ކަމަށް އެކުންފުނިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރާއި އަޅާ ބަލާއިރު އެދުވަސްވަރު ޓްވިޓަރ ބޭނުންކުރި މީހުންގެ އަަދަދު 11 އިންސައްތަ އިތުރުވި ކަމަށް ޖެކް ޑޯސޭ ބުންޏެވެ. އަދި އެދުވަސްވަރު އެކުންފުންޏަށް 30 މިލިއަން ޑޮލަރު ފައިދާވިކަމަށް އޭނާ ބުންޏެވެ.

އިންތިޚާބުތަކާއި، ކުޅިވަރު މުބާރާތްތަކުގެ އިތުރުން ސަރަހައްދީ އެކިއެކި އިވެންޓްތަކާއި ގުޅިގެން ޓްވިޓަރ ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

22 އޯގަސްޓު 2017

އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

22 އޯގަސްޓު 2017
އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
17 ޖޫން 2017

ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ

17 ޖޫން 2017
ކަރާގެ އަގު އިތުރަށް މައްޗަށް، މަހުގެ އަގުވެސް އުފުލިއްޖެ
11 ޖޫން 2017

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި
10 ޖޫން 2017

ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް

10 ޖޫން 2017
ފަތުގެ އަގު މައްޗަށް، ކަނޑު މަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
08 ޖޫން 2017

ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!

08 ޖޫން 2017
ކަނޑުމަހުގެ އަގު ވަރަށް ބޮޑުތަން ދަށަށް ހިނގައްޖެ!
05 ޖޫން 2017

ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި

05 ޖޫން 2017
ވަޅޯ މަހުގެ އަގު ދަށަށް ޖެހިލައިފި
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
06 ޖެނުއަރީ 2017

މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!

06 ޖެނުއަރީ 2017
މަސް އެކްސްޕޯޓްކުރި މިންވަރު 50 ޕަސެންޓް ދަށަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް