Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ޕްރިޔަންކާ 'ބާރަތު' ދޫކޮށްލުމަކީ އަންޕޮރޮފެޝަނަލް ކަމެއް!

28 ޖުލައި 2018 | ހޮނިހިރު 09:49

އެންގޭޖްމަންޓާ ގުޅިގެން ފިލްމް ދޫކޮށްލި ވާހަކަ ބުނެފައިވޭ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 28 ޖުލައި 2018 | ހޮނިހިރު 09:49
ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްޅާ ޝޫޓް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ބާރަތު" ދޫކޮށްލުމުން ފިލްމްގެ ޕްރޮޑިއުސަރުން ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ފިލްމްގެ ޑައިރެކްޓަރ އަލީ އައްބާސް ޒަފަރު ޕްރިޔަންކާއަށް ހެޔޮއެދުން ފާޅުކޮށް ޓްވީޓްކުރި ނަމަވެސް "ބާރަތު" ގެ މުޅި ޓީމުން ޕްރިޔަންކާ އާއި ނިކް ޖޯނަސްގެ އެންގޭޖްމަންޓް ފާހަގަ ކުރަން ބޭނުމެއް ނުވެއެވެ.

ޒަފަރު ކޮށްފައިވާ ޓްވީޓުއްގައި ވަނީ ޕްރިޔަންކާ މި ފިލްމް ނުކުޅެ، ދޫކޮށްލާފައި ވަނީ "ވަރަށް ވަރަށް ޚާއްސަ ސަބަބަކާ ހުރެ" ކަމަށާއި ޕްރިޔަންކާ އެވާހަކަ ބުނެފައި ވަނީ އެންމެ ފަހު ވަގުތު ކަމަށެވެ. އަދި އެންމެން ވެސް ޕްރިޔަންކާއަށްޓަކައި ވަރަށް އުފާވާ ކަމަށް ޒަފަރު ވަނީ ބުނެފައެވެ. 'ބާރަތު'ގެ ޓީމުން ޕްރިޔަންކާ އަށް އުފާވެރި ދިރިއުޅުމަކަށް އެދޭ ކަމަށް ވެސް ޒަފަރުގެ ޓްވީޓްގައި ވެއެވެ.

ޕްރިޔަންކާގެ މި ކުއްލި ނިންމުމާ މެދު ހިތްހަމަނުޖެހި ފިލްމްގެ ޕްރޮޑިއުސަރ އަތުލް އަގްނިހޯތްރީގެ "ރީލް ލައިފް ޕްރޮޑަކްޝަންސް" ގެ ސީއީއޯ ނިކިލް ނަމިތު ބުނެފައި ވަނީ ޕްރިޔަންކާގެ މި ނިންމުމަކީ އަންޕްރޮފެޝަނަލް ނިންމުމެއް ކަމަށެވެ.

"މިޑް ޑޭ" އަށް ނިކިލް ބުނެފައި ވަނީ މީގެ ދެ ދުވަސް ކުރިން ޕްރިޔަންކާ އޭނާގެ އެންގޭޖްމަންޓާ ގުޅިގެން ފިލްމް ދޫކޮށްލި ވާހަކަ ބުނެފައިވާ ކަމަށެވެ. ކުއްލިއަކަށް އެގޮތަށް ނިންމުމަކީ އަންޕްރޮފެޝަނަލް ކަމެއް ކަމަށް ނިކިލް ވަނީ ބުނެފައެވެ.

އެހެން އިންޓަވިއުއެއްގައި ނިކިލް ބުނެފައި ވަނީ ޕްރިންކާ މި ފިލްމް ދޫކޮށްލީ ފިލްމުގައި އަދާކުރަންޖެހޭ ރޯލް ކުޑަކަމުން ކަމަށް އަޑުފެތުރިފައިވާތީ އެކަން ސާފުކޮށްދީފައިވާ ކަމަށެވެ. އަދި މީހާތަނަށް ޕްރިޔަންކާގެ ސްކްރީން ޓެސްޓެއް އަދި ލުކް ޓެސްޓެއް ވެސް ހަދާފައި ނުވާ ކަމަށާއި އެކަންކަން ކުރުމަށް ރާވާފައި އޮތީ އަންނަ އޮގަސްޓް މަހުގައި ކަމަށެވެ.

ފިލްމުގެ ޝޫޓިންތައް ފަށާފައި ވެސް ނުވާ ކަމަށާއި ޝެޑިއުލް ކޮށްފައިވާ ގޮތުން ޝޫޓިންތައް ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގައި ކަމަށް ނިކިލް ބުންޏެވެ. ޕްރިޔަންކާ ފިލްމް ދޫކޮށްލާފައި ވަނީ ޔަގީނުން ވެސް އޭނާގެ އަމިއްލަ ސަބަބަކާ ހުރެ ކަމަށާއި ފިލްމް ދޫކޮށްލީ ކީއްވެގެންކަން އެންމެ ރަނަގަޅަށް އެނގޭނީ ޕްރިޔަންކާ އަށް ކަމަށް ނިކިލް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހު އަލީ އައްބާސް ޒަފަރު ކޮށްފައިވާ އެހެން ޓްވީޓެއްގައި ވަނީ "ބާރަތު" ގެ ޝޫޓިންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށާއި ފިލްމުގެ ބަތަލާއެއްގެ ރޯލް ކުޅޭނެ ތަރިއެއްގެ ނަން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށެވެ.

ސަލްމާން ޚާންއާ އެކު "ބާރަތު" ގެ ލީޑް ރޯލުން ފެނިގެންދާނެ ބަތަލުންގެ ތެރޭގައި ކެޓްރީނާ ކައިފް އަދި ޖެކްލީން ފެނާންޑޭޒްގެ ނަން ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.

މި ފިލްމް ރިލީޒް ކުރުމަށް ޝެޑިއުލް ކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 29 ގައެވެ. މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ސުނިލް ގްރޯވާ، އަދި ދިޝާ ޕަޓާނީ ހިމެނެއެވެ. މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ޒަފަރު ވަނީ ފުރަތަމަ ފެނިލުން ދައްކާލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

02 މެއި 2017

"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި

02 މެއި 2017
"ބޭވޮޗް"ގެ ޕްރޮމޯޝަން ނިއުޔޯކްގައި ޕްރިޔަންކާ ފަށައިފި
01 މެއި 2017

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ
28 އެޕްރީލު 2017

 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ

28 އެޕްރީލު 2017
 މިއަހަރު ބޮލީވުޑްގައި ކުޅޭނެ ފިލްމުތަކާ ބެހޭ ގޮތުން މިދަނީ މަޝްވަރާ ކުރަމުން: ޕްރިޔަންކާ
22 މާރިޗު 2017

ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް

22 މާރިޗު 2017
ޖޫހީގެ ދަރިން ފިލްމް ކުޅެން ޝައުގުވެރިކަމެއް ނެތް
21 މާރިޗު 2017

ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ

21 މާރިޗު 2017
ޕްރިޔަންކާގެ ބަންޖާބް ފިލްމް ނިއު ޔޯކް އިންޓަނޭޝަންލް ފިލްމް ފެސްޓިވަލް އަށް ހޮވިއްޖެ
20 މާރިޗު 2017

"ސަރްކާރް 3" އިން އެތައް ކަމެއް ދަސްވެއްޖެ: އަމިތު ސާދު

20 މާރިޗު 2017
"ސަރްކާރް 3" އިން އެތައް ކަމެއް ދަސްވެއްޖެ: އަމިތު ސާދު
16 ފެބުރުއަރީ 2017

ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟

16 ފެބުރުއަރީ 2017
ސިދާތް މަލޯތްރާ ޕްރިޔަންކާއަށް ޕްރޮޕޯސްކުރީތަ؟
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
23 ޖެނުއަރީ 2017

ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި

23 ޖެނުއަރީ 2017
ވޮޝިންޓަންގައި ކުރިއަށްދިޔަ "ވިމެންސް މާޗް" އަށް ޕްރިޔަންކާގެ ސަޕޯޓު އޮތްކަން ހާމަކޮށްފި
20 ޖެނުއަރީ 2017

ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ

20 ޖެނުއަރީ 2017
ފިލްމީ ދާއިރާ ކުރިއެރުވުމަށްޓަކައި މާލީ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން: މުހައްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް