Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ތަރައްގީ

ރ. އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދޭ: އުނގޫފާރު ދާއިރާގެ ކައުންސިލަރު

30 ޖުލައި 2018 | ހޯމަ 03:55

އުނގޫފާރުގެ މަގުތަކުގައި ތާރު އެޅުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖުލައި 2018 | ހޯމަ 03:55
އުނގޫފާރުގެ މަގެއް

އުނގޫފާރުގެ މަގެއް

ރ.އަތޮޅުގައި ކުރިއަށްގެންދާ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އުނގޫފާރު ދާއިރާގެ ކައުންސިލަރު ޔޫސުފް ސަލީމު ވިދާޅުވެއްޖެއެވެ.

ދާއިރާގެ ވާހަކަ ޕްރޮގްރާމަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގައި ހިމެނޭ ހުޅުދުއްފާރާއި، މާކުރަތުގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ކަމަށާއި، ރައްޔިތުން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އުނގޫފާރުގެ މަގު ހެދުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށް ދަނީ މަގުތަކަށް ފަސް އެޅުމާއި އެއްވަރު ކުރުމުގެ މަސައްކަތް ކަމަށް ޔޫސުފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުތަކުގެ ޕޭވްމަންޓް ހަދާ ނިމިފައިވާ ކަމަށާއި، މަގުތަކުގައި ވަރަށް އަވަހަށް ތާރު އަޅަން ފަށާނެ ކަމަށެވެ. އަދި ތާރު އެޅުމަށް ބޭނުންވާ ތަކެތި އެރަށަށް ގެނެސްފައިވާ ކަމަށް ޔޫސުފް ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާތާ ދެއަހަރަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ ތަފާތު އެކި ސަބަބުތަކާއި ހުރެ މަގު ހެދުމުގެ މަސައްކަތް ހުއްޓުނު ނަމަވެސް މިހާރު ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި އުންމީދު ކުރަނީ ކައިރި މުސްތަގުބަލެއްގައި މިމަޝްރޫއު ނިމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫސުފް ވިދާޅުވީ އަފްރާޝިމްގެ ހަނދާނުގައި ބިނާ ކުރާ މިސްކިތުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ކުޅިވަރު ކުޅޭ ޒުވާނުންނަށް ޚާއްޞަކުރެވިގެން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރުގެ ފުޓްސަލް ދަނޑު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި، ހުޅުދުއްފާރުގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށެވެ. މީގެ އިތުރުން މިދެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާކުރަތުގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުވާ ލައްވައި ވާހަކަދައްވަމުން ޔޫސުފް ވިދާޅުވީ އެރަށުގައި ޕަބަލިކް ވޯރކްސް ޔުނިޓެއް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފަށާއިފައިވާ ކަމަށެވެ. އަދި އެރަށުގައި އަޅަމުންދާ ފުޓްސަލް ދަނޑު ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށެވެ.

ޔޫސުފް ވިދާޅުވީ އުނގޫފާރު ދާއިރާގެ ރައްޔިތުން މިއަދު އެންމެ ބޭނުން ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ގިނަ ޚިދުމަތްތަކެއް ލިބިގެން ދިއުން ކަމަށެވެ. އެގޮތުން މާލެ ނުގޮސް ބޮޑެތި ބަލިތަކަށް ވެސް ޚިދުމަތް ލިބިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކަށް ބަލާއިރު، ޑައެލިސިސް ހައްދަވާ ބޭފުޅުން. އެބޭފުޅުން އަތޮޅުގައި ތިއްބަވައިގެން ޑައެލިސިސް އެބަ ހެދޭ. އަޅުގަނޑު ބަލަނީ އެއީ ރައްޔިތުންނަށް ލިބިގެން ދިޔަ ލުޔެއް ކަމަށް. މާބަނޑު އަންހެނުން ސްކޭން ކުރުމުގެ ޚިދުމަތް ލިބޭ. ކުދި ކުދި އޮޕްރޭޝަން. ހަމުގެ ބައްޔަށް، ނާރަށް ކަށީގެ ބައްޔަށް ފަރުވާ. ޑޮކްޓަރުން ޗުއްޓީ ނަގައިގެން ދިޔައިމަ ޑޮކްޓަރު ނުލިބުނު ދަތިކަން. ޖާގަ ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކަށް އެބަ ޚިދުމަތްތައް ލިބޭ. މިހާރު ހޮސްޕިޓަލްގެ ޚިދުމަތް ފުޅާ ކުރުމުގެ ގޮތުން ޕްރައިވެޓް ރޫމްތަކެއް ހެދުމަށް ހަވާލުކޮށްފައި." ޔޫސުފް ވިދާޅުވިއެވެ.

އުނގޫފާރުގައި ބިމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި ޔޫސުފް ވިދާޅުވީ އުނގޫފާރުގައި ބިން ހިއްކޭނެ ބޮޑު ސަރަހައްދެއް އެބައޮތް ކަމަށެވެ. އުއްމީދު ކުރަނީ ބިން ހިއްކުމުގެ މަޝްރޫއު ވެސް ކުރިއަށް ގެންދެވި ބިމުގެ ދަތިކަން ހައްލުވެގެން ދިއުން ކަމަށެވެ.

ޔޫސުފް ވިދާޅުވީ ރ. އަތޮޅުގައި ހިންގާ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށާއި، އެމަޝްރޫއުގެ ދަށުން ގިނަ އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް

01 ފެބުރުއަރީ 2017
އަންހެނުންގެ ބާރުވެރިކަމަކީ އެހެން ބަޔަކު އައިސް ވެދުން ކުރާނެ ހަދިޔާއެއް ނޫން: ފާތިމަތު އިބްރާހީމް
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
11 ޖެނުއަރީ 2017

ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް

11 ޖެނުއަރީ 2017
ގަދަބާރުން ވެރިކަން ކުރުމަށްޓަކައި މަގުބޫލު ލީޑަރުންގެ ފަހަތުން އަޅައިގަނެގެން އުޅޭނެ: ޝިފާޒް
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް