Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލީބިއާގެ އެސްކޯބާ

ހައްޔަރު ކުރަން އެތައް ހާސް އަމުރެއް ނެރެފައިވާ ލީބިޔާގެ ރައްޔިތެއް މަރާލައިފި

25 ޖުލައި 2018 | ބުދަ 07:21

ހަމަލާ ބަދަލު ކުރީ ސީރިއާ ބޯޑަރު ކައިރިން

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް | 25 ޖުލައި 2018 | ބުދަ 07:21
ލުބްނާންގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދިޔަ އިސްމާއިލް

ލުބްނާންގެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރަމުންދިޔަ އިސްމާއިލް

އެކިއެކި މައްސަލަތަކުގައި ހައްޔަރުކުރުމަށް ގާތްގަނޑަކަށް ތިން ހާހެއް ހާ ކޯޓު އަމުރު ނެރެފައިވާ ލުބުނާންގެ ރައްޔިތަކު މަރާލައިފިއެވެ.

ހައްޔަރު ކުރަން ބޭނުންވެ އެކި ފަހަރުގެ މަތިން ކޯޓު އަމުރު ނެރިފައިވާ އަލީ ޒާއިދު އިސްމާޢީލް މަރާލާފައި ވަނީ ލުބްނާނާއި ސީރިއާ ގުޅޭ ސަރަހައްދީ ރޮނގުކައިރިންނެވެ. އަދި އެކަން ލުބްނާނުގެ ސިފައިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

ލުބްނާނުގެ ކަމާއިި ބެހޭ ފަރާތްތަކާއި ޙަވާލާދީ ޚަބަރުތައް ބުނާ ގޮތުގައި ޒާއިދު އިސްމާއީލަކީ މަސްތުވާތަކެތީގެ ފިޔަފާރިއާ އެނޫންވެސް ބޮޑެތި ކުށްތައް ކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ބޮޑެކެވެ. އަދި އޭނާ މަޝްހޫރުވެފައި ވަނީ "އެސްކޮބާ" ގެ ނަމުންނެވެ.

އެސްކޮބާ އަކީ 1975 ން ފެށިގެން 1993 ވަނަ އަހަރާ ހަމައަށް، މަސްތުވާތަކެތީގެ ވިޔަފާރީގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި މީހާއެވެ. ކޮކެއިންގެ ރަސްގެފާނުގެ ނަމުން މަޝްހޫރުވި، ކޮލަމްބިއާއަށް އުފަން އެސްކޮބާއަކީ ވެސް އޭނާ ހައްޔަރު ކުރުމަށް ކޮލަމްބިއާ އަދި އެމެރިކާ އާ އެނޫން ވެސް ޤައުމުތަކުން ނެރުނު އަމުރުތަކަށް "ރެކިގެން" އަމިއްލައަށް އޭނާގެ ސަލާމަތީ ކަންތައް ކަށަވަރު ކޮށްގެން އުޅުނު މީހެކެވެ.

ޒައިދުގެ ވަނަމަކަށް އެސްކޮބާއޭ ކިޔުނީ ވެސް އޭނާ ހައްޔަރުކުރުމަށް ނެރުނު 2،941 އަމުރުތަކަށް ފިލައިގެން އުޅުމުގެ ސަބަބުން ކަމަށް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން ލުބުނާނުގެ ސިފައިންނާއި ޒައިދުގެ ހަށިފާރަވެރިންނާއި ދެމެދު ބަދަލު ކުރެވުނު ބަޑީގެ ޙަމަލާތަކުގައި ޒައިދުގެ އިތުރުން ހަތް މީހަކު މަރުވެފައިވެއެވެ. ޒައިދުގެ ހަށިފާރަވެރިންނާއި ސިފައިން ކުރިމަތި ލާންޖެހުނީ މަޖުބޫރުވެގެން ކަމަށް ލުބުނާނުގެ ސިފައިން ވަނީ ބުނެފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޒައިދުގެ ހަށިފާރަވެރިން އިސްވެ ހަމަލާ ދިނުމެވެ.

އެ ކުރިމަތިލުން ހިނގައިފައި ވަނީ ސީރިއާގެ ބޯޑަރު ކައިރީގައި އޮންނަ ބްރިޓަލް އަވަށުގައެވެ.

ސިފައިން ހިންގި އެ އޮޕަރޭޝަންގައި 41 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި އެތަނުން މަސްތުވާތަކެއްޗާއި ހަތިޔާރުފަދަ ތަކެތިވެސް އަސްކަރިއްޔާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ޒައިދުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށްތަކު ތެރޭގައި މަސްތުވާތަކެއްޗާއި ހަތިޔާރު ވިއްކުމާއި، ހަތިޔާރު އަޅައިގެން ވައްކަން ކުރުމާއި، ވަގު ލިޔެކިޔުންތައް ތައްޔާރުކުރުމުގެ އިތުރުން އާންމުންގެ ގަޔަށް ބަޑިޖެހުންފަދަ ޖަރީމާތައް ހިމެނެއެވެ.

ޒައިދު މަރުވެފައި ވަނީވެސް އޭނާއާއި ވަނަމުން މުޚާތަބުކުރާ އެސްކޮބާއާ ދާދި އެއްގޮތަކަށެވެ. ދުނިޔޭގެ މަސްތުވާތަކެތީގެ ވިޔަފާރީގައި އެންމެ ކުރީގައި އުޅުނު އެސްކޮބާ ވެސް މަރުވީ އޭނާގެ ގައުމުގެ އަސްކަރީބާރުތަކާއި ދެމެދު ހިނގި ކުރިމަތި ލުމުގައި ވަޒަންތަކެއް ގަޔަށް އަރައިގެނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި

20 ފެބުރުއަރީ 2017
ރެފިއުޖީން ބަަލައިގަތުމަށް ގޮވާލާ އެތައް ހާސް ބަޔަކު ސްޕެއިންގައި މުޒާހަރާ ކޮށްފި
18 ފެބުރުއަރީ 2017

ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި

18 ފެބުރުއަރީ 2017
ދެހާސްފަހެއްގައި އިންޑިއާގައި ދެވުނު ބޮން ގޮއްވުމުގެ ހާދިސާތަކުގައި ހައްޔަރު ކުރެވުނު ތިން މީހުން ދޫކޮށްލައިފި
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

16 ފެބުރުއަރީ 2017
ނިއުޒިލޭންޑްގެ ކްރައިސްޓްޗާޗުގެ ޖަންގަލީގައި ރޯވެ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ
14 ފެބުރުއަރީ 2017

ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި

14 ފެބުރުއަރީ 2017
ލޯބިވެރިންގެ ދުވަސް ފާހަގަކުރުން މަނާކޮށް ޕާކިސްތާން ހައިކޯޓުން އަމުރެއް ނެރެފި
14 ފެބުރުއަރީ 2017

އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި

14 ފެބުރުއަރީ 2017
އަސްކަރިއްޔާއަށް ފިލައިގެން އުޅުނު 546 ސިފައިން ސްރީ ލަންކާ އަސްކަރިއްޔާ އިން ހައްޔަރުކޮށްފި
13 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި

13 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯ ނަމާދަށް ވަޑައިގެންނެވި މިސްކިތުގައި ފިސްތޯލައެއް ހިފައިގެންހުރި ސިފައިންގެ މީހަކު ހައްޔަރު ކޮށްފި
11 ޖެނުއަރީ 2017

ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ

11 ޖެނުއަރީ 2017
ޖަނާޒާއަށް އެތައް ހާސް ބަޔަކު އެއްވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް