Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޒިމްބާބްވޭގެ އިންތިޚާބު

ޒިމްބާބްވޭގެ އިންތިޚާބަށް ދަނީ ނުފޫޒު ފޯރުވަމުން: އދ

އިންތިޚާބު އޮންނާނީ އަންނަ ހޯމަ ދުވަހު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 23:47
ޒިމްބާބްވޭގެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ނަންގަގްވާ (ވ) އަދި އިދިކޮޅު ލީޑަރު ޗަމީސާ (ކ)

ޒިމްބާބްވޭގެ އިންތިޚާބުގައި ވާދަކުރައްވާ ރައީސް ނަންގަގްވާ (ވ) އަދި އިދިކޮޅު ލީޑަރު ޗަމީސާ (ކ)

އަންނަ ހޯމަ ދުވަހު ޒިމްބާބްވޭގައި ބާއްވާ އާއްމު އިންތިޚާބަށް ނުފޫޒު ފޯރުވަމުންދާކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ބުނެފިއެވެ.

މި އިންތިޚާބަކީ ޒަމާންތަކެއް ވަންދެން ޒިމްބާބްވޭގައި ވެރިކަންކުރެއްވި ރޮބަރޓް މުގާބޭ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޤާމުން ވަކިކުރެވުނު ފަހުން އެޤައުމުގައި ބާއްވާ ފުރަތަމަ އިންތިޚާބެވެ. މުގާބޭއަށްފަހު ވެރިކަމަށް ވަޑައިގެންނެވި އެމަރސަން ނަންގަގްވާ މިއިންތިޚާބުގައި ވާދަކުރައްވާއިރު، އެމަނިކުފާނާއި އެންމެ ގާތުން ވާދަކުރައްވާނީ އިދިކޮޅު ލީޑަރު ނެލްސަން ޗަމީސާއެވެ.

އިންތިޚާބަށް ނުފޫޒުތަކެއް ފޯރުވުމަށް މަސައްކަތްކުރާކަމަށް އދއިން ތުހުމަތުކުރިއިރު، އެކަންކުރަނީ ކޮން ބައެއްކަމެއް އދއިން ބުނެފައެއް ނުވެއެވެ. އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރަށްފުށު ހިސާބުތަކުގެ މީހުން ގަދަކަމުން ކެމްޕޭން ރެލީތަކަށް ގެންދާކަމަށް އދއިން ތުހުމަތުކުރެއެވެ. ވަކިބައެއްގެ ނަން އދއިން ފާހަގަ ނުކުރިނަމަވެސް ވެރިކަންކުރާ ޒާނޫ-ޕީއެފް އިން އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ތުހުމަތުކޮށްފައިވެއެވެ.

އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ނެރުނު ރިޕޯޓެއްގައިވަނީ ޒިމްބާބްވޭގައި ޑިމޮކްރަސީއަށް މަގުފަހިވެގެންދާތީ އެކަން ފާހަގަކުރާކަމަށާއި، އެހެންނަމަވެސް ވޯޓަށް ނުފޫޒު ފޯރުވުމަށް ހިންގޭ އަމަލުތަކާއިމެދު ކަންބޮޑުވާކަމަށެވެ. ގަދަކަމުން މީހުން ކެމްޕޭން ރެލީތަކަށް ގެންދިޔުމުގެ އިތުރުން ވޯޓުލާ މީހުންނަށް ބިރު ދެއްކުމާއި، ފުރައްސާރައިގެ އަމަލުތަކުގެ ރިޕޯޓްތައް ލިބެމުންދާތީ ކަންބޮޑުވާކަމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުން ނެރުނު ރިޕޯޓްގައިވެއެވެ.

ވެރިކަންކުރާ ޒާނޫ-ޕީއެފްގެ ޖަލްސާތަކަށް ސްކޫލް ކުދިންނާއި ޓީޗަރުން ގަދަކަމުން ގެންގޮސް، ޕާޓީ ޕްރޮމޯޓްކުރާ ހެދުން ލައްވާ މައްސަލައިގައި ޓީޗަރުންގެ ޖަމްއިއްޔާއަކުން ޒިމްބާބްވޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެއްގައި، ދަރިވަރުންނާއި ޓީޗަރުން ޖަލްސާތަކަށް ގެންދިޔުން މަނާކޮށް، އެޕާޓީގެ މައްޗަށް ޒިމްބާބްވޭގެ ހައިކޯޓުން ހުކުމެއްވެސް ނެރެފައިވެއެވެ.

ކެމްޕޭނުގެ ތެރެއިން ނަންގަގްވާގެ ކެމްޕޭން ޖަލްސާއަކަށް މިދިޔަ މަހު ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން 2 މީހަކު މަރުވެފައިވެއެވެ. ނަންގަގްވާ ތުހުމަތުކުރައްވާ ގޮތުގައި މިހަމަލާއަކީ ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަރޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭއަށް ވަފާތެރި ފެކްޝަނަކުން ހިންގި އަމަލެކެވެ.

މި އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހައްދަވާނެކަމަށް ނަންގަގްވާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވޭތުވެދިޔަ 16 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިންތިޚާބު އޮބްޒަރވްކުރުމަށް ވިލާތުގެ އިއްތިޙާދާއި އެމެރިކާގެ އޮބްޒަރވަރުންނަށް ނަންގަގްވާ ވަނީ ދައުވަތު ދެއްވާފައެވެ. މުގާބޭ ވަނީ މީގެ ކުރިން ހުޅަނގުގެ އޮބްޒަރވަރުން އެޤައުމަށް ވަނުން މަނާކުރައްވާފައެވެ.

މީގެ އިތުރުން ޒިމްބާބްވޭގެ އަސްކަރިއްޔާއިންވެސް ވަނީ އިންތިޚާބުގައި ވަކިކޮޅަކަށް ނުޖެހޭނެކަން އިއުލާންކޮށްފައެވެ. އެހެންނަމަވެސް މީގެ ކުރީގެ އިންތިޚާބުތަކުގައި އިދިކޮޅު ފަރާތްތައް މޮޅުވެއްޖެނަމަ އިންތިޚާބުގެ ނަތީޖާ ޤަބޫލު ނުކުރާނެކަމަށް އަސްކަރިއްޔާގެ އޮފިޝަލުން ފާޅުގައި ވިދާޅުވެފައިވެއެވެ.

ހޯމަ ދުވަހު ބާއްވާ އިންތިޚާބުގައި ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހަށާއި ލޯކަލް ކައުންސިލްތަކަށް މެމްބަރުން އިންތިޚާބުކުރުން އޮންނާނެއެވެ. އާއްމު އިންތިޚާބަށް 120 ޕާޓީއަކުން ކުރިމަތިލާފައިވާއިރު، ރިޔާސީ އިންތިޚާބަށް ނަންގަގްވާއާއި ޗަމީސާގެ އިތުރުންވެސް 21 ކެންޑިޑޭޓަކު ކުރިމަތިލާފައިވެއެވެ.

ދެކުނު އެފްރިކާގެ ދިރާސާކުރާ ކުންފުންޏަކުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން ނަންގަގްވާ އިންތިޚާބުގެ 40 އިންސައްތަ ކާމިޔާބުކުރައްވާނެއެވެ. އަދި ޗަމީސާ 37 އިންސައްތަ ކާމިޔާބުކުރައްވާނެއެވެ. އެހެންކަމަށްވާނަމަ ދެވަނަ ބުރަކަށް ދާން ޖެހޭނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ޒުވާނުންގެ ވޯޓު މުހިއްމު ދައުރެއް އަދާކުރާނެއެވެ. ޒިމްބާބްވޭގެ އާބާދީގެ ދެބައިކުޅަ އެއް ބަޔަށްވުރެ ބޮޑު ބަޔަކީ 25 އަހަރުން ދަށުގެ ޒުވާނުންނެވެ. އަދި ވޯޓުލުމުގެ ހައްޤު ލިބިގެންވާ މީހުންގެ 43.5 އިންސައްތައަކީ 35 އަހަރުން ދަށުގެ ޒުވާނުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ

މެންޗެސްޓަރ ހަމަލާގެ ނެޓްވޯކް ހޯދަނީ

24 މެއި 2017
އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

އދ. އިން މިޔަންމާ އަސްކަރިއްޔާ އާއި މެދު ހަދަނީ ދޮގު: އަސްކަރިއްޔާ

24 މެއި 2017
މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

މިޔަންމާގެ މުސްލިމުންނަށް ހަމަލާދިން ދެމީހަކު ހައްޔަރުކޮށް އިތުރު ބަޔަކު ހޯދަނީ

13 މެއި 2017
އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

އުތުރު ކޮރެއާ އިން ދަނީ އެގައުމުގައި ހައްޔަރުކޮށްފައިވާ އެމެރިކާ ރައްޔިތުންނަށް ބިރު ދައްކަމުން: އެމެރިކާ

13 މެއި 2017
ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

ހަމައެކަނި މުސްލިމު ސިފައިން ހިމެނޭ ޔުނިޓުތަކެއް ފިލިޕީންސްގައި އުފައްދަނީ

17 އެޕްރީލު 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު