Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ވޯޓު ފޮށި ނުބަހައްޓަން ރިސޯޓުތަކުން އީސީއަކަށް ނާންގާ: ޕާޓީތައް

23 ޖުލައި 2018 | ހޯމަ 16:01

ރިސޯޓުތަކަށް ޝަރީފު ރައްދު ކުރެއްވީ ބަދު ބަހެއް: ނިޔާޒު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 23 ޖުލައި 2018 | ހޯމަ 16:01
ގުޅިފައިވާ ޕާޓީތަކުން މީޑިއާއަށް މައުލުމާތު ދެއްވަނީ

ގުޅިފައިވާ ޕާޓީތަކުން މީޑިއާއަށް މައުލުމާތު ދެއްވަނީ

ގިނަ ރިސޯޓްތަކުން ބޭނުންވަނީ ވޯޓު ފޮށި ނުބަހައްޓަން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި ވާހަކަފުޅު ދޮގުކޮށް، އެފަދަ އެންގުމެއް އިލެކްޝަންސް ކޮމިޝަނަށް ރިސޯޓަކުން އަންގާފައި ނުވާ ކަމަށް ގުޅިފައިވާ ޕާޓީތަކުން ބުނެފިއެވެ.

އާދީއްތަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ޕްރެސް ކޮންފްރެންސެއްގައި ވާހަކަ ދައްކަވަމުން، ޝަރީފު ވިދާޅުވެފައި ވަނީ މަދުވެގެން 100 ދިވެހިން އުޅޭ ރިސޯޓުތަކުގައި ވޯޓު ފޮށި ބެހެއްޓުމަށް މަޝްވަރާ ކުރި އިރު ފޮށި ބަހައްޓަން ބޭނުންނުވާ ކަމަށް 53 ޕަސެންޓު ރިސޯޓުން އަންގާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ވާހަކަތައް ދޮގުކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން ނާއިބު އިދާރީ އަލީ ނިޔާޒު ވިދާޅުވީ އެއްވެސް ރިސޯޓަކުން ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަންގައި އެދިފައެއް ނެތް ކަމަށް އެ ކޮމިޝަންގެ އެތެރެއިން މައުލުމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އިލެކްޝަންސް ކޮމިޝަންގެ ތެރެއިން މައުލުމާތު ލިބޭ ގޮތުގައި އެއްވެސް ރިސޯޓަކުން ވޯޓު ފޮށި ނުބަހައްޓަން އެދިފައެއް ނެތް. އެހެން ވީމަ ކަނޑައެޅިގެން މީޑިއާގައި ވަރަށް ބޮޑަށް ޓުއަރިޒަމް އިންޑަސްޓްރީ އަދި ވަކިން ހާއްސަކޮށް ރިސޯޓު އޯނަރުންނަށް ޝަރީފު ރައްދު ކުރެއްވި ބަދު ބަހެއް،" އަލީ ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ 27 ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓަން، ރިސޯޓަކުން ބުނާ ނަމަ، އަލުން އެ ރިސޯޓުތަކާ ވާހަކަ ދައްކައި، އެ ރިސޯޓުތަކުގައި އުޅޭ ދިވެހިންނަށް ވޯޓުލެވޭނެ ގޮތަށް ވޯޓު ފޮށި އެތަންތަނުގައި ބެހެއްޓުމަށް އެދޭ ކަމަށެވެ.

ވޯޓު ފޮށި ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތަކުގެ މައުލޫމާތު ހާމަކުރުމަށް ޕާޓީތަކުން ދަނީ ގޮވާލަމުންނެވެ. ޕާޓީތަކުން ބުނެފައި ވަނީ ރިސޯޓުތަކުން ކުރާ ވިޔަފާރީގައި އިޖުތިމާއީ ޒިންމާ ބޮޑުވާނެ ކަމަށާއި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން ޖެހޭނެ ކަމަށެވެ. ވޯޓު ފޮށިތައް ބެހެއްޓުމަށް ދެކޮޅު ހަދާ ރިސޯޓުތައް ހޯދުމަށް ފަހު އެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ނިޔާޒު ވިދާޅުވި ގޮތުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް އިސްވެ ހުންނަވައިގެން، އެ ކޮމިޝަންގެ މެމްބަރުންނަށް މަޖުބޫރުކޮށްގެން، ރީރަޖިސްޓްރޭޝަންގެ މަސައްކަތްތައް ސަރުކާރުގެ އޮފީސްތަކުގައި ދަނީ ކުރިއަށް ގެެންދަމުންނެވެ. އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވާނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އޮޅުވާލައިގެން، ގަދަބާރުން ރީރަޖިސްޓްރޭޝަންގެ މަސައްކަތް ކުރާ ކުންފުނިތަކުގެ ވެރިންގެ ލިސްޓެއް ހާދާފައިވާ ކަމަށާއި އެ މީހުންގެ މައްސަލަތައް ވެސް ކަމާ ބެހޭ މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގައި ވޯޓުލަން ރިރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި
12 ފެބުރުއަރީ 2017

ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ

12 ފެބުރުއަރީ 2017
ޗެއާޕާސަންގެ އިންތިހާބުގައި ވޯޓުލި އަދަދާ ގާތަށް ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވެސް ނުނިކުންނާނެ:އިބްރާ
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް