Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ސުގާރ ފްރީ ބްރޭންޑުގެ ހަކުރު

ޑައިބެޓީސް މީހުންނަށް ހާއްސަ 'ސުގާރ ފްރީ' ބްރޭންޑެއް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި

ތިން ބާވަތެއްގެ 9 އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 ޖުލައި 2018 | ހޯމަ 12:12

ހަކުރު ބަލި ހުންނަ މީހުންނަށް ބޭނުންކުރެވޭ، ސިއްހަތަށް ފައިދާ ހުރި، އިންޑިއާގެ އެއްވަނަ ސުވީޓްނާ ބްރޭންޑް ކަމަށްވާ "ސުގަރ ފްރީ" އެސްޓީއޯ ސުޕަރމާޓް އިން ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

އެސްޓީއޯ އިން މަޢުލޫމާތުދޭ ގޮތުގައި ސުގަރ ފްރީގެ ތިން ބާވަތެއްގެ ނުވަ އުފެއްދުމެއް ވަނީ ބާޒާރައް ނެރެފައެވެ. މީގެ ތެރޭގައި ހިމެނެނީ ސުގަރ ފްރީ ގޯލްޑާއި، ސުގަރ ފްރީ ނެޗުރަލް އަދި ސުގަރ ފްރީ ގްރީން އެވެ.

  • ސުގާރފްރީ ގޯލްޑަކީ ހަކުރުގެ ބަދަލުގައި ބޭނުންކުރެވޭ އާޓިފިޝަލް ސުވީޓްނާ ބޭނުންކޮށްގެން އުފައްދާފައިވާ ހަކުރެކެވެ. މިވައްތަރަކީ ހަކުރު ބޭނުންކުރާ މިންވަރަށް ބަލައި ދުޅަހެޔޮ ސިއްހަތެއްގައި ތިއްބެވުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަ އަދި އާދައިގެ ހަކުރުގައި ހުންނަ މިންވަރަށް ވުރެ ކުޑަކޮށް ކެލޮރީސް ހުންނަ ހަކުރެކެވެ. މިގޮތުން ސުގާރ ފްރީ ގޯލްޑްގައި އެކުލެވޭނީ އާދައިގެ ހަކުރުގައި އެކުލެވޭ ކެލޮރީސްގެ 2 އިންސައްތައެވެ. މިހަކުރު ބޭނުންކުރަން އެންމެ ރަނގަޅީ ސައި، ކޮފީ އަދި ޖޫސް ފަދަ ބުއިންތަކާ އެކުގައެވެ. ސުގަރ ފްރީ ގޯލްޑްގެ ހަކުރުގެ 50 އަދި 100 ގުޅައިގެ ޕެކިންގެެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދިނެވެ.
  • ސުގަރ ފްރީ ނެޗުރަލް: ސުކޮލޯސް އިން އުފައްދާފައިވާ ސުގަރ ފްރީ ނެޗުރަލްއަކީ އެއްވެސް ވަރަކަށް ކެލޮރީ ނުހިމެނޭ ހަކުރެކެވެ. މިއީ ޑައިބެޓިކް ބޭފުޅުންގެ އިތުރުން ދުޅަހެޔޮ އަދި ސިއްހަތަށް ބަލައިގެން ކެއިންބުއިމުގެ ކަންކަން ގެންގުޅޭ ފަރާތްތަކަށް ހާއްސަ، ކެއްކުމަށް ވެސް ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ ހަކުރެކެވެ. ސުގަރ ފްރީ ނެޗުރަލްގެ 50 އަދި 100 ގުޅައިގެ ޕެކިންގެެ އިތުރުން 100 އަދި 300 ގުޅަ ހިމެނޭ ޕެކިން ވެސް ހުރެއެވެ.
  • ސުގަރ ފްރީ ގްރީން: ސުގަރ ފްރީ ގްރީންއަކީ %100 ގުދުރަތީ ސްޓެވިއާ ފަތުން އުފައްދައިފައިވާ އެއްވެސް މިންވަރަކަށް ކެލޮރީސް ހިމެނިގެންނުވާ ހަކުރުގެ ބާވަތެކެވެ. މިއީ ހަކުރު ބަލި ހުންނަ ފަރާތްތަކުގެ އިތުރުން އެކި އުމުރުފުރާއިގެ މީހުންނަށް ވެސް ބޭނުންކުރެވޭނެ ހަކުރެކެވެ. ސުގަރ ފްރީ ގްރީންގައި ލިބެން ހުރީ ގުޅަ ހިމެނޭ ޕެކިން ކަމަށް ވެސް އެސްޓީއޯ އިން މައުލޫމާތު ދެއެވެ.

އިންޑިޔާގެ "ޒީދަސް ވެލްނެސް" ކުންފުނީގެ އުފެއްދުމެއް ކަމަށްވާ "ސުގަރ ފްރީ" ބްރޭންޑްގެ ހަކުރަކީ އިންޑިޔާގެ ގިނަ އަދަދެއްގެ އާންމުންގެ އިތުރުން ގެސްޓްހައުސްތަކުގަ އާއި، ރިޒޯޓް، ރެސްޓޯރެންޓް، ހޮޓާ، ކެފޭ އަދި ބޭކަރީތަކުގައި ވެސް ބޭނުންކުރަމުން ގެންދާ މަގުބޫލު ހަކުރެކެވެ. ހާއްސަ އަގުތަކެއްގައި މި ހަކުރު ވިއްކުމަށް އެސްޓީއޯ އިން ނިންމާފައިވާއިރު ވޯލްޑް ހެލްތު އޮގަނައިޒޭޝަނުން ހުއްދަ ލިބިގެން ވިއްކާ މިބްރޭންޑަކީ އިންޑިޔާގެ 94 އިންސައްތައިގެ މާކެޓް ހިއްސާ އޮންނަ ބްރޭންޑެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

އެލްއޭ ލައިފްސްޓައިލް: ޝާޕް ބްރޭންޑުގެ އޭސީއަށް ހާއްސަ ފިހާރައެއް

19 ޖޫން 2017
ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

ފްރެޝް ސިޓީ: މޭވާ އާއި ތަރުކާރީ އަށް ހާއްސަ ފިހާރައެއް ހިތަދޫގައި ހުޅުވައިފި

14 ޖޫން 2017
ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

ރެސްޓޯރެންޓް ކެފޭ އިންޝުއަރެންސަށް ހާއްސަ ސްކީމެއް ދިވެހި އިންޝުއަރެންސްއިން ތަޢާރަފުކޮށްފި

13 ޖޫން 2017
ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

ވެލިގާ ހާޑްވެއާގެ ހާއްސަ ޕްރޮމޯޝަނުން އައިފޯން ރެޑެއް

09 އެޕްރީލު 2017
ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

ހޮންގކޮންގ އާއި އެކު ފްރީ ޓްރޭޑް މަޝްވަރާތަކުގެ ދެވަނަ ބުރު ފަށަނީ

26 މާރިޗު 2017

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު