Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

އިންތިޚާބުގައި މަކަރު ހެދުމަށް ރީރެޖިސްޓްރޭޝަންގެ ކަންކަން އޮޅުވާލުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން: ގުޅިފައިވާ ޕާޓީތައް

22 ޖުލައި 2018 | އާދީއްތަ 16:24

މަކަރު ހެދުމުގެ ޖާގައެއް ނުދޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 22 ޖުލައި 2018 | އާދީއްތަ 16:24
ކައުންސިލް އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އެމްޑީޕީ އޮފީހުގައި ކުރިއަށް ދަނީ

ކައުންސިލް އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަންގެ ކަންކަން އެމްޑީޕީ އޮފީހުގައި ކުރިއަށް ދަނީ

ރަށްވެހިވެފައިވާ ރަށްނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރެޖިސްޓަރ ކުރުމުގައި ސަރުކާރުގެ މުވައްޒަފުންނަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރު ދައްކަމުން ގެންދާތީ އެކަން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުށްވެރިކޮށްފިައެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަދާލަތު ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޓީގެ ޗެއާމަން އަޙްމަދު ނުޢުމާން ވިދާޅުވީ ދައުލަތުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން ރަސްމީ ގަޑީގައި ރީރެޖިސްޓަރ ކުރުމުގެ ކަންކަން ކުރަމުން ގެންދާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައެވެ. ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މުވައްޒަފުންނާއި އެ މުވައްޒަފުންގެ ޢާއިލާގެ މެންބަރުންގެ މައުލޫމާތު އެއްކުރުމަށާއި އައިޑީކާޑުގެ ކޮޕީ ޙަވާލުކުރުމަށް އަންގަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމުގައި ނުޢުމާން ވިދާޅުވިއެވެ. އަދި ރީރެޖިސްޓްރޭޝަން ފޯމުތަކުގައި ވޯޓުލާތަން ހާމަނުކޮށް ހަމައެކަނި ސޮއި ކުރުމަށް އަންގަމުން އަންނަ ކަމުގައިވެސް ނުޢުމާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރިޔާސީ އިންތިޚާބުގެ ވޯޓު އޮޅުވާލުމަށް ސަރުކާރުން މިފަދަ ކަންކަން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވޯޓު ލުމަށް ރީރެޖިސްޓަރ ކުރާ އިރު އިތުބާރު ކުރެވޭ ފަރާތްތައް މެދުވެރުކޮށް އެކަން ކުރެއްވުމަށް ނުޢުމާން އިލްތިމާސް ކުރެއްވިއެވެ.

ޚާއްސައެހީއަށް ބޭނުންވާ މީހުން ވޯޓުލުމުގައި ހަމައެކަނި އިލެކްޝަންސް އޮފިޝަލުން މެދުވެރިކޮށް ވޯޓުލެވޭނެ ކަމަށް ނިންމި ނިންމުން ކުށްވެރިކޮށް ވޯޓު އޮޅުވާލުމަށް ސަރުކާރުން ކުރަމުން އަންނަ މިފަދަ ހުރިހާ ކަމެއްވެސް ކުށްވެރިކުރާ ކަމުގައި ރައީސް މައުމޫން ފެކްޝަނުގެ މުޙައްމަދު ފައިސަލް ވިދާޅުވިއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓަށް އަހާއިރު، އެ ފަރާތްތަކަށް ފަރުވާއަށް ބޭނުންވާ މުހިއްމު ވަޞީލަތްތައް ނެތްކަން ފައިސަލް ފާހަގަ ކުރެއްވިއެވެ. އަދި އެއްވެސް ރޭވުންތެރިކަމެއް، ސިޔާސަތެއް ނެތި އެތައް ގޮތަކުން ސަރުކާރު އިހުމާލުވެފައިވާކަމަށްވެސް ވިދާޅުވިއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެދެނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް އެއްވެސް ހުރަހެއްނެތި، މިނިވަންކަމާއެކު ވޯޓު ލުމުގެ ފުރުޞަތު ފަހިކޮށްދޭން ކަމުގައި ފައިސަލް ވިދާޅުވިއެވެ.

ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް މަދުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށާއި، ވޯޓުލުމުގެ ޙައްޤު ހަނިކުރުމަށް މާލޭގެ ދަފްތަރުގައި ނަން ހިމެނުމަށް އެދޭ ފަރާތްތަކަށް ކުއްލި ގޮތަކަށް ގެނައި ބަދަލާއެކު އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ގެއްލިގެންދާނެ ގޮތަށް ކަންކަން ނިންމުމުން ހާމަވަނީ ކަންކަން ބޮއްސުން ލައިފައިވާ ކަމުގައި ޕާޓީތަކުން ހާމަކުރިއެވެ. ރިޔާސީ އިންތިޚާބުގައި ސަރުކާރުން ބޭނުންވާނެ އެންމެ ބޮޑު އެއް ކަމަކީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތައް ވީހާވެސް މަދުކުރުން ކަމަށާއި އެކަން އެގޮތަށް ކުރުމަށް ޖާގަ ނުދިނުމަށް ގޮވާލިއެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ކުއްލިގޮތަކަށް ޚާއްސައެހީއަށް ބޭނުންވާ މީހުންގެ ވޯޓުލުމާ ގުޅޭ ގޮތުން ނިންމި ނިންމުންވެސް އަނބުރާ ގެންގޮސްފައިވާކަމަށާއި، އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމި ނިންމުންވެސް ބަދަލުކުރި ކަމުގައި ޕާޓީތަކުގެ އޮފިޝަލުން ފާހަގަ ކުރެއްވިއެވެ. އަދި ގިނަ ދުވަސްތަކެއް ވަންދެން ނުޙައްޤުން ޖަލުގައި ބަންދުކުރި ޖުމްހޫރީ ޕާީޓީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ޤާސިމް މިހާރު ދޫކޮށްފައިވާކަމަށާއި އަދި އިރާދަ ކުރެއްވިއްޔާ އިންތިޚާބުގެ ކުރިން ނުޙައްޤުން ޖަލުގައި ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންވެސް މިނިވަން ކުރެވޭނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ސަރުކާރުން މަކަރު ހެދުމަށް ރާވަމުންދާ ކަންކަން އެނގިވަޑާއިގަންނަވާކަމަށާއި މަކަރު ހެދުމުގެ ފުރުޞަތު ސިޔާސީ ޕާޓީތަކުން ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު ޢަލީ ނިޔާޒު ވިދާޅުވިއެވެ. އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ފާޑު ވިދާޅުވަމުން ނިޔާޒު ވިދާޅުވީ ”ޝަރީފަކީ ކޮންބޭފުޅެއްކަން ވަރަށް ސާފުކޮށް އެނގޭ. އެބޭފުޅާގެ ހިތް އޮންނާނެތަން ވަރަށް ސާފުކޮށް އެނގޭ.“ ކަމުގައެވެ. އަދި ކޮމިޝަނުގެ ނިޔަތަކީ ވޯޓުލާ މީހުން މަދުކުރުން ކަމުގައިވެސް ނިޔާޒު ވިދާޅުވިއެވެ. މިނިވަން އިންތިޚާބަކަށް ފުރުޞަތު ދެއްވުމުގެ ގޮތުން މިހާރުގެ ކޮމިޝަންގެ މެންބަރުން އިސްތިއުފާ ދެއްވުމަށާއި ވޯޓު ލުމުގެ ޙައްޤު ރައްޔިތުންނަށް ގެއްލިގެންދާއިރު މިނިވަން މުޢައްސަސާތައް އެކަމާ އަޅާނުލައި ތިބުމަކީ ކަންބޮޑުވެވަޑާއިގަންނަވާ ކަމެއްކަމުގައި ނިޔާޒު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ އެންމެ ބޮޑު އަމާޒަކީ ޔާމީންގެ ވެރިކަން ބަދަލުކުރުން ކަމަށާއި ރައޔްިތުންނަށް އިންސާފު ހޯދައިދިނުމަށް ކަމުގައި ޑރ. ހުސައިން ވިދާޅުވިއެވެ. އަދި ސެޕްޓެމްބަރ 23 ގައި ބޮޑު އީދެއް އަންނާނެ ކަމަށާއި މިކަމުގައި ކުރަން ޖެހުން ކޮންމެ ކަމެއްވެސް ކުރުމަށް ސިޔާސީ ޕާޓީތައް އެކުގައި ތިބި ކަމުގައި ވިދާޅުވިއެވެ. ”އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ. އަޅުގަނޑުމެން ހުރިހާ ޕާޓީއެއްގެ ހުރިހާ މެންބަރުން މިތިބީ ބޮޑުތަނުން ޔާމީން ބަލިކުރަން“ ޑރ. ހުސައިން ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
25 ޖެނުއަރީ 2017

ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި

25 ޖެނުއަރީ 2017
 ވާދޫގައި ކުނިކޮށި ހެދުމަށް ބަޔަކާ ޙަވާލުކޮށްފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
13 ޖެނުއަރީ 2017

ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ

13 ޖެނުއަރީ 2017
ހިތުހުރި ގޮތެއް ހަދަން ދޫކޮށްލައިފި ނަމަ ރިޔާސީ އިންތިޚާބުގައި ހިތާމަކުރަން ޖެހޭނެ: ޝިދާތާ
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް