Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެކްސިޑެންޓެ

އެކްސިޑެންޓުތަކުގައި މިއަހަރު މަރުވި މީހުންގެ އަދަދު 10 އަރައިފި

22 ޖުލައި 2018 | އާދީއްތަ 11:49

ހުޅުމާލޭ އެކްސިޑެންޓުތަކުގައި ތިން މަރު

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 22 ޖުލައި 2018 | އާދީއްތަ 11:49
މިއަހަރުގެ އޭޕްރީލް މަހު އައްޑޫ ސިޓީ ފޭދޫ ބަނދަރާ ދިމާލުން ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައި

މިއަހަރުގެ އޭޕްރީލް މަހު އައްޑޫ ސިޓީ ފޭދޫ ބަނދަރާ ދިމާލުން ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ މީހަކަށް އަނިޔާވެފައި

ރާއްޖޭގައި މިއަހަރުގެ މިހާތަނަށް ހިނގި އެކްސިޑެންޓުތަކުގައި މަރުވި މީހުންގެ އަދަދު 10 އަރައިފިއެވެ.

ރާއްޖެއެމްވީން އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އެއްގަމު ދަތުރުފަތުރުގައްޔާއި ކަނޑުމަތީގައި ހިނގި އެކްސިޑެންޓުތަކުގައި ނުވަ ފިރިހެނަކާއި އަންހެނަކު ވަނީ މަރުވެފައެވެ. އެގޮތުން ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެފައިވާއިރު، އެއްގަމު ދަތުރުފަތުރުގައި އަށް މީހަކު ވަނީ މަރުވެފައެވެ.

Advertisement - newsAdvertisement

މިއަހަރު އެންމެ ފުރަތަމަ އެކްސިޑެންޓެއްގައި މީހަކު މަރުވެފައި ވަނީ ފެބްރުއަރީ މަހު ފުވައްމުލަކުގެ ލިންކު ރޯޑުގައި ހިންގި އެކްސިޑެންޓެއްގައެވެ. ފުވައްމުލަކު އެކްސިޑެންޓުގައި މަރުވެފައި ވަނީ 74 އަހަރުގެ ފިރިހެނެކެވެ. އަދި ޖެހިގެން އައި މާޗު މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި 32 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ.

އެކްސިޑެންޓުތަކުގައި މިއަހަރު ތިން ވަނަ މީހަކު މަރުވެފައި ވަނީ އައްޑޫ ސިޓީ ލިންކުރޯޑުގައެވެ. މިދިޔަ އެޕްރީލް މަހު ހިނގި އެ އެކްސިޑެންޓުގައި އުމުރުން ދުވަސްވީ މީހަކު މަރުވެފައިވާއިރު، ހަމަ އެ މަހު ގދ. ވާދޫގައި ހިނގި އެކްސިޑެންޓެއްގައި ވެސް އުމުރުން ދުވަސްވީ މީހަކު ވަނީ މަރުވެފައެވެ.

ކަނޑުމަތީގައި ދެ ލޯންޗެއް ޖެހިގެން ދިވެއްސަކާއި ބިދޭސީއަކު މިއަހަރުގެ މެއި މަހު ކުރީކޮޅު މަރުވެފައިވާއިރު، އެ މަހުގެ ފަހުކޮޅު ނ. ހޮޅުދޫ ބަނދަރުމަތީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެ، މޫދަށް ވެއްޓި، އަންހެނަކާއި ފިރިހެނަކު ވަނީ މަރުވެފައެވެ. އަދި މިދިޔަ ޖޫން މަހު، ހުޅުމާލޭގައި ޖޮގިންއަށް ނުކުމެ އުޅުނު 24 އަހަރު ޒުވާނެއްގެ ގައިގައި ސަކަލަކުން ޖެހި ވަނީ މަރުވެފައެވެ. އަދި މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި 18 އަހަރުގެ ޒުވާނަކު ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި އޭނާގެ ބޮލަށް ލިބުނު އަނިޔާތަކުގައި ވަނީ މަރުވެފައެވެ.

އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ ތަފާސް ހިސާބުތައް ފުލުހުން އާންމެއް ނުކުރެއެވެ. އަދި އެއްގަމު ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބާރު އަޅާ ޓްރާސްޕޯޓް އޮތޯރިޓީން ވެސް އެ މައުލޫމާތެއް ހާމައެއް ނުކުރެއެވެ.

އައްޑޫ ލިންކުރޯޑުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މީހުން މަރުވާ ރޭޓް އިތުރުވެގެންދާއިރު، ހުޅުމާލޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވެ، މީހުން މަރުވާ ރޭޓް ދަނީ ގިނަވަމުންނެވެ. އެގޮތުން ހުޅުމާލޭގައި މިއަހަރުގެ މިހާތަނަށް ހިނގި ނުރައްކާތެރި އެކްސިޑެންޓުތަކުގައި ތިން މީހަކު ވަނީ މަރުވެފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!

05 ފެބުރުއަރީ 2017
ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި މިއަހަރު ވެސް އެމްޑީޕީން ބައިވެރިނުވާނެ!
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
21 ޖެނުއަރީ 2017

ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި

21 ޖެނުއަރީ 2017
ރިސޯޓުގައި މަރުވި މީހާގެ މަރުގެ ތަހުގީގަށް ބްލަޑް ސާންޕަލް ނަގައިފި
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް