Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިހެވަން

އައިހެވަން ކުރިއަށް ނުދާނެ ސަބަބު ވިދާޅުވުމުން، ރައީސް ކޯފާ އިސްކުރެއްވި: އަދީބު

20 ޖުލައި 2018 | ހުކުރު 07:59

ޔާމީނާ މައްސަލަ ޖެހެން ފެށި ހިސާބު ވިދާޅުވި

ޙުސައިން ޙަސަން
ޙުސައިން ޙަސަން | 20 ޖުލައި 2018 | ހުކުރު 07:59
ޖުލައި 22، 2015: ނައިބު ރައީސްގެ މަގާމުގެ ފަތްކޮޅު އަދީބާ ހަވާލު ކުރެއްވަނީ

ޖުލައި 22، 2015: ނައިބު ރައީސްގެ މަގާމުގެ ފަތްކޮޅު އަދީބާ ހަވާލު ކުރެއްވަނީ

އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރުމަށް ސަރުކާރުން ވައުދު ވެފައިވާ "އައިހެވަން" މަޝްރޫއު އާއި ބޮޑެތި އިންވެސްޓުމަންޓުތައް ރާއްޖެއަށް ނުގެނެވޭނެ ސަބަބު، ރައީސް އަބްދުﷲ ޔާމީންގެ އަރިހުގައި ވިދާޅުވުމުން އެމަނިކުފާނު ކޯފާ އިސްކުރެއްވި ކަމަށް، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު ޖަލަށްލިތާ 1،000 ދުވަސް ވުމާ ގުޅިގެން، އޭނާގެ ގާނޫނީ ވަކީލުން ނެރުނު ބަޔާނުގައި އައިހެވަން މަޝްރޫއާ ގުޅޭ ގޮތުން އަދީބު ކުރިން ވިދާޅުވެފައި ނުވާ ވާހަކަތަކެއް ވަނީ ހާމަކޮށްފައެވެ.

Advertisement - newsAdvertisement

އަދީބާ ހަވާލާދީ އެ ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ފަރާތްތައް ސަރުކާރުން މިނިވަން ނުކުރާހާ ހިނދަކު، އައިހެންވަން ޕްރޮޖެކްޓާއި ބޮޑެތި އިންވެސްމެންޓުތައް ރާއްޖެއަށް ނުގެނެވޭނެ ކަމަށް ރައީސް ޔާމީންގެ އަރިހުގައި އަދީބު ވިދާޅުވި ކަމަށެވެ. އެ ވާހަކަތައް ރައީސް ޔާމީން އަރިހުގައި އަދީބު ވިދާޅުވީ، 2015 ވަނަ އަހަރު އިދިކޮޅު ފަރާތްތަކާ އެކު ސިޔާސީ މަޝްވަރާތައް ކުރިއަށް ދިޔަ ދުވަސްވަރުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސިޔާސީ ފަރާތްތައް މިނިވަން ކުރުމަށް އަދީބު އެދިވަޑައިގެންނެވުމުން، ރައީސް ޔާމީން ކޯފާ އިސްކުރައްވައި އެ ބޭފުޅުން މިނިވަން ނުކުރާނެ ކަމަށް ވިދާޅުވި ކަމަށެވެ.

ރައީސް ޔާމީނާއި އަދީބާ ދެމެދު އެކަންތައްތައް ހިނގައިދިޔަތާ ދުވަސްކޮޅެއް ފަހުން، ރިޔާސީ ލޯންޗުކޮޅުގައި ހާދިސާއެއް ހިނގައި އަދީބުގެ މައްޗަށް ތުހުމަތުތަކެއްކޮށް، "ފްރޭމް"ކޮށްފައިވާ ކަމަށް އޭނާގެ ވަކީލުން ނެރުނު ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީނާއި އަދީބާ ދެމެދު ދެބަސްވުން އުފެދެން ފެށީ 2015 ވަނަ އަހަރުގައި ބޭއްވި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ސަރުކާރުން އެއްބަސްވި ކަންތައްތައް ތަންފީޒު ކުރަން ރައީސް ޔާމީން ދެކޮޅު ހެއްދެވި ހިސާބުން ކަަމަށެވެ.

ސިޔާސީ މަޝްވަރާތަކަށް ސަރުކާރުގެ އިސް ބޭފުޅެއްގެ ގޮތުގައި އޭރު ހުންނެވީ އަދީބު ކަމަށް ފާހަގަކޮށް، އެ ބަޔާނުގައި ބުނެފައި ވަނީ އެ މަޝްވަރާތަކުގައި އިދިކޮޅު ފަރާތްތަކަށް ހުށަހެޅި ހުރިހާ ކަމެއް ވެސް އެއްބަސްވި ގޮތަށް ކޮށްފައިވާ ކަމަށެވެ.

"ނަމަވެސް ސަރުކާރުގެ ފަރާތުން ކޮށްދިނުމަށް އެއްބަސްވި ކަންތައްތައް ކޮށްދޭން ރައީސް ޔާމީން ދެކޮޅު ހެދި ކަމަށް އަދީބު ވިދާޅުވިއެވެ. އެހެން ކަމަށް ހިނގުމުން އަދީބުގެ ފަރާތުން ރައީސް ޔާމީނު އަރިހުގައި ސިޔާސީ ފަރާތްތަކަށް ދޮގު ހަދައިގެން އެ މީހުން ޖަލުން މިނިވަން ނުކޮށް، އައިހެވަން ޕްރޮޖެކްޓާއި ބޮޑެތި އެއްބަސް އިންވެސްޓުމެންޓެއް ނެގެނެވޭނެ ކަމަށް ވިދާޅުވި ކަމަށް އަދީބު ވިދާޅުވި" ކަމަށް އެ ބަޔާނުގައި ވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!

12 ފެބުރުއަރީ 2017
ހައިކޯޓަށް ދެ ފަނޑިޔާރުން އައްޔަން ނުކޮށް ފަސް މަސް، ލަސްވާ ސަބަބު ހާމައެއް ނުކުރި!
06 ފެބުރުއަރީ 2017

އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
އައިހެވަން މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް ޔާމީން
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް