Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިހާބު 2018

ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ލިބޭނެ: ފައިސަލް

19 ޖުލައި 2018 | ބުރާސްފަތި 18:44

ތަފާތުކުރުމެއް ނުގެންގުޅޭނަން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 19 ޖުލައި 2018 | ބުރާސްފަތި 18:44
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް

އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފްލެޓްތަކުގެ ޙައްގުވެރިންނަށް ފްލެޓް ލިބޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި "ޖަޒީރާ ރީރަޖިސްޓްރޭޝަން" ޖަގަހަ ހުޅުވާދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ތަފާތުކުރުން ނުގެންގުޅޭކަން ރައްޔިތުންނަން ހާމަކޮށްދޭނެ ކަމަށެވެ. ފްލެޓް ދިނުމުގައި ގެންގުޅޭ ޝަރުތުތައް ހަމަވާ ރައްޔިތުންނަން ފްލެޓް ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ

Advertisement - newsAdvertisement
"ދިވެހި ރައްޔިތުން ފްލެޓަށް ލީމާ، ފްލެޓް ލިބޭ ފަރާތްތަކަށް ވަކި ވަރަކަށް ޕޮއިންޓް ލިބި، އެމީހަކަށް ފްލެޓް ނުލިބި ދާތަނެން ދުވަހަކު ވެސް ނާންނާނެ،" ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ޖަގަހަ ހުޅުވާދެއްވުމަށް ފަހު ފައިސަލް ވާހަކަފުޅު ދައްކަވަނީ

ހުޅުމާލެއަކީ ދިވެހި ރައްޔިތުންގެ އުންމީދަތަކާއި ގުޅިފައިވާ ސިޓީއެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކަމުގެ ޔަގީންކަން ނެތުން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަން އަމާންކަން ޔަގީންކޮށްދީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

"މަގު ރީތިކޮށް ހެދުމުން އަދި ނިމުމެއް ނާދޭ. މަގު ރީތިކޮށް ހަދާފައި، ރީތިކޮށް ދުއްވޭ ގޮތަށް ހަދާފައި، އެ މަގުގައި ސަލާމަތްތެރިކަމާއި އެއްކޮށް ރައްޔިތުންނަން ދަތުރު ކުރެވޭނެ ގޮތަށް އޮތުމަކީ، އެއީ ކުރަން ޖެހޭ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.

ޓްރެފިކް ފުލުހުން ސްޓިކަރ ޖަހާ މައްސަލައަށް އިޝާރަތްކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިހާރު އެކަން ކުރަމުން އަންނަ އުސޫލު ބަދަލުކޮށް، ޓްރެފިކް ފުލުހުންނަކީ ހަމައެކަނި ސްޓިކަރ ޖަހާ ބަޔަކަށް ނަހަދާނެކަމަށެވެ. މިއަދު މާލެ ހުޅުމާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން ލ. ގަން ފަދަ ބިން ބޮޑު ރަށްތަކުގައި އެކްސިޑެންޓްތަށް މަދުކުރުމަށް އެކަން ކުރެވެން އޮންނަ އުސޫލެއްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފައިސަލް ވާހަކަފުޅު ދައްކަވަނީ

"މިހާރު ދިވެހި ރާއްޖޭގައި އެންމެ ގިނަ އެކްސިޑެންޓުތަކެއް ހިނގަމުންދާ ހުޅުމާލެ، މާލެ، އައްޑޫ ސިޓީ، ލ.ގަން ފުވައްމުލަކު ރައްޔިތުންނަން އަޅުގަނޑު ހަމަ މިފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއްދީ އެ އެކްސިޑެންޓުތަށް ވީހާވެސް މަދުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ" ފައިސަލް ވިދާޅުވިއެވެ.

"ޖަޒީރާ ރީރަޖިސްޓްރޭޝަން" ޖަގަހަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓު ރީރަޖިސްޓްރީ ކުރުމަށް ހާއްސަކޮށްގެން ހުޅުވި ޖަގަހަކައެވެ. މި ޖަގަހަ ހުޅުވި ހަފްލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
21 ފެބުރުއަރީ 2017

ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!

21 ފެބުރުއަރީ 2017
ޔާމީން ބަންދުކުރި މައްސަލަ: ދައުވާއަށް އަމީން ފައިސަލް ޖަވާބުދާރީވުން މިއަދު!
17 ފެބުރުއަރީ 2017

އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް

17 ފެބުރުއަރީ 2017
އަދިވެސް ދޫކުރަނީ އެމްޑީޕީން އަޅަން ފެށި ފްލެޓްތައް: ފަލާހް
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
08 ފެބުރުއަރީ 2017

ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު

08 ފެބުރުއަރީ 2017
ހުވަފެނުގައި ވެސް އުކުޅަހުގެ މެޖޯރިޓީއެއް ޕީޕީއެމަށް ނުލިބޭނެ: ޒަމީރު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް