Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓް

ފުލުހުންނަށް ފިއްލަވައިގެން އުޅުއްވި ކަމަށް ބުނާ މައްސަލައިގައި ހަސަން ސައީދު ހަތަރު މަހަށް ޖަލަށް

19 ޖުލައި 2018 | ބުރާސްފަތި 17:07

މިއީ މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބުގެ މިންވަރު

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 19 ޖުލައި 2018 | ބުރާސްފަތި 17:07
ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު: އޭނާ ހަތަރު މަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފައި

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު: އޭނާ ހަތަރު މަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފައި

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ފުލުހުން ހަސަން ސައީދު ހޯދަމުންދިޔައިރު އޭނާ ފިއްލައިވެގެން އުޅުއްވި ކަމަށް ބުނެ ދައުލަތުން އުފުލި ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލުމަށް ހުކުމް ކުރީ ބުރާސްފަތި ދުވަހުއެވެ. ކޯޓުން މި ހުކުމް ކޮށްފައި ވަނީ ފުލުހުން އޭނާ ހޯދަމުންދިޔައިރު ފުލުސް އޮފީހަށް ހާޒިރުވެފައި ނުވަނީ ގަސްތުގައިކަން ދައުލަތުން ހުށައެޅި ހެއްކިންގެ ހެކިބަހުންނާއި ހުށައަޅާފައިވާ އެންމެހާ ކަންކަންމުން ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ ހުކުމް އިއްވުމުގެ މަޖިލީހުގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން ވެސް އިއްވަވާފައެވެ. މި ގޮތުން ކޯޓު އަމުރެއްގެ ދަށުން ހަސަން ހައްޔަރު ކުރަން އޭނާގެ ފްލެޓަށް ފުލުހުން ގޮސް އޭނާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމާއި އެގޭގެ ދޮރު ވައްޓާލައިގެން ވަދެ ފުލުހުން ފާސްކުރި އިރު އެގެއިން އޭނާ ފެނިފައިނުވާކަން ދައުލަތުން ހެކިންގެ ގޮތުގައި ހުށައެޅި ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހަސަން ސައީދު ހޯދަން ފުލުހުން އޭރު އާންމުކޮށް އިއުލާން ކޮށްފައިވާ ކަން ފާހަގަކުރައްވައި، ގާޒީ ވިދާޅުވީ އެ އެންގުމާ އެއްގޮތަށް ހަސަން އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ. ފުލުހުންގެ އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރެއްވުމަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުއްވުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ގާޒީ އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ހައްޔަރު ކުރުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން ފަހުން ބާތިލް ކޮށްފައިވާއިރު ގާޒީ ވިދާޅުވީ އެ އަމުރު ބާތިލް ކުރުމާ ހަމައަށް އަމުރުގެ ބާރު ހިނގާނެ ކަމަށެވެ. ގާޒީ ވިދާޅުވީ އެ މައްސަލާގައި ދިފާއީ ހެކިންގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ނަން ހަސަންގެ ފަރާތުން ހުށަހަޅާފައި އޮތަސް، އެ ދެ ބޭފުޅުންނަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ބޭފުޅުން ކަމަށް ނުވާތީ އާއި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ކުށްތަކެއް ސާބިތުވުމުގެ އިތުރަށް ބޮޑެތި ޖިނާއީ ދައުވާތަކެއް ހިނގަމުންދާތީ އެ ބޭފުޅުންގެ ހެކިބަސް ނުނަގަން ނިންމެވީ ކަމަށެވެ.

ހަސަންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން އެދުނީ އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށެވެ. އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ހަސަންގެ ވަކީލުން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ އޭނާ މިހާރު ވެސް ފަސް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކުރައްވާފައި ވާތީ، އަދަބު ކަނޑައެޅިޔަސް ހުކުމުގެ އިތުރު މުއްދަތެއް ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

ހަސަން މިހާރު ބަންދުގައި ހުންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެންނެވެ. ގާޒީ އާދަމް ވިދާޅުވީ ހަސަން ކުރިން ބަންދުގައި ހުންނެވީ އެހެން މައްސަލައެއްގައި ކަމަށް ވާތީ މިއަދު ސާބިތުވި މައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމުގެ އަދަބު ކަނޑައަޅަން ހުރަހެއް ނެތް ކަމަށެވެ. އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލު ކޮށްދެއްވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް