Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތުރުކީ

ތުރުކީގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ ގުޅިގެން އެކަމަށް އީޔޫ އިން މަރުހަބާ ކިޔައިފި

ކުއްލިހާލަތު އިއުލާނުކުރީ ޖުލައި 2016 ގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 19 ޖުލައި 2018 | ބުރާސްފަތި 12:46
ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން

ތުރުކީ ގައި 2016 ގެ ޖުލައި 15 ގައި ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތާ ގުޅިގެން އެގައުމުގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވާތީ އެކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، ބުރާސްފަތި ދުވަހު މަރުހަބާ ކިޔައިފިއެވެ.

އިޔޫގެ ފޮރިން ޕޮލިސީ ޗީފް ފެޑެރިކާ މޮގެރިނީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ "ތުރުކީ އިން ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ނިންމުމަކީ މަރުހަބާ ކިޔުން ހައްގު ފިޔަވަޅެއް ކަމަށެވެ." ބަޔާނުގައި އިތުރަށް ބުނީ ތުރުކީގެ އިދާރާތަކަށް ގާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީ އަދި ކުއްލި ނުރައްކަަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ދަމަހައްޓައިފިނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކުން ކުރާނެ ޕޮޒިޓިވް އަސަރެއް ނޯންނާނެ ކަމަށެވެ.

ހާލަތު އުވާލި ނަމަވެސް ސަރުކާރުންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅި ބައެއް ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށް ގާނޫނެއް ފާސްކުރުމަށް ބަލަމުންނެވެ.

ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ދުވަހުއެވެ. ތުރުކީގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ބަޣާވާތްކުރަން އުޅުނު ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށް ކަަމަށެވެ.

ތުރުކީއިން ހަތްފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެގައުމާއި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.

ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިންނާއި ނުލައި 250 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންއެވެ. އެ ތުހުމަތު އޭނާ ދޮގުކުރައްވައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ މިދިޔަ މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާން ވެވަޑައިގެންނެވި ވައުދެކެވެ.

ޖޫން މަހުގެ 24ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި އޮރްދޮޣާނަކީ ރިޔާސީ ފުރިހަމަ ބާރުތަކާއިއެކު ތުރުކީގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެވެ.

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް

25 އެޕްރީލު 2017
ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން މަރްވާން ބަރްގޫތީގެ ސިހްހީ ހާލަތު ދަށަށް
23 އެޕްރީލު 2017

ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި

23 އެޕްރީލު 2017
ސައުދީ ކެބިނެޓަށް ކުއްލި ބަދަލުތަކެއް ގެނެސްފި
10 އެޕްރީލު 2017

ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު

10 އެޕްރީލު 2017
ފައްޅިތަކަށް ދިން ހަމަލާއަށް ފަހު މިސްރުގައި ތިން މަސްދުވަހަށް ކުއްލި ހާލަތު
04 އެޕްރީލު 2017

ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި

04 އެޕްރީލު 2017
ކޮލަމްބިއާގައިި ކުއްލި ހާލަތު އިއުލާންކޮށްފި
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
28 މާރިޗު 2017

ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

28 މާރިޗު 2017
ތޫފާނަށްފަހު އޮސްޓްރޭލިއާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު