Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޔާދު ގާސިމް

ޝަރުތުތަކަކާ އެކު ސިޔާދު ގާސިމް ދޫކޮށްލަން އަމުރުކޮށްފި

19 ޖުލައި 2018 | ބުރާސްފަތި 13:25

ސިޔާދު ދޫކޮށްލީ ދައުލަތުން ހުށަހަޅަންޖެހޭ ލިޔުންތައް ހުށަނާޅާތީ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 19 ޖުލައި 2018 | ބުރާސްފަތި 13:25
ސިޔާދު ގާސިމް މިއަދު މާލެ ގެންނަނީ

ސިޔާދު ގާސިމް މިއަދު މާލެ ގެންނަނީ

ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ދަރިކަލުން އަދި ވިލާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ޝަރުތުތަކަކާ އެކު މިނިވަން ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ހުރީ ޝަރީއަތް ނިމެންދެންއެވެ.

Advertisement - newsAdvertisement

ރިޝްވަތު ދީގެން ސަރުކާރު ބަދަލުކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރެއްގެ ދަށުން ޖަލު ބަންދުގައި ހުންނެވި ސިޔާދު ޖަލުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު އަމުރުކުރީ ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބުރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ. އޭގެ ފަހުން ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލުމަށް ފަހު މާޗު މަހުގެ 21 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ސިޔާސީ އެއްވެސް ކަމެއްގައި މީގެ ކުރިން ނޫޅުއްވާ ސިޔާދު ހައްޔަރުކުރީ ބައްޕާފުޅު ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހީމްގެ ކިިބައިން ބަދަލު ހިއްޕެވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ސިޔާދު ދޫކޮށްލާފައި ވަނީ ސިޔާދުގެ މައްޗަށް ކުށް ސާބިތުކުރަން ދައުލަތުން ހުށަހަޅަންޖެހޭ ހެކި ހުށަހަޅާފައި ނުވާތީއެވެ. މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ވެސް ކޯޓުން ވަނީ ހެކި ހުށަހެޅުމަށް ދައުލަތަށް އަންގާފައެވެ. ނަމަވެސް އެ ދުވަހު ވެސް ދައުލަތަށް އެ ހެކި ހުށަހެޅިފައެއް ނުވެއެވެ. ބުރާސްފަތި ދުވަހު ބޭއްވި އަޑު އެހުމުގައި ވެސް ދައުލަތުން ވަނީ އިތުރު ވަގުތު ދިނުމަށް އެދިފައެވެ. ދައުލަތުން ސިއްރުކޮށްދިނުމަށް އެދިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު ހެއްކަކީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ ދަރިކަލުންގެ ނަމުގައި މެލޭޝިޔާގެ "ސައިބަރޖަޔާ" އިން ލޭކް ފްރޮންޓް ވިލާތަކެއް ރިޒާވް ކޮށްފައިވާ ކަމަށް ބުނެ، އެތަންތަނަށް ދައްކަން ޖެހޭ ފައިސާތަކުގެ ތެރެއިން ބައެއް، ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ބުނާ ހެކިތަކުގެ ޑޮކިއުމެންޓްތަކެކެވެ.

އެޑޮކިއުމަންޓް ހިމަނާފައި ވަނީ 17 ވަނަ ޑޮކިއުމެންޓްގެ ގޮތުގައި ސިއްރު ލިޔުމެއްގެ ގޮތުގައެވެ. އެ ޑޮކިއުމަންޓްތައް ކޯޓަށް ހުށަހަޅާފައިވާކަމުގެ ސުވާލު އުފެދެން ފެށި ހިސާބަކީ އެންމެފަހުން ބޭއްވި އަޑުއެހުމުގައި ސިއްރު ކޮށްފައިވާ އެ ޑޮކިއުމެންޓްގައި ވަނީ ކިތައް ސޮފްހާތޯ ސިޔާދުގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް އަބޫބަކުރު ދައުލަތުގެ ވަކީލުންނާ ސުވާލު ކުރެއްވުމުން، ދައުލަތުގެ ވަކީލުންނަށް ޖަވާބު ނުދެވުނު ހިސާބުން ނެވެ. އެހެންކަމުން 17 ވަނަ ޑޮކިއުމެންޓްގައިވާ ސޮފްހާގެ އަދަދެއް ދައުލަތުގެ ވަކީލުންނަށް ވިދާޅު ނުވެވުމުން ނޫރުއްސަލާމް ވަނީ ދައުލަތުގެ ވަކީލުންނާ އިތުރަށް ސުވާލުތައް ކުރިމަތި ކުރުވާފަ އެވެ. އެގޮތުން ދައުލަތުގެ ވަކީލުންނަށް ޖަވާބު ދެއްވުމަށް ދަތިވެ، އެންމެފަހުން ދައުލަތުގެ ވަކީލުން ވިދާޅުވީ އެ ހެކި އަދި ދައުލަތަށް ލިބިފައި ނުވާކަމަށާއި ނަމަވެސް އެ ހެކި ހޯދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންނަމަވެސް އެތުހުމަތާއި ގުޅިގެން 100 އަށްވުރެ ގިނަ ދުވަހު ސިޔާދު ޖަލުގައި ހައްޔަރުކޮށްގެން ގެންގުޅެ، ފުލުހުން ތަހުގީގު ހިންގައި، ޕްރޮސެކިއުޓަރ ޖެނަރަލް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލިއިރު ވެސް، މައްސަލައިގެ އަސްލު ހެކި ދައުލަތަށް ހޯދިފައިނުވެއެވެ. އަދި ހޯދިފައިނުވާ ހެއްކެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަކީ އަދި ޝަރީއަތް ހިންގުމަކީ ޖިނާއީ އިޖުރާތުގެ ގާނޫނާ ހިލާފުކަމެއް ކަމަށާއި މިދައުވާއަކީ މަދަނީ މިންގަނޑުން ވެސް ކުރިއަށް ގެންދެވޭނެ ދައުވާއެއް ނޫން ކަމަށް ވިދާޅުވެ، އެ ދައުވާ ބާތިލުކޮށް ދެއްވުމަށް ތަކުރާރުކޮށް ދިފާއީ ވަކީލުން އެދިލައްވަމުން ގެންދެވި އެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވެސް ދައުލަތުގެ ވަކީލުންނާއި ސުވާލު ކުރިމަތި ކުރުވަމުން ގެންދެވި އެވެ. އަދި މެލޭޝިއާއިން ރިޒާވްކޮށްފައިވާ ވިލާތަކަށް ދަައްކަންޖެހޭ ފައިސާގެ ތެރެއިން ބައެއް ދައްކާފައިވާކަމަށް ބުނާއިރު، މެލޭޝިއާގެ އިތުރުން ރާއްޖެ އިން ވެސް އެއްވެސް ހެއްކެއް ދައުލަތަށް މިހާތަނަށް ލިބިފައި ނުވޭތޯ ގާޒީ ސުވާލު ކުރެއްވުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މިހާތަނަށް ދައުލަތަށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތައް އެބަހުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

ގާޒީ ހައިލަމް އެ ދުވަހު ވިދާޅުވެފައި ވަނީ މެއި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދައުލަތުން ޑޮކިއުމެންޓް 17 ގައި ހިމަނަން ބޭނުންވާ ޑޮކިއުމެންޓްތައް ކްރިމިނަލް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މިދައުވާ އާއިގެން ކުރިއަށް ދިއުމާ މެދު ގޮތެއް ނިންމޭނީ އެ ޑޮކިއުމަންޓްތައް ހުށަހެޅުމުން ކަމަށް ވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

ނަމަވެސް ކޯޓުން ވަނީ ދައުލަތަށް ހެކި ހުށަހެޅިފައި ނުވާތީ އަދި އެކަމަށް ދުވަސްތަކެއް ނަގާނެ ކަމަށް ދައުލަތުން ވެސް ބުނެފައި ވާތީ ދޫކޮށްލީ ޝަރުތުތަކާ އެކުގައެވެ. އެގޮތުން މާލޭ ސަރަހައްދުން ބޭރަށް ވަޑައިނުގެންނެވޭނެ ކަމަށް ޝަރުޠުކުރިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް