Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝެއިޚް އިމްރާން

ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ނުކުރެއްވޭ ގޮތަށް ބައްޕަ މިނިވަންވާކަށް ނޭދެން: އިމްރާންގެ ދަރިކަނބަލުން

އިމްރާންގެ ދެ ދަރިކަނބަލުން ވެސް ވިދާޅުވީ މިފަދައިން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 ޖުލައި 2018 | ބުދަ 07:14
އިމްރާން ޖަލަށް ވަޑައިގެންނެވުމުގެ ކުރިން އަނބިކަނބަލުންނާ އެކު

އިމްރާން ޖަލަށް ވަޑައިގެންނެވުމުގެ ކުރިން އަނބިކަނބަލުންނާ އެކު

ބައްޕާފުޅު ކުރައްވާ މަސައްކަތަކީ ޤައުމު ދެކެވާ ލޯބިން ޤައުމަށް ކުރައްވާ މަސައްކަތްތަކެއް ކަމަށާއި އެކަންކަން ނުކުރެއްވޭ ގޮތަށް މިނިވަންވާން ބޭނުން ނުވާ ކަމަށް ޓެރަރިޒަމްގެ ކުށުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ ދެ ދަރިކަނބަލުން ވިދާޅުވެއްޖެއެވެ.

އިމްރާންގެ ދޮށީ ދެ ދަރިކަނބަލުން ކަމުގައިވާ އުމުރުން 14 އަހަރުގެ ނުސައިބާ ބިންތު އިމްރާނާއި އުމުރުން 13 އަހަރުގެ ނައުޝާން ބިންތި އިމްރާންގެ އެމެސެޖު އާއްމު ކުރައްވާފައި ވަނީ އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ފޭސްބުކް މެދުވެރި ކުރައްވައެވެ.

ނުސައިބާ ވިދާޅުވެފައިވާ ގޮތުގައި ބައްޕަ މިނިވަންވުމަށް އެދިވަޑައިގަންނަވައެވެ. ނަމަވެސް ބައްޕައަށް އޮތް ލޯބި ހާމަކުރައްވާނީ ބައްޕައަށް ތާއީދު ކުރައްވައިގެން ކަމަށް ނުސައިބާ ވިދާޅުވެފައިވެއެވެ.

ޝައިޚް އިމްރާންގެ އާއިލާ

ނައުޝާން ވިދާޅުވެފައި ވަނީ ބޭނުން ވަނީ ބައްޕަ މިނިވަންވެގެން އާއިލާއާ އެކު ރާއްޖެއިން ބޭރަށް ވަޑައިގަތުން ކަމަށެވެ. ނަމަވެސް ނައުޝާންގެ އެ އެދުމަށް ވުރެ ބައްޕަ އިމްރާން ގައުމައްޓަކާ ކުރައްވާ މަސައްކަތާއި ކުރައްވާ ހަނގުރާމަ މާ މުހިއްމު ކަމަށާއި ކޮންމެ ގޮތެއް ވިނަމަވެސް ބައްޕައަށް ތާއީދު ކުރައްވާނެ ކަމަށް ނައުޝާން ވިދާޅުވެފައިވެއެވެ.

އިމްރާންގެ އަނބިކަނބަލުން ކުރައްވާފައިވާ ޕޯސްޓް

ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އިމްރާންގެ އަނބިކަނބަލުން މަރިޔަމް ރީމް ވިދާޅުވީ އެވާހަކަތަކަކީ ސީދާ ދެ ދަރިކަނބަލުން ދެއްކެވި ވާހަކަތަކެއް ކަމަށާއި އޭގެ އިތުރުން ވެސް ވަރަށް ގިނަ ވާހަކަތައް އެކުދިން ދެއްކެވި ކަމަށެވެ. އެއްވެސް ވަރަކަށް އިމްރާން ޤައުމަށްޓަކައި ކުރައްވާ މަސައްކަތް ހުއްޓަވާލައްވަން ބޭނުން ނުވާ ކަމަށާއި އިމރާންގެ މަސައްކަތައް އެކުދިން ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށެވެ.

އިމްރާންގެ އަނބިކަނބަލުން މިކަންކަން ހާމަކުރއްވާފައިވާ އިރު ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއްތަންފީޒުކުރައްވަމުން ގެންދަވާ ޝައިޚް އިމްރާން މި ވަގުތު ހުންނެވީ ގޭބަންދުގައެވެ. އިމްރާން ސަރުކާރު ފަޅިއަށް އެރުއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް އަދި ޝައިޚް އިމްރާންގެ ގާތް ބޭފުޅެއް ކަމަށްވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ގޮވާލައްވާފައެވެ. އަދި އިމްރާންގެ ތާއީދު ހޯދުމަށް ޑރ. ޝަހީމް ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. ނަމަވެސް އިމްރާން ވަނީ ގުޅިފައިވާ ޕާޓީގެތަކުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހާއި ރަނިންގ މޭޓް ފައިސަލް ނަސީމް އެންޑޯޒްކުރައްވާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު