Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީނީ އިލްމުވެރިޔާ ޑރ. އިޔާޒު

ވަޒީފާއަށްޓަކައި ތިމާގެ ނަފްސު ވިއްކާ ނުލުމަށް ދީނީ އިލްމުވެރިޔާ ޑރ. އިޔާޒު ގޮވާލައްވައިފި

18 ޖުލައި 2018 | ބުދަ 06:27

ވަގުތީ ގޮތުން ލިބޭ އުފަލާއި އާމްދަނީއަށް ވުރެ ތިމާގެ އަބުރު ރައްކާތެރިކުރުން މުހިއްމު

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 18 ޖުލައި 2018 | ބުދަ 06:27
ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް

ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް

ވަޒީފާއަށްޓަކައި ތިމާގެ ނަފްސު ވިއްކާ ނުލުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް ގޮވާލައްވައިފިއެވެ.

ބުދަ ދުވަހު ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ވަޒީފާއަށްޓަކައި ތިމާގެ އަމިއްލަ ނަފްސު ވިއްކާ ނުލުމަށާއި ވަގުތީ ގޮތުން ލިބޭ އުފަލާއި އާމްދަނީއަށް ވުރެ ތިމާގެ އަބުރު ރައްކާތެރިކުރުން މުހިއްމު ކަމަށެވެ.

Advertisement - newsAdvertisement

އިޔާޒު އެގޮތަށް ވިދާޅުވެފައި މިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، ވަޒީފާގެ ބިރު ދައްކައި ސިޔާސީ ގޮތުން މަންފާ ހޯދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި ބައެއް ފަރާތްތަކުން ވަޒީފާގެ ދަހިވެތިކަމުގައި އަމިއްލަ ނަފްސު ވިއްކާލަމުންދާ ދަނޑިވަޅެއްގައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ހުރިހާ ދީނީ އިލްމުވެރިން ސަރުކާރާ އެކު ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ. އަދި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ފަހަތްޕުޅަށް ހުރިހާ ދީނީ އިލްމުވެރިން އަރާވަޑައިގެންނެވުމަށާއި ރައީސް ޔާމީން ނޫން ބޭފުޅެއް އިންތިހާބު ވެއްޖެ ނަމަ އިސްލާމު ދީނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތި ވާނެ ކަމަށް ވެސް ޝަހީމު ވަނީ ވިދާޅުވެފައެވެ.

ރަނިންގ މޭޓަކަން ޝަހީމު ކަނޑައެޅުމާ އެކު އިސްލާމިކް މިނިސްޓްރީގެ ވަޒީފާގައި އުޅުއްވާ ބައެއް ދީނީ އިލްމުވެރިން ވަނީ ރައީސް ޔާމީނަށް ތާއީދު ކުރަން ނިންމާފައެވެ. އަދި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އިލްމުވެރިއަކަށް އޭގެ ފަހުން ވަނީ ސަރުކާރުން ވަޒީފާ ވެސް ދީފައެވެ. އަދި ވެސް ސިޔާސީ ބައެއް މަގާމުތަކަށް އެކި ފަރާތްތައް އައްޔަން ކުރަމުންދާކަން ވެސް ފާހަގަ ކުރެވެއެވެ.

ޑރ. އިޔާޒަކީ އަދާލަތު ޕާޓީއަށް ނިސްބަތްވާ ދީނީ އިލްމުވެރިއެކެވެ. އަދާލަތު ޕާޓީން ދަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކާ އެކު މަސައްކަތް ކުރަމުންނެވެ. އަދާލަތުން ބުނަމުންދަނީ ރައީސް ޔާމީންގެ ސަރުކާރަކީ ކޮރަޕްޝަނާއި އަނިޔާވެރިކަން އިންތިހާއަށް އޮތް ސަރުކާރެއް ކަމަށާއި ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ ކަމަށެވެ.

ޑރ. އިޔާޒަކީ ސޯޝަލް މީޑިއާއިންނާއި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ދީނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރައްޔިތުން ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ދީނީ އިލްމުވެރިއެކެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ

27 ފެބުރުއަރީ 2017
އެސްޓީއޯ އަށް ކުރިން ދިން ބ. މުތާފުށި ވިއްކާލަނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
22 ފެބުރުއަރީ 2017

"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"

22 ފެބުރުއަރީ 2017
"ފ. އަތޮޅު ވިއްކާލާތީ ކަންބޮޑުވޭ"
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމުގައި ސިއްރުތަކެއް އެކުލެވޭ: އެމްޑީޕީ
21 ފެބުރުއަރީ 2017

އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ

21 ފެބުރުއަރީ 2017
އަތޮޅުތައް "ވިއްކާލުމަށްފަހު"، ރައީސް ޔާމީން ފިއްލަވާ ވަޑައިގަންނަވާނެ: ޑރ. ޑީޑީ
09 ފެބުރުއަރީ 2017

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް