Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އާޓިފިޝަލް އިންޓެލިޖެންސް

އޭ.އައިގެ ސަބަބުން ގެއްލޭ ވަޒީފާއަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ

ބައެއް ދާއިރާތަކުގެ ވަޒީފާތައް އިތުރުވާއިރު އަނެއްބައި ދާއިރާތަކުގެ ވަޒީފާތައް މަދުވާނެ

އަރުޝަމް އަބްދުލް ޢަޒީޒް
އަރުޝަމް އަބްދުލް ޢަޒީޒް, ރާއްޖެ އެމްވީ | 17 ޖުލައި 2018 | އަންގާރަ 16:48
ކުރިއަށް އޮތް އަހަރުތަކުގައި އާޓިފިޝަލް އިންޓެލިޖްންސް ވަރަށް ބޮޑުތަނުން ކުރިއަރާނެ

ކުރިއަށް އޮތް އަހަރުތަކުގައި އާޓިފިޝަލް އިންޓެލިޖްންސް ވަރަށް ބޮޑުތަނުން ކުރިއަރާނެ

އާޓިފިޝަލް އިންޓެލިޖްންސް (އޭ.އައި)ގެ ސަބަބުން މީހުންނަށް ގެއްލިގެންދާ ވަޒީފާތަކަށް ވުރެ އުފެއްދޭ ވަޒީފާތައް ގިނަވާނެ ކަމަށް ރިޕޯޓަކުން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެކައުންޓިންގް ފާމް، ޕީޑަބްލިއުސީގެ ރިޕޯޓުން ބުނާ ގޮތުގައި ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި އޭ.އައިގެ ސަބަބުން އިގިރޭސިވިލާތުގައި އެކަނިވެސް ހަތް މިލިއަން ވަޒީފާ ގެއްލިގެންދާނެ ކަމަށާއި އެހެން ނަމަވެސް 7.2 މިލިއަން ވަޒީފާ އުފެދޭނެއެވެ. އޭގެ އިތުރުން އޭ.އައިގެ ސަބަބުން އެގައުމުގެ އިގްތިސާދު ބޮޑުތަނުން ކުރިއަރާނެ ކަމަށާއި އާންމުންނަށް މުޅިން ތަފާތު ދާއިރާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެއެވެ.

އެ ރިޕޯޓުގައި ވާ ގޮތުގައި ބައެއް ދާއިރާތަކުގެ ވަޒީފާތައް އޭ.އައިގެ ސަބަބުން އިތުރުވާއިރު އަނެއް ބައި ދާއިރާތަކުގެ ވަޒީފާތައް މަދުވާނެއެވެ. އެގޮތުން ވަޒީފާތަށް އިތުރުވާނެ ކަމަށް ބެލެވޭ ބައެއް ދާއިރާތަކަކީ ސިއްހީ، ޓެކްނިކަލް އަދި ތައްލީމީ ދާއިރާއެވެ. ވަޒީފާތައް މަދުވާނެ ކަމަށް ބެލެވޭ ބައެއް ދާއިރާތަކަކީ މެނުފެކްޗަރިންގް، ޓްރާންސްޕޯޓް އަދި ޕަބްލިކް އެޑްމިޝަންގެ ދާއިރާއެވެ.

އޭ.އައިގެ ސަބަބުން، ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބުނު ކަމުގައި ވިނަމަވެސް އޭގެ ސަބަބުން މިވަގުތު ދުނިޔޭގައި ކުރިއަރާފައި ހުރި އެތައް ކުންފުންނިތަކަކަށް ބޮޑެތި ގެއްލުމާއި ކުރިމަތި ލާންޖެހިދާނެ ކަމުގެ އިންޒާރު ވެސް އެ ރިޕޯޓުގައި ވަނީ ދީފައެވެ. އެ ރިޕޯޓުގައި ފާހަގަކުރާ ގޮތުގައި ދުނިޔޭގެ މާކެޓަށް އޭ.އައި ތައާރަފްވާ ވަގުތު ކުންފުނިތަކުން އެކަށީގެންވާ މިންވަރުގެ ބަދަލެއް ނުގެނެސްފި ނަމަ ކުންފުނިތައް ބަންގްރޫޓުވުމުގެ ފުރުސަތު އޮންނާނެއެވެ.

ކުރިއޮތް ދުވަސްތަކުގައި ވަޒީފާތައް ވަރަށް ބޮޑަށް ބަދަލުވާނެ ކަމުގެ ޔަގީންކަން ރިޕޯޓުން ދޭއިރު، އެ ވަޒީފާތައް އަދާ ކުރާ މީހުންނަކީ ގިނަ އިލްމު ލިބިފައިވާ މީހުންކަމުގައި ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

09 ޖެނުއަރީ 2018
ދައުލަތުގެ ރިޒާވް ދަށަށް ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން!

ދައުލަތުގެ ރިޒާވް ދަށަށް ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން!

17 ޑިސެމްބަރު 2017
އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް 700 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

12 އޮކްޓޯބަރު 2017
އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

އެސްއެމްއީ ލޯނަށް އެދި 200 އަށް ވުރެ ގިނަ ފަރާތުން ކުރިމަތިލައިފި

04 އޮކްޓޯބަރު 2017
ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

ޖުލައި މަހު މީރާ އަށް ލިބުނު އާންމުދަނީ ދެ ބިލިޔަން ރުފިޔާ އަށްވުރެ އިތުރު ވެއްޖެ

15 އޯގަސްޓު 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު