Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ސުންނަތް

އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

ﷲ ގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައި ވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް, ރާއްޖެ އެމްވީ | 15 ޖުލައި 2018 | އާދީއްތަ 12:02
މިސްކިތެއްގައި މީހުން ނަމާދުގެ އަޅުކަން އަދާކުރަނީ - ނަމާދާއި ގުޅޭ ބައެއް ކަންކަމުގެ ތަފްސީލު ސުއްނަތުގައި އައިސްފައިވޭ

މިސްކިތެއްގައި މީހުން ނަމާދުގެ އަޅުކަން އަދާކުރަނީ - ނަމާދާއި ގުޅޭ ބައެއް ކަންކަމުގެ ތަފްސީލު ސުއްނަތުގައި އައިސްފައިވޭ

އެންމެހައި މީސްތަކުން އުޅުމަށް ﷲ ޚިޔާރު ކުރެއްވި މަގަކީ އިސްލާމްދީނެވެ. އެކަލާނގެ ޙަޟްރަތުން އިސްލާމް ދީން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައި ވަނީ ރަސޫލުބޭކަލަކު މެދުވެރިކޮށެވެ. އެއީ، އެކަލާނގެ ރަސޫލާ މުޙައްމަދު (ޞ) އެވެ. އެކަލޭގެފާނު މެދުވެރިކުރައްވައި ﷲ ބާވާލެއްވި މިދީން އެކުލެވިގެން ވަނީ މައިގަނޑު ދެއެއްޗެއްގެ މައްޗަށެވެ. އެއީ ﷲ ގެ ފޮތާއި އިތުރު އެކަލޭގެފާނުގެ ސުއްނަތެވެ. ކީރިތިވަންތަ ﷲ، އަޅުގަނޑުމެންގެ ގާތަށް އެކަލާނގެ ރަސޫލާ މުޙައްމަދު (ޞ) ރަސޫލުކަމާއިގެން ފޮނުއްވި ހިނދު، މީސްތަކުން އުޅެން ވާ ގޮތް އެކަލޭގެފާނު މެދުވެރިކުރައްވައި އަންގަވާފައިވެއެވެ. އެހެންކަމުން އިތުރު އެކަލޭގެފާނަށް ތަބާވުމަށާއި، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިމެ އެކަލޭގެފާނު ނަމޫނާއެއްކަމުގައި ބަލައިގަތުމަށް ވެސް ވަނީ އަންގަވާފައެވެ.

ކަންމިހެން އޮތްއިރު، އިސްލާމް ދީނުގެ ހުރިހާ ޙުކުމްތަކެއްގެ ތަފްޞީލު ޤުރްއާނުގައި އައިސްފައި ނުވާކަން އަޅުގަނޑުމެން ދަންނަންޖެހެއެވެ. ގިނަ ޙުކުމްތައް ޤުރްއާނުގައި އައިސްފައިވަނީ ޖުމްލަކޮށެވެ. އޭގެ ތަފްޞީލުތަކާއި ޢަމަލު ކުރަންވީ ގޮތް އައިސްފައި ވަނީ ސުންނަތުގައެވެ. މިއަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރެއްވިއެވެ. وَأَنزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ [ النحل 44 ] މާނައީ: "ތިމަން އިލާހު ކަލޭގެފާނަށް ޤުރްއާން ބާވައިލެއްވީ އެބައިމީހުންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާން ކޮއްދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށްޓަކައެވެ." މިގޮތުން ކީރިތި ރަސޫލާ (ޞ) ވަނީ ޤުރްއާނުގައިވާ އެންމެހައި ޙުކުމްތަކާއި އިރުޝާދުތައް މީސްތަކުންނަށް ޢަމަލީގޮތުން އުނގަންނަވައި ދެއްވާފައެވެ. މުސްލިމުންގެ މައްޗަށް ޙައްޖު ފަރްޟުކުރެއްވި ކަން ޤުރްއާނުގައި މާތް ﷲ އަންގަވާފައިވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަން ފުރިހަމަކުރާނޭ ގޮތުގެ ތަފްޞީލު ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. އެކަންތައް އައިސްފައި ވަނީ ސުއްނަތު ގައެވެ. ކީތިރި ރަސޫލާ (ޞ) ވަނީ އަމިއްލަފުޅަށް ޙައްޖުވެވަޑައިގެން ޢަމަލީގޮތުން ޙައްޖުގެ އަޅުކަން އަދާކުރަންވީ ގޮތް މީސްތަކުންނަށް ދަސްކޮށްދެއްވާފައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރެއްވުމުގެ ތެރޭގައި، މިކަން ކުރަންވީގޮތް ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށޭ ވެސް ޙަދީޘް ކުރައްވާފައިވެއެވެ. ޒަކާތް ފަރްޟުކުރެއްވިކަން ޤުރުއާނުގައި އައިސް ފައިވީއިރު، ޒަކާތް ނެރެންވާ މިންވަރާއި ނިޞާބާއި ޒަކާތް ނެރެންޖެހެނީ، ޒަކާތް ވާޖިބުވާ މުދަލަށް އަހަރު ހަމަވުމުން ކަމާއި މިކަންކަމުގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އަދި ކިއެއްތޯ އެވެ. އިސްލާމް ދީނުގެ އެންމެ މުހިއްމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތް ތަކުގެ ޢަދަދާއި އެނަމާދުގެ ރުކުން ތަކާއި ފަރުޟުތަކާއި ނަމާދުކުރަންވީ ގޮތުގެ ތަފްޞީލުތަކެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. ހަމައެހެންމެ ރެއަކާއި ދުވާލު އަޅުގަޑުމެންގެ މައްޗަށް ފަރްޟު ކުރެވިގެންވަނީ ކިތައް ނަމާދުކަމެއް ވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. މިހުރިހާކަމެއްގެ އެންމެހައި ތަފްޞީލުތައް އައިސްފައިވަނީ ސުއްނަތުގައެވެ. އެހެންކަމުން ސުއްނަތާނުލައި ޤުރްއާނުގައި އައިސްފައިވާ ޙުކުމްތަކަށް ޢަމަލުކުރުމަކީ ވާނޭ ކަމެއްނޫނެވެ.

ޙަޤީޤަތަކީ މިއީ ކަމުގައިވީނަމެވެސް، ސުއްނަތް ދޫކޮށްލައި ހަމައެކަނި ޤުރްއާން ޤަބޫލުކުރާނޭ ބަޔަކު ފަހު ޒަމާނުގައި އަންނާނޭކަމުގެ ޚަބަރު ރަސޫލާ (ޞ) ވަނީ އުއްމަތަށް ދެއްވާފައެވެ. އަދި މިފަދަ މީހުންނާމެދު ރައްކާތެރިވެ ތިބުމަށްވެސް އެކަލޭގެފާނުވަނީ އިރުޝާދު ދެއްވާފައެވެ.

ޖާބިރު ބުނު ޢަބްދު ﷲ ގެ އަރިހުން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. المِقْدَامُ بُنُ مَعْدِي كَرِب ވިދާޅުވަނިކޮށް އަހުރެން އަޑުއެހީމެވެ. ޚައިބަރު ހަގުރާމައިގެ ދުވަހު ރަސޫލު ﷲ (ޞ) އެއްޗެހިތަކެއް ޙަރާމްކުރެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން ބަޔަކު- އެބަހީ މިއުއްމަތުގެ ބަޔަކު- ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާނޭ ދުވަސް އައުން ވަރަށް ގާތެވެ. އެއިން މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘެއް އިވޭހިނދު ބޮޑާކަމާއެކު ބޮޑު ގޮނޑީގައި ލެގިލައިގެން އިނދެ ބުނާނެއެވެ. ތިޔަބައިމީހުންނާ އަހަރެމެންނާ ދެމެދު މިވަނީ ﷲ ގެ ފޮތެވެ. ފަހެ، މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ވިއްޔާ އެކަމެއް ޙަލާލު ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. އަދި އެފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއްނަމަ އެކަމަކީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ބަލައިގެންފާނަމެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޙަރާމްކުރައްވާ ކަންތައްތަކަކީ، ﷲ ޙަރާމްކުރައްވާ ކަންތައްތައް ފަދަ ކަންކަމެވެ." [އަލްޙާކިމާއި އައްތިރުމިޒީއާއި އިބުނު މާޖާ]

ކޮމެންޓް

އިތުރަށް ކިޔާލަން

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

ކީރިތި ރަސޫލާގެ ވަދާޢުގެ ޚުޠުބާ

29 ޖުލައި 2020
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

26 މާރިޗު 2018
ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

26 މާރިޗު 2018
ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

01 މާރިޗު 2018

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު