ކ. މާލެ
|
2 ޑިސެންބަރ 2017 | ހޮނިހިރު 07:48
ހުޅުމާލޭގައި ހަދާފައިވާ ރޯހައުސްތަކެއް
ހުޅުމާލޭގައި ހަދާފައިވާ ރޯހައުސްތަކެއް
ގޫގުލް
ތަރިކަ ބެހުން
ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން
 
ޢަރަބިން ޖާހިލީ ޒަމާނުގައި އެއްވެސް އަންހެން ދަރިއަކަށް، އަނބިމީހާއަށް، މައިންނަށް، ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދެއެވެ.

އެހެނިހެން ދީންތަކާއި އަންހެނުންގެ ތަރިކަ:

އިސްލާމް ދީން ނޫން އެހެން ދީންތަކާއި، ފަލްސަފާތަކުގައި ތަރިކަ މުދަލުން އަންހެނުންނަށް ލިއްބައިދޭ މިންވަރު އޮތީ ކިހިނެއްތޯ ބަލަން ޖެހެއެވެ. އެހެނީ އިސްލާމް ދީނުގެ މަތިވެރިކަމާއި، އެ ދީނަކީ ހުރިހާ ޒަމާނަކަށް، ހުރިހާ ތަނަކަށް އެއްމެ އެކަށީގެންވާ ދީންކަމަށް ވުމުން، އެކަން ފާޅުކޮށް ބުނެ ދިނުމަށް އެހެން ދީންތަކާއި، ފަލްސަފާތަކުގައި ހުންނަ މިފަދަ ވާހަކަތައް ގެންނަން ޖެހެއެވެ. އަދި އަޅައިކިޔަން ޖެހެއެވެ. الله ވަޙީކުރައްވައިފައި ވާ އާޔަތެއްގެ މާނާގައި ވެއެވެ. "އެ ފޮތުގެ ކުރިމައްޗަކުން ވެސް، އަދި އޭގެ ފަހަތަކުން ވެސް އެ ފޮތަކަށް باطل ކަމެއް ނާންނާނެތެވެ. (އެއީ) حمدލިބިވޮޑިގެންވާ، حكيم ވަންތަ ރަސްކަލާނގެ حضرة ން ބާވައިލެއްވި ފޮތެކެވެ." (ފުއްޞިލަތު 42)

 

ގަދީމީ މިސްރުގައި ތަރިކަ

މިޞްރުގެ ޤަދީމީ ޒަމާނުގައި މީހުންގެ އަހުލުވެރިންނަށް ބިން މިލްކު ކުރުމެއް ނުވެއެވެ. ފިރުޢައުނު ނޫން މީހަކަށް އެއްވެސް ބިމެއް މިލްކުވެގެން ނުވެއެވެ. ބިން މިލްކުކުރެވޭ ގޮތް މެދުވެރި ވީ މަލިކު (ބަޚޫރިޔޫސް) ގެ ޒަމާނުގައެވެ. އެއީ24ވަނަ ދަރިކޮޅުގެ ރަސްކަލެކެވެ. އޭނާއަށް މިޞްރުގެ ރަސްކަން ލިބިވަޑައި ގެންނެވީ މީލާދުގެ 731 އަހަރު ކުރިންނެވެ.

އެމީހުންގެ މުދާ ވާރުތަވުމުގެ ގޮތް ހުރި ގޮތަކީ، މިލްކުވެރި ނުވެ ދަނޑުވެރިކަން ކުރުމާއި އޭގެން ފައިދާ ލިބިގަތުމުގައި މަރުވި މީހާގެ މަޤާމަށް އެ ޢާއިލާއެއްގެ އެންމެ ބުއްދިވެރިއަކު އިސްވުމެވެ. އެކަމުގައި އަންހެން ފިރިހެން ތަފާތުކުރުމެއް ނެތިއެވެ. އަންހެނާއަށް ވާރުތަ މުދަލުގެ ގޮތުގައި ލިބޭ ތަކެތި ފިރިހެނުންނަށްވުރެ މަދުކަމުގައި ބުނެވެއެވެ. އެކަމަކު އެއީ އެކަނބުލޭގެ ރުހުމުގައެވެ. ވާރުތަވާ މީހުންގެ ތެރޭގައި ފިރިމީހާ، މަންމަ، އަޚުން، އުޚުތުން، ބަފައިފުށު ބޮޑުބޭބޭ އިންނާއި ބޮޑުދައިތައިން، މައިފުށު ބޮޑުބޭބެއިންނާއި ބޮޑުދައިތައިން ވެއެވެ.

 

ރޯމަނުންގެ ދުވަސްވަރު ތަރިކަ

މަރުވި މީހާ މަރުވުމުގެ ކުރިން، އޭނާ ނިސްބަތްވާ ޤަބީލާގެ ރުހުމާއެކު އޭނާގެ ޚަލީފާއެއް އިޚްތިޔާރު ކުރެއެވެ. އެއީ އޭނާގެ ދަރިން ނުވަތަ ޢާއިލީ މީހަކަށް ވާކަށް ނުޖެހެއެވެ. މީލާދީން 543 ގައި އެ ޙާލަތު ބަދަލުވެ، ވާރުތަވެރިޔާ އަކީ ހަމައެކަނި ޢާއިލާގެ މީހުންގެ ތެރެއިން އިޚްތިޔާރު ކުރެވޭ މީހަކަށް ވިއެވެ. ވާރުތަވެރިން ކަމުގައި ބަލަނީ ފުރަތަމަ މައްޔިތާގެ ދަރިންނެވެ. ދެން މައިންބަފައިން ނެވެ. ދެން އެއްބަނޑު އެއްބަފާ އަޚުންނާއި އެބައި މީހުންގެ ދަރިންނެވެ. އެއަށްފަހު އެއްބަނޑު އެއްބަފާ އުޚުތުންނާއި އެބައިމީހުންގެ ދަރިންނެވެ. ދެން އެއްބަފާ އަޚުންނާއި އެބައިމީހުންގެ ދަރިންނެވެ. ދެން އެއްބަފާ އުޚްތުންނާއި އެބައިމީހުންގެ ދަރިންނެވެ. ދެން އެއްބަނޑު އަޚުންނާއި އެބައިމީހުންގެ ދަރިންނެވެ. އެއަށްފަހު އެއްބަނޑު އުޚުތުންނާއި އެބައިމީހުންގެ ދަރިންނެވެ. މި ކަމުގައި ދެ ޖިންސުގެ ތަފާތެއް ނުގެންގުޅެއެވެ. ރޯމަނުންގެ މެދުގައި އަނބި މީހާއަށް ފިރިމީހާގެ މުދަލުން ވާރުތައެއް ނުވެއެވެ. މަރުވި މީހާގެ މުދާ އެހެން ޢާއިލާއަކަށް ހިނގައިދާނެތީ އެ މީހުންގެ ގާތުގައި ކާވެންޏަކީ އެއީ މުދާ ވާރުތަވުމުގެ ސަބަބެއްކަމަކަށް ނުބަލައެވެ. މަންމަ މަރުވުމުން، އޭނާއަށް، އޭނާގެ ބައްޕަ ފުށުން ލިބިފައިވާ ހުރިހާ މުދަލެއް، އެ އަންހެނާގެ އަޚުންނަށާއި އުޚްތުންނަށް ދޭންޖެހޭނެއެވެ. އެ އަންހެނާގެ ދަރިންނަކަށް އެއިން އެއްޗެއް ނުލިބޭނެއެވެ.

 

ގަދީމީ ގުރީކުންގެ ގާތުގައި ތަރިކަމުދާ

ރޯމަނުންނާ ދާދި އެއްގޮތަކަށް މިބައި މީހުން ވެސް މައްޔިތާއަށް ޚަލީފާއަކު ކަނޑައަޅައެވެ. މިގޮތަށް ކަނޑައަޅާ ޚަލީފާ ކަނޑައެޅުމުގައި މިބައި މީހުން ފަނޑިޔާރެއްގެ ކުރިމަތީގައި ކަނޑައަޅައެވެ. އެއީ ދެކޮޅުވެރިކަމެއް އުފެދި ދާނެތީ އާއި އެކަމުގެ ޞައްޙަކަން ބަޔާންކުރުމަށެވެ.

މިގޮތަށް ވަޞިއްޔަތު ކުރުމަށްފަހު ވަޞިއްޔަތް ކުރި މީހާ މަރުވުމުން ވަޞިއްޔަތުން ކަނޑައެޅުނު ޚަލީފާއަކީ އެ ޢާއިލާގެ ވެރިމީހާއެވެ. އޭނާ ބޭނުންގޮތަކަށް މުދަލާމެދު ކަންތައްކުރެއެވެ. އޭނަ އެދޭ މީހަކާއި އެ ޢާއިލާގެ އަންހެން ކުދިން ދެވައެވެ. އަދި އޭނާ ބޭނުން ކުއްޖަކު ކައިވެނި ކުރިއަ ނުދީ ހިފަހައްޓައެވެ.

 

ސާމީ ގައުމުތައް ނުވަތަ އިރުމަތީ ގަދީމީ މީހުންގެ ގާތުގައި ތަރިކަ މުދާ

އިރުމަތީ ޤަދީމީ މީހުނޭ ބުނެވެނީ ކިލްދާނީންނާއި އާރާމުންނާއި، ސިރްޔާނުންނާއި ފީނީޤިއްޔީންނާއި، މި ދަރިކޮޅުތަކާ ގުޅިފައިވާ މީހުންނަށެވެ. މިބައި މީހުންގެ ތެރޭގައި ތަރިކައިގެ ހަމަ އޮތީ އެންމެ ދޮށީ ފިރިހެންދަރި ބައްޕަގެ މަޤާމަށް އައުމެވެ.

ދޮށީދަރި ފިރިހެން ކުއްޖަކު ކަމުގައި ނުވާނަމަ އެންމެ ހަރުދަނާ ފިރިހެން ކުއްޖެކެވެ. އެހެން ނޫންނަމަ މައްޔިތާގެ އަޚުންގެ ތެރެއިންނެވެ. ދެން ބަފާފުށު ބޮޑުބޭބެއިންގެ ފަރާތުންނެވެ. މިހެންގޮސް ޅިޔަނުންނާއި ޤަބީލާގެ މީހުންވެސް ވަދެގެންދެއެވެ. ކުޑަކުދިންނާ އަންހެނުން ތަރިކައިން މަޙްރޫމުކުރެއެވެ. މި ބައި މީހުންގެ އަންހެނުންނަށް މުދާ ވާރުތަ ވުމެއް ނުވެއެވެ. މި ޤައުމުތަކުގައި އަންހެނުންނަށާއި ކުޑަކުދިންނަށް ވާރުތަމުދަލުން އެއްޗެއް ނުލިބޭކަން ފާހަގަކުރެވެއެވެ.

ޔަހޫދީ ދީނުގައި އަންހެނުންގެ ތަރިކަ

މިބައި މީހުންގެ ގާތުގައި މުދާ ވާރުތަ ވަނީ ހަތަރު ސަބަބަކުންނެވެ. އެއީ ދަރިންނާއި، ބަފައިންނާއި، އަޚުންނާއި، ބަފާފަރާތު ބޮޑުބޭބެއިންނަށް ވުމެވެ. ބަފާ މަރުވެއްޖެ ނަމަ ވާރުތަ މުދާ ލިބެނީ ހަގުކުއްޖާ އަށް ލިބޭވަރުގެ ދެބައި ދޮށީ ފިރިހެން ކުއްޖާއަށް ލިބޭގޮތަށެވެ.

ފިރިހެން ކުއްޖަކު ހުރެއްޖެ ނަމަ އެއްވެސް އަންހެނަކަށް ބައްޕަގެ ތަރިކައިން ބައެއް ނުދެއެވެ. އެއީ މައްޔިތާގެ މަންމަ ކަމުގައި ވިނަމެހެވެ. އަންހެން ދަރިއަކަށް ވިނަމަވެސް މެއެވެ. ނުވަތަ އަނބިމީހާ ކަމުގައި ވިނަމަވެސް ބައެއް ނާޅައެވެ. އަންހެންދަރިއަށް ތަރިކައިން ބައި ލިބެނީ، ފިރިހެންދަރިއަކު ނެތް ޙާލަތެއްގައެވެ. ސިފްރުލް ޢަދަދުގެ 27ވަނަ އިޞްޙާޙު ގައި ވާގޮތުން "މީހަކު މަރުވި އިރު އޭނާގެ ފިރިހެން ދަރިއަކު ނެތް ނަމަ ތިޔަބައި މީހުން އޭނާގެ މިލްކު އޭނާގެ އަންހެންދަރިން ނަށް ދޭށެވެ." މިފަދައިންނެވެ. ފިރިމީހާގެ މުދަލުން އެއްވެސް ޙާލެއްގައި އޭނާގެ އަނބި މީހާއަށް އެއްވެސް އެއްޗެއް ވާރުތައެއް ނުވެއެވެ.

 

މަސީހީންގެ ގާތުގައި ތަރިކަ މުދާ

މިބައި މީހުން ގެންގުޅޭ އިންޖީލުގައި ވާރުތަ މުދަލުގެ ވާހަކަ އައިސްފައެއް ނުވެއެވެ. އެއީ އެ މީހުންގެ ފޮތުގައި މަސީޙު ވިދާޅުވިކަމުގައި ވަނީ ތިމަން މި ވަޑައިގެންނެވީ އީމާންކަމާއި ލޮބުވެތިކަން މަތިވެރި ކުރެއްވުމަށެވެ. ޔަހޫދީންގެ ޝަރީޢަތް ފޮހެލައްވާކަށް ނޫނެވެ. އެހެނެއްކަމަކު އެޝަރީޢަތް ފުރިހަމަ ކުރައްވާށެވެ. އެހެންކަމުން ކުރީގެ މަސީޙީން ވާރުތަ މުދަލުގެ ކަންތައް ބަލަހައްޓަމުން ގެންދިޔައީ ޔަހޫދީންނާ ރޯމަނުންނާ އަދިވެސް އެހެން ޝަރީޢަތްތަކުގައިވާ ގޮތުގެމަތިންނެވެ.

ހިންދީ ދީނުގައި ތަރިކަ

ފިރިމީހާ މަރުވެއްޖެ ނަމަ އޭނާއާ އެކުގައި އަނބި މީހާ އަންދަން ޖެހެއެވެ. އެހެންވީމާ ތަރިކައިން އޭނާއަށް ލިބޭ ހަމަ އެކައްޗެއްވެސް ނެތެވެ. އަދި އަންހެން ދަރިންނާ މެދުވެސް ކަންތައް ވަނީ ވަރަށް އިހާނެތިކޮންނެވެ.

ޖާހިލީ ޒަމާނުގައި އަރަބިންގެ މެދުގައި ތަރިކަމުދާ

ޢަރަބިން ޖާހިލީ ޒަމާނުގައި އެއްވެސް އަންހެން ދަރިއަކަށް، އަނބިމީހާއަށް، މައިންނަށް، ވާރުތަ މުދަލުން އެއްވެސް އެއްޗެއް ނުދެއެވެ. މައްޔިތާގެ މުދާ ވާރުތަ ވަނީ ބާލިޣުވެފައިވާ ފިރިހެން ދަރިޔަކު ހުރިނަމަ އެ ދަރިއަކަށެވެ. ނޫނީ ދޮށީ ބޭބެއަށެވެ. ނޫނީ ބަފާފުށު ބޮޑުބޭބެއަށެވެ. ނޫނީ އޭނާގެ ފިރިހެން ދަރިއަށެވެ. އެއީ އެމީހުންގެ މެދުގައި ވާރުތަވާ ސަބަބަކަށް ވަނީ ޤަބީލާއާއި ދަރިކޮޅު ޙިމާޔަތްކުރުމަށާއި، ޢަދާވާތްތެރިންގެ ކިބައިން ދިފާޢުކުރުމަށް ކަނޑި އުފުލަން ކުޅަދާނަވުމެވެ. އެހެންކަމުން ވާރުތަ ވަނީ ހަމައެކަނި ބޮޑެތި ފިރިހެނުންނަށެވެ. އަދި އެޑޮޕްޓުކުރާ ފިރިހެން ދަރިންނަށް ވެސް ވާރުތަކުރެއެވެ.

އަންހެނުން ވާރުތަ ކޮށްފައި ވަނީ އެކަނބަލުންގެ ނުރުހުމުގައެވެ. އޭނާގެ ބައްޕަގެ ހުވަފަތް އަނބި މީހާ ގާތަށް ގޮސް އޭނާގެ ގަޔަށް ފޮށާ އެއްލައިފި ނަމަ އެ އަންހެނާ (ދޮން މަންމަ) އޭނާ އަށް ލިބުނީއެވެ. އޭނާ އިންނަން ބޭނުން ނަމަ އިތުރު ރަނެއް ނުދީ އޭނާ އާ އިނދެވި ދާނެއެވެ. އިސްލާމްދީން އައިސް މިކަންވަނީ މަނާކޮށްފައެވެ. الله ވަޙީކުރައްވަނީ "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ ތިޔަބައިމީހުންނަށް ޙަލާލުވެގެންވާ ކަމެއްނޫނެވެ." (ސޫރަތުއްނިސާގެ 19 ވަނަ އާޔަތުގެ މާނަ)

އެ ދުވަސްވަރު މީހަކު މަރުވުމުން، އޭނާގެ އަނބި މީހާއަށާއި، އޭނާގެ އަންހެން ކުދިންނަށާއި، ހުރިނަމަ އޭނާގެ ޅަޢުމުގެ ފިރިހެން ކުއްޖަކަށް ވެސް އެއްޗެއް ނުދެއެވެ. އެއާ ޚިލާފަށް މަރުވި މީހާގެ އަޚު އެ ގެއަކަށް ގޮސް މަރުވި މީހާގެ މުދާކޮޅު ގެންދަނީއެވެ.

ބައެއް ޤަބީލާތަކުގައި ފިރިހެންދަރިންގެ ސަބަބުން ނުވަތަ ފިރިހެންދަރިންގެ ފިރިހެން ދަރިންގެ ސަބަބުން އަންހެންދަރިން ޙަޖްބުވެއެވެ.

 

ފަރަންސޭސި ގާނޫނުގައި ތަރިކަ މުދާ

ފަރަންސޭސީންގެ ޤާނޫނުގެ 731 ވަނަ މާއްދާގައި ވާ ގޮތުން ވާރުތަވެވެނީ ހަތަރު ސަބަބަކުންވެ. އެންމެ ފުރަތަމަ މައްޔިތާގެ ފިރިހެން ދަރިންނާއި އަންހެން ދަރިންނެވެ.

  • އެއްވަނަ ދަރަޖަ: ޞައްޙަ ކައިވަންޏެއްގެ ސަބަބުން ލިބޭ ދަރިންނާއި ގާތް ޢާއިލީމީހުން.
  • ދެވަނަ ދަރަޖަ: ފާސިދު ކައިވަންޏެއްގެ ސަބަބުން ނުވަތަ ރަޙްމަތްތެރިކަމުގެ ތެރެއިންގެ ތެރެއިން ލިބޭ ދަރިން
  • ތިންވަނަ ދަރަޖަ: އަނބިމީހާ އާއި ފިރިމީހާ
  • ހަތަރުވަނަ ދަރަޖަ: ބައިތުލްމާލި (ދައުލަތް)

ފުރަތަމަ ދަރަޖައިގެ މީހުން ނެތް ޙާލަތެއްގައި މެނުވީ ދެވަނަ ދަރަޖައިގެ މީހުންނަށް ތަރިކައިން އެއްޗެއް ނުލިބޭނެއެވެ.

ވާރުތަކުރާ ފަރާތް މަރުވުމާއެކު ޝަރްޢީ ވާރުތަ ވެރިންނަށް ވާރުތަމުދާ ލިބޭނެއެވެ. ކޯޓުން އެ މަސްއަލަ ނިމެންދެން މަޑުކުރާކަށް ނު ޖެހެއެވެ. އެކަމަކު ފާސިދު ކައިވަނީގެ ސަބަބުން ލިބޭ ދަރިންނާއި އަނބި މީހާ/ ފިރިމީހާ އަށް، ކޯޓުން ބައި ލިބޭކަމަށް ނިޔާ ކަނޑައަޅަން ދެން މަޑު ކުރަން ޖެހެއެވެ.

ގާތް ޢާއިލީކަމުގެ ސަބަބުން ވާރުތަ ވެރިންނަކީ މައްޔިތާގެ ފަރްޢުންނާއި އުޞޫލުންނާއި ޙަވާޝީން (އަޚުންނާއި އުޚްތުން)ނެވެ.

އުޞޫލުންގެ ތެރެއިން ލިބޭނީ ހަމައެކަނި ބައްޕައަށާއި މަންމައަށެވެ. މާމައަށާއި ކާފައަށް ލިބޭނީ ފަރްޢުންނާއި ޙަވާޝީން ނެތް ނަމައެވެ.

ބައްޕައާއި މަންމައާއެކު އަޚުންނާއި އުޚްތުން ތިބިނަމަ ތަރިކަ ދެބަޔަށް ބަހައި އެއް ބައި ދޭނީ ބައްޕައަށާއި މަންމައަށެވެ. އަނެއްބައި ދޭނީ އަޚުންނަށާއި އުޚްތުންނަށެވެ.

ދެ ބާވަތުގެ އަޚުންނާއި އުޚްތުން ތިބި ނަމަ (އެއްބަފައި ކުދިންނާއި އެއްބަނޑުކުދިން ނަމަ) ދެ ބަޔަށް ބަހައި އެއްބައި ދޭނީ އެއްބަފައި ކުދިންނަށެވެ. އަނެއްބައި ދޭނީ އެއްބަނޑު ކުދިންނަށެވެ. އެއްބަނޑު އެއްބަފައި އަޚުންނާއި އުޚްތުން މި ދެބައި ގައިވެސް ހިމެނޭނެއެވެ.

 

ކޮމިއުނިސްޓް ފަލްސަފާގައި ތަރިކަ

ކޮމިޔުނިސްޓުންނަކީ ތަރިކައިގެ ޙައްޤު ޤަބޫލުކުރާ ބައެއްނޫނެވެ. އެމީހުން ބުނާގޮތުގައި ތަރިކަޔާ ބެހޭ ޤާނޫނަކީ އިޝްތިރާކީ ނިޒާމާ އަރާރުންވާ އެއްޗެކެވެ. ކޮމިޔުނިޒަމްގައި ޚާއްޞަ މިލްކިއްޔަތެއް ނެތެވެ. ތަރިކަޔާ ބެހޭ ޤާނޫނު އިޝްތިރާކީ އުޞޫލުތަކާ ޚިލާފުވަނީ މިހެންވެގެންނެވެ.

އިސްލާމްދީނާއި އެހެނިހެން ދީންތައް އަޅައިބަލައިލުން:

ތަރިކަ ބަހާނެ އުޞޫލުތައް އިސްލާމްދީނުގައި ހަމަޖައްސަވައި ކަނޑައެޅުއްވީ ޢާލަމްތަކުގެ ވެރި اللهއެވެ. މި އުޞޫލުތައްالله ކީރިތި ޤުރުއާނުގެ ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގެ ކުރީކޮޅުގައި ތަރިކަ މުދާ ބަހާނޭގޮތް ބާޔާން ކުރެއްވުމަށްފަހު އެ އަންގަވަނީ ތަރިކަ މުދާ ބަހާނޭ ގޮތް ކަނޑައަޅުއްވައިފައި އެ ވަނީ اللهގެ ޙަޟްރަތުން ކަމެވެ. ފަރްޟެއްގެ ގޮތުގައެވެ. އެއަށްފަހު ތަރިކަ މުދާ ބެހިވެނިންނަކީ ކޮބައި ކަމަށް އަންގަވަނީ އަންނަނިވި ޢިބާރާތުންނެވެ. "އެއީالله ކަނޑައަޅުއްވައި އަންގަވާފައިވާ އިންތަކެވެ." އެހެންވުމުން އެ އިމުން ބޭރުވެވޭނޭ ގޮތެއް ނު ހޯދޭނެއެވެ. ކަނޑައަޅުއްވާފައިވާ ގޮތަށް ވުރެ ހެޔޮގޮތެއް ނު ހޯދޭނެއެވެ.

ތަރިކަ މުދާ އޭގެ ޙައްޤުވެރީންނަށް ފޯރުކޮށް ދިނުމަކީ الله ގެ ޙައްޤުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަލާނގެ ޙައްޤަކަށް އަރައިގަތުމެއް ނުވާނެއެވެ.

ތަރިކަ މުދާ ބަހަން ވަޞިއްޔަތް ކުރައްވާފައި ވަނީ الله އެވެ. ވަޞިއްޔަތަކީ ތަންފީޛު ނުކޮށް ދޫކޮށްލެވޭނޭ ކަމެއް ނޫނެވެ.

އިސްލާމްދީނުގައި ތަރިކަ ލައްވާފައި ވަނީ ހަމައެކަނި މުދަލުގައެވެ. އިންސާނުން ތަރިކަގޮތުން ވާރުތަ ނުވެއެވެ. އެހެނީ ޖާހިލީ ޒަމާނުގައި މުވައްރިޘުގެ އަނބި މީހާ ތަރިކައެއް ކަމުގައި ވެއެވެ. ނަމަވެސް އެއާ ޚިލާފަށް އިސްލާމް ދީނުގައި ލައްވަވާފައި ވަނީ، ކައިވަނީގެ ސަބަބުން ދެމަފިރިންގެ ދެމެދުގައި އޮތް ގުޅުމަށް ރިޢާޔަތް ކޮށް އެކެއްގެ މުދާ އަނެކަކަށް ވާރުތަ ވާ މުދަލުގެ ގޮތުގައެވެ. މިހެ

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
75%
0%
0%
0%
25%
ކޮމެންޓް