Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްއިސްލާމްކަމުގެ 5 ރުކުން

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

އިސްލާމް ދީނުގެ ފަސް ރުކުނަކީ އިސްލާމްދީން ބިނާވެގެންވާ އަޞްލެވެ.

އަހްމަދުﷲ ޖަމީލް
އަހްމަދުﷲ ޖަމީލް | 22 ޖެނުއަރީ 2018 | ހޯމަ 08:37
އިސްލާމް ދީނުގެ ފަސް ރުކުނަކީ އިސްލާމްދީން ބިނާވެގެންވާ އަޞްލެވެ.

އިސްލާމް ދީނުގެ ފަސް ރުކުނަކީ އިސްލާމްދީން ބިނާވެގެންވާ އަޞްލެވެ.

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއަށް އިސްލާމްކަމުގެ ރުކުންތަކޭ ވެސް ކިޔައެވެ.

އެ ރުކުންތައް:

  1. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނެތްކަމަށް ހެކިވުން. އަދި މުޙައްމަދުގެފާނީ އެކަލާންގެ ރަސޫލާކަމަށް ހެކިވުން.
  2. ނަމާދު ޤާއިމުކުރުން.
  3. ޒަކާތް ދިނުން.
  4. ރަމަޟާންމަހު ރޯދަ ހިފުން.
  5. ކުޅަދާނަ ވެގެންވާ މީހާ ﷲ ގެ ގޮކޮޅަށް (ކަޢްބަތުﷲ) ގޮސް ޙައްޖުވުން.

*******

  1. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނެތްކަމަށް ހެކިވުން. އަދި މުޙައްމަދުގެފާނީ އެކަލާންގެ ރަސޫލާކަމަށް ހެކިވުން.
  • ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އިލާހަކު ނުވާކަން ޤަބޫލުކުރުމުގައި، ހަތަރުކަމަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ: ﷲ އީ އެއްކައުވަންތަ ﷲ އެވެ. ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ ފަރާތްކަމާއި، އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެން ނުވާ ކަލާނގެ ކަމަށް ޤަބޫލުކުރުމާއި، އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވާކަމާއި، އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވާކަމާއި، އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވަތަ އެއްޗެއް ވެސް ނުވާ ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް ކަށަވަރު ކުރަން ޖެހެއެވެ.
  • އަދި މީގެ އިތުރުން މުޙައްމަދު ބިން ޢަބްދިﷲ (ޞައްލަﷲ ޢަލަހި ވަސައްލަމަ) އަކީ މި އުއްމަތަށް ﷲ ފޮނުއްވި ރަސޫލާކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް އީމާންވާން ޖެހެއެވެ. ހަމައެގޮތަށް ރަސޫލަކު ކަމުގައި މެނުވީ މުޙައްމަދުގެފާނުން ނުވާ ކަމަށާއި، ހަމަކަށަވަރުން، އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެ ގޮސްފައިވާކަން ވެސް ހިތުގެ އަޑިން ޤަބޫލުކޮށް ކަށަވަރު ކުރަން ޖެހެއެވެ.
  1. ނަމާދު ޤާއިމުކުރުން.
  • ނަމާދު ޤާއިމުކުރުމުގައި ވިސްނަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ﷲ އިންސާނުންނަށް ފަސްވަގުތު ކުރުމަށް ފަސް ނަމާދެއް ފަރުޟު ކުރައްވައިފައި ވާ ކަމަށާއި، އެނަމާދުގައި ﷲ ފިޔަވައި އެހެން ފަރާތަކަށް ބޯލެނބުމެއް ނެތްކަން ހިތުގައި އޮންނަން ޖެހެއެވެ. އަދި އެފަދައިން ނިޔަތްގަނެ ނަމާދުގައި ޚުޝޫޢަތްތެރިކަމާއި، ﷲ އަށް ބިރުވެތި ވާން ޖެހެއެވެ. އަދި އެކަމުގައި މީހަކަށް ނުވަތަ ބަޔަކަށް ދެއްކުމެއް އޮވެގެން ނުވާނެއެވެ. ނަމާދު ކުރުމުގައި ދަތުރުވެރިއެއް، ﷲގެ މަގުގައި ޖިހާދަ ކުރާމީހަކަށް ނުވަތަ ބަލިމީހަކަށް ނަމަވެސް ނަމާދު ދޫކޮށްލުމެއް ނުވެއެވެ. އިޚްލާޞްތެރިވާން ޖެހޭނީ ﷲ އަށެވެ.
  1. ޒަކާތް ދިނުން.
  • ޒަކާތް ދިނުމޭ ބުނާ ބަހުގަައި ދެ ޒަކާތެއް ވެއެވެ. އެއީ މުދަލު ޒަކާތާއި، ފިޠުރު ޒަކާތެވެ. މި ދެޒަކާތަކީ ވެސް ފަރުޟުކުރެއްވިގެންވާ ދެޒަކާތެކެވެ.
  • ފިޠުރު ޒަކާތަކީ: ރަމަޟާންމަހު ރޯދައިގެ އަޅުކަން ނިމުމާއި ވިދިގެން، ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އަދާކުރާ އަދާ ކުރުމެކެވެ. ފިޠުރުޒަކާތް ނެރެވެނީ، ފިޠުރު ޢީދު ދުވަހު އިރުއޮއްސުމުގެ ކުރިންނެވެ. ތިމާއަށް ލިބޭ ޢީދުގެ އުފަލުގައި، ތިމާގެ އެހެން މުސްލިމް އަޚުންނާއި، އުޚުތުންވެސް، ބައިވެރި ކުރުމަށްޓަކައެވެ. ފަޤީރުންނާއި، ނިކަމެތިންގެ މަތިން، އެ އުފާވެރި ދުވަހު ހަނދުމަކޮށް، ތިމާމެންގެ މުދަލުގައިވާ އެފަދަ މީހުންގެ ޙައްޤުތައް އެމީހުންނަށް ދިނުމަށްޓަކައެވެ. މިޒަކާތް ނެރެން ޖެހެނީ މުސްލިމުންގެ ތެރެއިން، އަންހެނުން، ފިރިހެނުން، ކުޑަކުދިން، ބޮޑުމީހުން މިނިވަނުން، އަޅުން، ފަޤީރުން، މުއްސަނދިންގެ މައްޗަށް ފިޠްރުޒަކާތް ވާޖިބުވެގެންވެއެވެ.
  • މުދަލު ޒަކާތަކީ: އެމީހެއްގެ އަތުގައި މުދާ ހުރެ އޭގެ ބޭނުން ނުކޮށް އެއް އަހަރު ދުވަސް ހަމަވެފައިވާ މުދަލުންނެވެ. މިގޮތުން މިޒަކާތް ނެރެން ބައެއް މުދަލުންނެވެ. ހުރިހާ މުދަލަކުން ނެރޭކަށް ނުޖެހެއެވެ. މުދަލު ޒަކާތް ނެރެން ޖެހޭ ބާވަތްތަކުގެ ތެރޭގައި ނަޢަމް ސޫފިއާއި، ގޮވާމާއި، މޭވާ އާއި، ފައިސާއި ރަންރިއްސާއި، މުދަލާއި، ވިޔަފާރި މުދަލުން ފަދަ ތަކެތިންނެވެ. އަދި މިނޫންވެސް ތަކެތިން ވެސް ދޭން ޖެހެއެވެ. މުދަލު ޒަކާތް ޙައްޤުވާ ބަޔަކު އިސްލާމް ދީނުގައި ކަނޑައަޅައި ބަޔާން ކުރެވިފައި ވެއެވެ. އަދި މި ބައި މީހުންގެ ޙައްޤު އަދާ ނުކުރާ މީހުންނަށް ގަދަފަދަ ޢިޤާބު އައިސްފައި ވެއެވެ.
  1. ރަމަޟާންމަހު ރޯދަ ހިފުން.
  • ރަމަޟާން މަހު ރޯދަ ހިފުމަކީ: ރަމާޟާން މަހުގެ ދުވަސްތަކުގައި ރޯދަހިފުމުގެ ނިޔަތުގައި، ފަޖުރުލީއްސުރެ އިރުއޮއްސިއްޖައުމަށް ދާންދެން ރޯދަ ގެއްލިދާނެ ކަންކަމުން މަނާވެގެންހުރުމެވެ. ނަމަވެސް ދަތުރުވެރިޔާ އަށާއި، ބަލިމީހުންނަށް ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ ދޫކޮށްލައި، އެހެން މަސްތަކުގެ ދުވަސްތަކުގައި ޢަދަދު ހަމަކުރުމަށްޓަކައި ރޯދަ ހިފުން ﷲ ވަނީ ހުއްދަ ކުރަށްވާފައެވެ. ރީދައިގައި ފަރުޟު ރޯދައާއި، ސުންނަތް ރޯދަ ހިމެނެއެވެ.
  1. ޙައްޖުވުން.
  • ކުޅަދާނަ ވެގެންވާ މީހާ މައްކާގައި ހުންނަ ކަޢްބަތުﷲ އަށް ގޮސް ޙައްޖުވުމަކީ: ވަކި ޚާއްޞަ އަޅުކަންތަކެއް (ޙައްޖުގެ މަަނާސިކު ތައް) އަދާ ކުރުމަށް ޤަޞްދު ކޮށްގެން ޚާއްޞަ ވަގުތެއް ގައި މައްކާ ގައި ހުންނަ ގެފުޅާއި އެހެނިހެން މުޤައްދަސު ތަންތަނަށް ޒިޔާރަތް ކުރުމެވެ. މީހާގެ މައްޗަށް ޙައްޖު ނުވަތަ ޢުމްރާ ވާޖިބުވަނީ އެމީހަކަށް މާލީގޮތުންނާއި، ޖިސްމާނީގޮތުން ކެރިކުޅަދާނަ ވެގެންވާ މީހުންނަށެވެ. ޙައްޖުގެ އަޅުކަމު ގައި އެތައް ބާވަތެއް ގެ އަޅުކަން ހިމެނެ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2020

ދީނުގެ ނަމުގައި ބޮންގޮއްވައި މީހުންގެ ފުރާނައަށް ގެއްލުންދެނީ ދީން ނޭނގޭތީ: ޚުތުބާ

21 ފެބުރުއަރީ 2020
ދީނުގެ ނަމުގައި ބޮންގޮއްވައި މީހުންގެ ފުރާނައަށް ގެއްލުންދެނީ ދީން ނޭނގޭތީ: ޚުތުބާ
11 އޮކްޓޯބަރު 2019

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ
15 ޖުލައި 2018

އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު

15 ޖުލައި 2018
އިސްލާމް ދީނުގައި ކީރިތި ރަސޫލާގެ ސުއްނަތުގެ މަޤާމު
26 މާރިޗު 2018

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

01 މާރިޗު 2018

ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟

01 މާރިޗު 2018
ކަނޑީގެ ބާރުން އިސްލާމްދީން ފެތުރުނު ކަމަށް ބުނަނީ ކީއްވެ؟
02 ޑިސެމްބަރު 2017

ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން

02 ޑިސެމްބަރު 2017
ތަރިކަ މުދާ ބެހުމުގައި އިސްލާމް ދީނުގެ ނިޒާމާއި، އެހެނިހެން ދީންތަކުގެ ނިޒާމުގައި އަންހެނުން
12 ނޮވެމްބަރު 2017

20 އޮކްޓޯބަރު 2017

15 އޯގަސްޓު 2017

ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި

15 އޯގަސްޓު 2017
 ދަތުރަށް ފުރުމުގެ ކުރިން އަމިއްލަ ގައުމުގައި ހައްޖަށްދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމުގެ ޚިދުމަތް ސައުދީން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު