Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުރީގެ މިނިސްޓަރު އަސްލަމް

ހުކުމާ އެއްގޮތަށް ކުރީގެ ހައުސިން މިނިސްޓަރު އަސްލަމް ފައިސާ ދައްކަވައިފި

12 ޖުލައި 2018 | ބުރާސްފަތި 10:25

ފައިސާ ދައްކަން ހުކުމް ކުރީ ސިވިލް ކޯޓުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖުލައި 2018 | ބުރާސްފަތި 10:25
އަސްލަމް ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ

އަސްލަމް ރާއްޖެޓީވީ އަށް އިންޓަވިއު ދެއްވަނީ

އެމްޑީޕީގެ ވެރިކަމުގައި މުހައްމަދު އަސްލަމް ހައުސިން މިނިސްޓަރުކަމުގައި ހުންނެވި އިރު ފޯނު ބިލްތަކަށް އެރި ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކަން ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަވައިފިއެވެ.

އަސްލަމްގެ މައްޗަށް ހުކުމް ކޮށްފަ އިވަނީ މިނިސްޓަރު ކަމުގައި ހުންނަވައިގެން މިނިސްޓްރީގެ ބަޖެޓުން އަމިއްލަ ފޯނު ބިލް ދައްކާފައިވާ ކަމަށް ސާބިތުވާ ކަމަށް ބުނެއެވެ.

Advertisement - newsAdvertisement

މި އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ ކުރައްވާފައިވާ ހުކުމުގައި ވަނީ އަސްލަމް މިނިސްޓަރުކަމުގައި ހުންނަވައިގެން 2009 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީގެ ބަޖެޓުން އަސްލަމްގެ ފޯނު ބިލަށް 312،928 (ތިން ލައްކަ ބާރަ ހާސް ނުވަ ސަތޭކަ އަށާވީސް ރުފިޔާ) ދައްކާފައިވާ ކަން އެނގޭ ކަމަށެވެ.

ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީ އަށް އެ ފައިސާ ދެއްކުމަށް ފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި އަސްލަމް ވިދާޅުވީ ފައިސާ ދެއްކި ނަމަވެސް ކޯޓުން ކުރި ހުކުމް އެއްވެސް ހާލެއްގައި ބަލައި ނުގަންނަ ކަމަށާއި އެ ފައިސާ ދައްކާފައި ވަނީ ހުކުމަށް ތަބާވުމުގެ ގޮތުން ކަމަށެވެ.

"ކަން ހިނގައިދިޔަ ގޮތަކީ އަޅުގަނޑާއި ވަޒީރުކަން ހަވާލު ކުރުމާ އެކީ އަޅުގަނޑު ވުޒާރާއަށް ދިޔުމުން އެ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އޭނަ އަޅުގަނޑު ކައިރީ ވިދާޅުވި ވަޒީރުންގެ ފޯނު ބިލް ދައްކާނީ އޮފީހުންނޭ، އަޅުގަނޑު ދެންނެވިން އަޅުގަނޑުގެ ފޯނު ނަންބަރެއް ބަދަލެއް ނުކުރާނަމޭ، ދެން ޕާމަނަންޓް ސެކްޓްރީ ވިދާޅުވި ބިލްގް އެޑްރެސް ބަދަލުކުރުމަށް، އެޑްރެސް ބަދަލު ކުރުމަށްފަހު ބިލް އަންނަމުންދިޔައީ މިނިސްޓްރީގެ އޮފީހަށް. އެ އޮންނަ އުސޫލުގެ ތެރެއިން ހަމަ ކަންތައްތައްވަމުން ދިޔައީ" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް އިތުރަށް ވިދާޅުވީ މައްސަލަ އިސްތިއުނާފު ކުރެއްވުމަށް ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް އެކަމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގާޒީ ނިންމަވާފައިވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް މައްސަލަ އިސްތިއުނާފު ކުރާއިރު މައްސަލައިގެ ހުލާސާ ބަޔާނެއް ބޭނުންވާއިރު، އަސްލަމްގެ ވަކީލު ކުރެއްވި މަސައްކަތުން އެ ހުލާސާ ބަޔާން އެ އޮންނަ މުއްދަތުގެ ތެރޭގައި ލިބިފައިނުވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

"އަޅުގަނޑު ޤަބޫލެއްނުކުރަން މިއީ އެއްވެސް ގޮތެއްގައި ދައްކަންޖެހޭނެ ފައިސާއެއް ކަމަށް. އަޅުގަނޑުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ ފޯނު ބިލް ބޮޑުވެގެން ކޮށްފައިވާ ދައުވާއެއް ނޫން. އަޅުގަނޑުގެ މައްޗަށް ކުރި ދައުވާ އަކީ ދައުލަތުން ފޯނު ބިލް ދެއްކީތީވެ ކުރާ ދައުވާއެއް. އޭގެ ތެރޭގައި ހަމަ ޔަޤީނުންވެސް ހުންނާނެ ދައުލަތުގެ މަސައްކަތުގައި އަޅުގަނޑު ކޮށްފައިވާ ފޯނު ކޯލުތައް ބައިވަރު ހުންނާނެ" އަސްލަމް ވިދާޅުވިއެވެ.

ދައުލަތުން މިހާރު ވެސް އެކި ވުޒާރާތަކުގެ ވަޒީރުންގެ ފޯން ބިލް ދައްކާކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ އެބޭފުޅުންގެ މައްޗަށް ދައުލަތުން ދައުވާ ނުކުރާ ކަމަށެވެ. އަދި މި ހުކުމަކީ އިންސާފުން ކުރެވުނު ހުކުމެއް ނޫން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އަސްލަމްގެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ އެ ފައިސާ ދެއްކުމަށް އަސްލަމަށް އަންގާފައެވެ. ނަމަވެސް އެއީ ދައްކަންޖެހޭ ފައިސާއެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

3

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން

12 ޖެނުއަރީ 2017
އާ އިންތިހާބެއް އިއުލާން ކުރީ ހުކުމާ ހިލާފަށް:މައުމޫން ފެކްޝަން
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް