Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ ރޭސް 2018

އަބްދުއްރަހީމް ދީނީ ފަތުވާ ދޭތީ އަނާރާ ކަންބޮޑުވުން ފާޅުކޮށްފި

11 ޖުލައި 2018 | ބުދަ 16:23

އަބްދުއްރަޙީމް ގެއްދަވަނީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުން

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 11 ޖުލައި 2018 | ބުދަ 16:23
މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނަޢީމް

މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނަޢީމް

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދީނީ ފަތުވާ ދެއްވަމުންގެންދަވާތީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ މާތް ވެގެންވާ އިސްލާމް ދީނާ މިރާއްޖޭގެ މިނިވަންކަމާ ދެކޮޅަށްދޭ ވޯޓެއް ކަމަށް މެމްބަރު އަބްދުއްރަހީމް ވިދާޅުވުން، ބުދު ދުވަހު އަދާލަތު ޕާޓީއަށް ނިސްބަތްވާ އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްޕީ އަދުރޭ ދީނީ ފަތުވާދެމުންދާތީ" ކަންބޮޑުވާ ކަމަށެވެ.

Advertisement - newsAdvertisement

އަބްދުއްރަހީމް ގެއްދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. މ. މުލަކުގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށުގައި ރާއްޖެ ބާއްވަން ބޭނުންވާނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. މިކަންކަމަށް އިޝާރަތްކޮށް އަނާރާ ކަންބޮޑުވުން ފާޅުކުރެއްވުމުން އަބްދުއްރަހީމް ވަނީ ރައްދު ދެއްވާ ޓްވީޓް ކުރައްވާފައެވެ.

އަނާރާއަށް ރައްދު ދެއްވާ އަބްދުއްރަހީމް ބުދަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ހަޖޫ ޖަހާ އަދި ދިވެހި ރާއްޖެއަށް ބާތިލު ދީންތައް ތާޢާރަފްކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާގިވެރިވެ، އެފަދަ ބަޔަކާއި އެކު އަނާރާ މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާކަމަށެވެ. އަބްދުއްރަހީމް އިޝާރާތް ކުރެއްވީ އެމްޑީޕީ ވެސް ހިމެނޭގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނަމުގައި ހަދާފައިވާ ކޯލިޝަނަށް ކަމަށެވެ.

މީގެ އިތުރުން އަދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރީ ރައްޔިތުންގެ ހައްގުގައި ވަކާލާތުނުކޮށް މުސާރަ ނަގަން ނޫން ކަމަށެވެ. އަނާރާ މަގާމުގެ ގާނޫނީ ޒިންމާ އަދާނުކޮށް މާގާމުންގެ މުސާރަ ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ކަމާއި ގުޅިގެން އަނާރާ ކުރެއްވި ޓްވީޓެއްގައި ވަނޯ ރައްޔިތުންގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަށް ބޭއިންސާފުން، ރައްޔިތުންނާއި މެދު ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމަށް މަގުފައިވާގޮތަށް ގާނޫނު ހެދުމުން "އޯކޭ"ތޯ ސުވާލު އުފައްދަވާފައެވެ. އަދި އެހެން ދުނިޔެއެއްވެސް އޮތްކަން އަބްދުއްރަހީމްއަށް އިހުސާސް ކުރެވޭތޯ ވެސް ސުވާލު އުފައްދާފައެވެ.

ރިޔާސީ އިންތިހާބާއި އިސްލާމް ދީނާ ގުޅުވައި އަބްދުއްރަހީމާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވާހަކަ ދައްކާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ދީނޭ ކިޔައިގެން ވާހަކަ ދެއްކިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަން އޮއްބާ ނުލެވޭނެ ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

19 މާރިޗު 2017

ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި

19 މާރިޗު 2017
ފުލުހުންނަށް ބޮޑުކުރި އެލަވަންސް ނުދޭތީ، ފިނޭންސް މިނިސްޓަރަށް ސުވާލު ފޮނުއްވައިފި
07 މާރިޗު 2017

ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު

07 މާރިޗު 2017
ދީނީ އޮޅުންތައް ސާފުކުރެވޭނެ ވަސީލަތްތައް ރައީސް ޔާމީން ވަނީ ވަރުގަދަކޮށްދެއްވާފައި: ހޯމް މިނިސްޓަރު
03 މާރިޗު 2017

ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ

03 މާރިޗު 2017
ކަންބޮޑުވަނީ ފ. އަތޮޅަށް ހަދަން އުޅޭ ގޮތުގެ ހަޤީގަތް ސާފުކޮށް ނުދޭތީ: މަގޫދޫ ކައުންސިލަރ
02 މާރިޗު 2017

އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް

02 މާރިޗު 2017
އިދިކޮޅު ފަރާތްތަކަކީ ގައުމަށް ހެޔޮއެދޭ ބައެއް ނޫން: އަބްދުއްރަހީމް
24 ފެބުރުއަރީ 2017

އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު

24 ފެބުރުއަރީ 2017
އެމްޑީޕީގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއްދިނީ ދީނީ ވަހުދަތު އާލާކުރަން:އަމީރު
20 ފެބުރުއަރީ 2017

ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ

20 ފެބުރުއަރީ 2017
 ބައެއް އިލްމުވެރިން ފަތުވާ ނެރުއްވަނީ ފައިސާއަށް: އީސަ
15 ފެބުރުއަރީ 2017

ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު

15 ފެބުރުއަރީ 2017
ލޯޔަރު ވައްޑެއާ ގުޅޭ ގޮތުން އަބްދުއްރަހީމް ދެއްކެވީ ދޮގު ވާހަކަތަކެއް: މައުމޫނު
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
20 ޖެނުއަރީ 2017

ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

20 ޖެނުއަރީ 2017
ރައީސުލްޖުމްހޫރިއްޔާ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްގެ ރައީސް ކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް