Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2018

ޝަހީމް އުޅުއްވަނީ އިބޫގެ ވެރިކަމެއްގައި އިމްރާންގެ އެހީގައި ޗާންސެލަރގެ މަޤާމު ދިފާޢުކުރައްވަން: ނަޒީރު

11 ޖުލައި 2018 | ބުދަ 17:04

ޗާންސެލަރގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ޑރ. ޝަހީމް ދެކޮޅު ހައްދަވަނީ ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެކަން ކަށަވަރުވާތީ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 11 ޖުލައި 2018 | ބުދަ 17:04
އަލީ ނަޒީރު

އަލީ ނަޒީރު

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުން އިސްތިއުފާ ނުދެއްވައި ހުންނެވީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި އެމަޤާމު ދިފާޢުކުރެއްވޭނެ ކަމުގެ އުއްމީދުގައި ކަމަށް އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މުޤައްރިރު އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެދުގައި ކަންކަމާއި މަޝްވަރާކުރުމަށް އެކުލަވާލާފައިވާ 'އަށާރަ ނަވާރަ ކޮމިޓީ'ގައި އަދާލަތު ޕާޓީގެ ފަރާތުން ހުންނަވާ އަލީ ނަޒީރު އަންގާރަ ދުވަހު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ޑރ. ޝަހީމް ދެކޮޅު ހައްދަވަނީ ރައީސް ޔާމީން ބޮޑުތަނުން ބަލިވާނެކަން ކަށަވަރުވާތީ ކަމަށެވެ. އަދި އެހެންކަމުން ޑރ. ޝަހީމް އުއްމީދުކުރައްވަނީ އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ)ގެ ވެރިކަމެއްގައި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް ޢިމްރާން އަބްދުﷲގެ އެހީތެރިކަމާ އެކު ޗާންސެލަރގެ މަޤާމު ދިފާއުކުރުމަށް ކަމަށް އަލީ ނަޒީރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ރަނިންގމޭޓްގެ ގޮތުގައި ޑރ. ޝަހީމްގެ ނަންފުޅު ޕީޕީއެމް އިން އިއުލާންކުރުމުން އެމަނިކުފާނު ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރގެ މަޤާމުން އިސްތިއުފާ ދެއްވާނެކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް ފަހުން ވިދާޅުވީ އެމަޤާމުން އިސްތިއުފާ ނުދެއްވަން ރައީސް ޔާމީން އެންގެވި ކަމަށާއި، އެމަޤާމުގައި ހުންނަވައިގެން ރަނިންގ މޭޓްގެ ހައިސިއްޔަތުން ސިޔާސީ ކަންކަމުގައި އުޅުއްވުން ޤާނޫނުން މަނާ ނުކުރާ ކަމަށެވެ.

އެހެން ނަމަވެސް އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނު ބުނާ ގޮތުން ސިޔާސީ އެފަދަ ކަމެއްގައި އުޅުއްވާ ބޭފުޅަކަށް ޔުނިވަރސިޓީގެ އެފަދަ މަޤާމުތަކުގައި ނުތިއްބެވޭނެ ކަމަށް ޤާނޫނީ ބޭފުޅުން ފާހަގަކުރައްވައެވެ. އަލީ ނަޒީރު ވެސް ވަނީ އެކަން ފާހަގަކުރައްވައި، އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނު ވަރަށް ސާފުކަމަށް ވިދާޅުވެފައެވެ.

ޝައިޚް އިމްރާންގެ އެހީގައި މަޤާމު ދިފާޢުކުރެއްވޭނެކަމުގެ އުއްމީދުގައި ޝަހީމް ހުންނެވި ކަމަށް އަލީ ނަޒީރު ވިދާޅުވިއިރު، ޑރ. ޝަހީމް ވަނީ ޝައިޚް އިމްރާނަށް އެންމެ ހެޔޮ އެދިވަޑައިގަންނަވަނީ އެބޭފުޅާ ކަމަށް އަމިއްލަފުޅަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެވާހަކަތަކަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޝިދާތާ ޝަރީފް ވިދާޅުވީ އެބޭފުޅާ އަށް ހެޔޮ އެދިވަޑައިގަންނަވަނީ ކޮން ބޭފުޅުންނެއްކަން ނިންމަވާނީ ޝައިޚް އިމްރާން އަމިއްލަފުޅަށް ކަމަށެވެ.

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

30 ޖޫން 2017

ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ

30 ޖޫން 2017
ޝެއިޚް އިމްރާންގެ އިލްތިމާސް: ސާބިތުކޮށް ތިއްބަވާ، ފިނޑިނުވޭ، ފަހަތަށް ނުޖެހޭ، ނަސްރު ލިބޭނެ
04 މެއި 2017

ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ

04 މެއި 2017
ހައްޖު ކޯޕްރޭޝަން އަށް ކޯޓާ ދޭނެ މިންވަރު ކަނޑައެޅުމުގެ ބާރު މިނިސްޓަރަށް ދިނުމުން ޝަހީމް ރުޅިގަދަވެއްޖެ
23 އެޕްރީލު 2017

އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި

23 އެޕްރީލު 2017
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
23 އެޕްރީލު 2017

ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!

23 އެޕްރީލު 2017
ޝެއިޚް އިމްރާންގެ އިސްތިއުނާފު ޝަރީއަތުގެ ހުކުމް އިއްވުން މިއަދު!
09 އެޕްރީލު 2017

ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް

09 އެޕްރީލު 2017
ޤާނޫނާ ޚިލާފަށް ޤާސިމް ހައްޔަރުކުރެވިގެން، ރައީސް ޔާމީން އުޅުއްވަނީ ބޮލަށް ތެޔޮ އަރައިގެން: ރިޔާޒް
31 މާރިޗު 2017

ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ

31 މާރިޗު 2017
ރައީސް ޔާމީން އުޅުއްވަނީ އިދިކޮޅު ލީޑަރުންނަށް ބިރުދެއްކުމުގެ ކެމްޕޭނެއް ފައްޓަވައިގެން: އެމްޑީޕީ
21 މާރިޗު 2017

އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި

21 މާރިޗު 2017
އިމްރާންގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
27 ފެބުރުއަރީ 2017

އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި

27 ފެބުރުއަރީ 2017
އަދާލަތު ޕާޓީން ޝަހީމް ވަކިވެވަޑައިގެންފި
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް