Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވާރލްޑް ކަޕް 2018

ސްޕެއިންގެ ކޯޗަކަށް ބާސާގެ ކުރީގެ ކޯޗު އެންރިކޭ

10 ޖުލައި 2018 | އަންގާރަ 12:30

އެންރިކޭ ވަނީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 10 ޖުލައި 2018 | އަންގާރަ 12:30
ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ

ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ

ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރިކޭ ހަމަޖައްސައިފިއެވެ.

އުމުރުން 48 އަހަރުގެ އެންރިކޭ ވަނީ ސްޕެއިންގެ ފުޓްބޯޅަ އެސޯސިއޭޝަނާ އެކު ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. މިދިޔަ އަހަރުގެ ޖޫން މަހު ބާސާގެ ކޯޗުގެ މަގާމު ދޫކޮށްލި ފަހުން އެންރިކޭ އެއްވެސް ޓީމަކަށް އިރުޝާދު ދީފައެއް ނުވެއެވެ. މި ފެށޭ ސީޒަނުގައި އޭނާ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކުން ފެނިދާނެ ކަމަށް ބެލެވުނު ނަމަވެސް އޭނާ ނިންމާފައި ވަނީ ސްޕެއިންގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަށެވެ. އެންރިކޭ ވަނީ މީގެ ކުރިން ގައުމީ ޓީމަކަށް އިރުޝާދު ދޭން ބޭނުންވާ ކަމަށް ބުނެ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޯޗުގެ މަގާމު ހުސްވީ އެމަގާމުގައި ވަގުތީ ގޮތުން ހުރި އެގައުމުގެ ކުރީގެ ސްޕޯޓިން ޑިރެކްޓަރު ފެނާންޑޯ ހިއެރޯ އެމަގާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. އޭނާ އެމަގާމު ދޫކޮށްލީ މިއަހަރުގެ ވާރލްޑް ކަޕްގައި ސްޕެއިންއަށް ދިމާވި ބޮޑު ނާކމިޔާބީއާ ގުޅިގެންނެވެ. ޕޯޗުގަލް އަދި މޮރޮކޯގެ އިތުރުން އީރާން ހިމެނުނު ގްރޫޕްގެ އެއްވަނަ، ފަސް ޕޮއިންޓާ އެކު ސްޕެއިނުން ހޯދި ނަމަވެސް ދެވަނަ ބުރުގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ރަޝިއާ އަތުން ބަލިވެ ސްޕެއިން ޖެހުނީ މުބާރާތުން ވަކިވާށެވެ. ލުޒްނިކީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 އިން އެއްވަރުވެފައި އޮތުމާ އެކު ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ރަޝިއާ އިން ކުރި ހޯދީ 4-3 ގެ ނަތީޖާއަކުންނެވެ.

ހިއެރޯ ވަނީ އަލުން އެނބުރި ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ވެސް ނުދިއުމަށް ނިންމާފައެވެ. އޭނާގެ ބަދަލުގައި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެގައުމުގެ ކުރީގެ ކީޕަރެއް ކަމަށްވާ ފްރެންސިސްކޯ މޮލީނާ އެމަގާމަށް އައްޔަނުކޮށްފައެވެ.

ސްޕެއިންގެ ކޯޗުގެ މަގާމާ ހިއެރޯ ހަވާލުވީ އެގައުމުގެ ކޯޗުގެ މަގާމުގައި ހުރި ހޫލިއަން ލޮޕްޓެގީ ވާރލްޑް ކަޕް ފެށުމުގެ ދެ ދުވަސް ކުރިން އެމަގާމުން ވަކިކުރުމާ ގުޅިގެންނެވެ. އުމުރުން 51 އަހަރުގެ ލޮޕެޓެގީ އެ މަގާމުން ވަކިކުރީ ސްޕެއިންގެ ފުޓްބޯޅަ އިދާރާއަށް އެންގުމެއް ނެތި ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމަށް އައުމަށް އޭނާ އެއްބަސްވުމާ ގުޅިގެންނެވެ. ލޮޕެޓެގީ ވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާ ހަވާލުވެފައެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ވިދާޅުވީ މިއީ އެފެޑެރޭޝަންގެ ކައުންސިލްގެ ހުރިހާ މެމްބަރުން އެއްބަސްވާ ކެންޑިޑޭޓެއް ކަމަށާއި ސްޕެއިންގެ ޓީމާ ހަވާލުވުމުގެ ގޮތުން މި އަށް ވުރެ މުސާރައިގެ ގޮތުން ރަނގަޅު ހުށަހެޅުންތަކަކަށް އެންރިކޭ ފުރަގަސް ދީފައިވާ ކަަމަށެވެ. ފެޑެރޭޝަން އިން ބޭނުންވާ ހުރިހާ ކޮލިޓީއެއް އެންރިކޭގެ ކިބައިގައި އެބަހުރި ކަމަށާއި އެހެންކަމުން އޭނާއަކީ އެމަގާމަށް އެންމެ އެކަށޭނެ މިހާ ކަމަށް ގަބޫލުކުރާ ކަމަށް ރުބިއާލޭސް ވިދާޅުވިއެވެ.

އެންރިކޭ ވަނީ އޭނާގެ ކެރިއަރުގައި ސްޕެއިންގެ އެންމެ ވާދަވެރި އަދި އެންމެ ބޮޑު ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާއަށް ކުޅެފައެވެ. ހަމައެހެންމެ ކޯޗެއްގެ ގޮތުގައި އޭނާ ވަނީ ބާސެލޯނާއަށް ގިނަ ކާމިޔާބުތަކެއް ހޯދައިދީފައެވެ. ސްޕެއިންގެ ކޯޗެއްގެ ގޮތުގައި އޭނާ އެގައުމަށް އިރުޝާދު ދޭނެ އެންމެ ފުރަތަމަ މެޗަކީ ޔުއެފާ ނޭޝަންސް ލީގުގައި އަންނަ ސެޕްޓެމްބަރު މަހުގެ އަށްވަނަ ދުވަހު އިނގިރޭސިވިލާތާއި ދެކޮޅަށް ކުޅޭ އެގައުމު ކުޅޭ މެޗެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
17 ޖެނުއަރީ 2017

ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި

17 ޖެނުއަރީ 2017
ނެދަލޭންޑްސްގެ ކުރީ ކޯޗު ލުއިސް ވެންހާލް ރިޓަޔާ ކޮށްފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
07 ޖެނުއަރީ 2017

ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި

07 ޖެނުއަރީ 2017
ޔަންގޮން ޔުނައިޓެޑްގެ ކުރީގެ ކޯޗު ސެކުލޮސްކީ މާޒިޔާ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް